17 އޯގަސްޓް 2025 - 18:54
އުރީދޫ ނޭޝަނުން މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އިންޓާ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
މި މުބާރާތުގައި ރާއްޖޭގެ އެކި ހިސާބުތަކުގެ އޮފީސް ޓިމްތައް އެއްތަނަކަށް އެއްވެ، ދުނިޔޭގެ އެންމެ މަގުބޫލު ތިން ވާދަވެރި ޓައިޓަލް ކަމަށްވާ ޕަބްޖީ މޮބައިލް، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި އީއޭއެފްސީ ޓޯނަމަންޓްތަކުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ދީފަ އެވެ. މި މުބާރާތުގައި ޓީމުތަކުން ވާދަވެރި ކުޅުމެއް ވަނީ ދައްކާދީފަ އެވެ.
މި މުބާރާތުގައި އީއޭއެފްސީ ގައި 20 ކުންފުންޏަކުން 47 ކުޅުންތެރިން ބައިވެރިވި އެވެ. އަދި އެމްއެލްބީބީގައި ފަސް ކުންފުންޏަކުން ޖުމްލަ 63 ކުޅުންތެރިން ހިމެނޭ ނުވަ ޓީމަކުން ވާދަކުރި އެވެ. ޕަބްޖީ މޮބައިލް މުބާރާތުގައި ނުވަ ކުންފުންޏަކުން ޖުމްލަ 52 ކުޅުންތެރިން ހިމެނޭ 11 ޓީމުން ބައިވެރިވި އެވެ.
މި ޗެމްޕިއަންޝިޕުގައި ޕަބްޖީ މޮބައިލް މުބާރާތަކަށް ޔުނައިޓެޑް ބީއެމްއެލް އެސްޑީއެމްޒެޑް ހޮވުނު އިރު ދެ ވަނަ ޓީމަކަށް ހޮވުނީ އެމްޓީސީސީ އެވެ. އަދި ތިން ވަނަ ޓީމަކަށް ހޮވުނީ މޯލްޑިވްސް ކަސްޓަމްސް ސާވިސް އެވެ.
މި ޗެމްޕިއަންޝިޕްގައި ކުޅުނު މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) މުބާރާތުގެ އެއް ވަނަ އެމްއޭސީއެލް ކާމިޔާބު ކުރި އިރު ދެ ވަނަ ކާމިޔާބު ކުރީ މޯލްޑިވްސް ކަސްޓަމްސް ސާވިސް އެވެ. އަދި ތިން ވަނަ ކާމިޔާބު ކުރީ ބޭންކް އޮފް މޯލްޑިވްސް (ޔުނައިޓެޑް ބީއެމްއެލް) އެވެ.
މި ޗެމްޕިއަންޝިޕުގައި އީއޭއެފްސީ މުބާރާތުގެ އެއް ވަނަ ހޯދީ ކަސްޓަމްސްގެ ޖަނާން މުހައްމަދެވެ. އަދި ދެ ވަނަ ޕްރިހާބް ޕްރައިވެޓް ލިމިޓެޑްގެ މާހިލް މުހައްމަދު ކާމިޔާބުކުރި އިރު ތިން ވަނަ ކާމިޔާބު ކުރީ ހިވިން އިންވެސްޓްމަންޓްސްގެ ހުސެއިން ޔައީޝް އެވެ.
މިއީ އުރީދޫ ނޭޝަންއިން ބޭއްވި ދެވަނަ އިންޓާ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy