19 އޯގަސްޓް 2025 - 11:45
މިއަދާ ހަމަޔަށް އޮތީ ދިއުޅި ދިގު، އިންއެފިޝިއެންޓް ނިޒާމެއް ކަމަށާއި ކެބިނެޓުގެ ވަޒީރުންނާއި މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ އެކު ރަށްތަކަށް ދަތުރުކުރައްވަނީ އެކަން ނިމުމަކަށް ގެނެސް މަސައްކަތް ހަލުވިކުރަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އއ. އަތޮޅަށް ރައީސް މިއަދު ފެއްޓެވި ދަތުރުފުޅުގައި ފުރަތަމަ އެ އަތޮޅު ހިމަންދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިންނާ އެކު ދަތުރު ކުރައްވަނީ ރައްޔިތުންނާ ވީހާ ވެސް ގާތުން މަސައްކަތް ކުރައްވަން ބޭނުންފުޅުވާތީ ކަމަށެވެ.
"އަޅުގަނޑު ރަށްރަށަށް ދަތުރު މި ކުރަނީ މިގޮތަށް، ރައްޔިތުން ބޭނުންވާ ކަންކަން އެއް ބައްދަލުވުމަކުން ނުވަތަ އެއް ދަތުރެއްގެ ތެރެއިން ކިޔައިދީ ކަންކަމަށް ހައްލު ގެނެސްދިނުމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ދަތުރުފުޅަށް އިދިކޮޅު ފަރާތްތަކުން ފާޑު ކިޔާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އެ ދަތުރުތަކުގެ މުހިންމުކަން އެ ބޭފުޅުންނަށް ވިސްވިވަޑައި ނުގަންނަވަނީ ކަމަށެވެ.
"އަޅުގަނޑުމެން މި ދަތުރުތައް މި ކުރަނީ ރަށްރަށުގައި ހުރި ހުރިހާ މަޝްރޫއުތަކެއް ހިންގަވާ ބޭފުޅުންނާ އެކީ. މިގޮތަށް މިކަން ނުކުރީމާ ވާގޮތަކީ، ވަރަށް އިންއެފިޝިއެންޓް،" ރައީސް ވިދާޅުވި އެވެ.
"ދިއުޅި ދިގު، އިންއެފިޝިއެންޓް ނިޒާމެއް މިއަދާ ހަމައަށް މި އޮތީ، އަޅުގަނޑުމެން މި މަސައްކަތް ފެށުމާ ހަމައަށް. މި ސަރުކާރުން މި ކަން ކުރަނީ މިކަމާ ގުޅޭ ހުރިހާ އެންމެން އެއްކޮށް ގެނެސް، އެއް ބައްދަލުވުމެއްގައި ހުރިހާ މުއައްސަސާތަކުގެ ވެރިންނާ އެކީގައި އެއް ބައްދަލުވުމެއް ބާއްވައި ހުރިހާ ވާހަކައެއް ދެއްކުމަށް އަޅުގަނޑު ފުރުސަތު ދެން."
ރަށްރަށުގައި ހުރި ކޮންމެ ވުޒާރާއަކުން ވެސް ކަމެއް ބޭނުން ވެއްޖެ ނަމަ ދާންޖެހެނީ މާލެއަށްކަން ފާހަގަކުރައްވަމުން ރައިސް ވިދާޅުވީ މި ދަތުރުތަކުން ރަށުގައި ތިބެގެން ހުރިހާ އިދާރާތަކެއްގެ ކަންކަން ހައްލުވާ ކަމަށެވެ.
ބައްދަލުވުންތަކުގައި އިތުރު ސުވާލެއް ނެތުމުން ނޫނީ ބައްދަލުވުން ނިންމާނުލައްވާ ކަމަށާއި އެއަށް ފަހު ކަމާ ގުޅުންހުރި އިދާރާތަކާ އެކު މަޝްވަރާ ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ހިމަންދޫއަށް ގިނަ ކަންތައް ތަކެއް ކޮށްދެއްވަން ރައީސް ވައުދުވެވަޑައިގެންފައި ވާއިރު އަންނަ އަހަރަށް ފާސްކުރާ ބަޖެޓުގައި ހިމަންދޫ ރައްޔިތުން އެދުނު ގޮތަށް ބިން ހިއްކުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އ
19 August 2025
ކުރިން ގޯސްވީމައި ނޫންތަ އާވެރިޔަކު އިސްކުރީ...?????އަދިވެސް ތިކިޔަނީ އިތުރު ދައުރެއް ބޭނުމޭ?!!! ދެންވެސް ނިޔާނީ ހަމަ އެކައްޗެއްނުން.... ކުރިން ދިއުޅިދިގީ އަތްދިގީ ބަރަބޮލޭ ނެތެއްނުން ގޮތެއް....
މުޑަހަންޖާ
19 August 2025
ރާއްޖޭ 190 ވަރަކަށް ރަށުގައި މީހުންއުޅޭއިރު ކޮންމެ ރަށެއްގެ ދިއުޅިކުޑަކުރެވެނީ ވަޒީރުންނާއި ކުންފުނިތަކު ވެރިންގޮވައިގެން މަނިކުފާނު އެރަށަކަށް ވަޑައިގެންކަމަށްވަންޏާއި ދައުރުނިމޭއިރު ކިތައް ރަށުގެ ދިއުޅިތޯ ކުޑަކުރެވޭނީ. ރަށެއްގެ ދިއުޅި ކުޑަކޮށްފަ ވަޑައިގަންނަވާތާ އަހަރެއްވާއިރު އަނެއްކާވެސް އެރަށުގެ ދިއުޅި ދިގުވެފަނޫންތޯ އޮންނާނީ.
ހާސަރު
19 August 2025
މިހާރު މިއޮތީ ގައުމަށް ކިތަންމެ ގެއްލުމެއް ވިއަސް ފަށާފަހުރި އެތައް ސަތޭކަ މަސައްކަތެއް ވީރާނާވެގެން ދިޔައަސް ، ހަބޭހަށް ވަޒީފާއުފައްދާ އަންނަހާ ވޯޓެއް ހޯދައިގެން އަގައިިން ވެރިކަން ކުރާ ނިޒާމެއް!
ޚައްޠާބު
19 August 2025
ކުރިންވެސް ހަމަ ތިހެން ދަތުރު ކުރެއްވީ. ކުރީގެ ރައީސުންވެސް، ކުރައްވާކަމަކީ ދައުލަތުގެ ޚަޒާނާ ހުސްކުރެއްވުން. ލޯނު ނަގައި ނުއަގުގައި ޕްރޮޖެކްޓްތައް ހިންގުން، އޭގެ ތެރެއިން ނާޖާއިޒު ފައިދާ ހައްދުން ނެއްޓިފައިވާ ގިނަ އަދަދަކަށް ނެންގެވުން. މި ރައީސްގެ ފަރާތުން ވަކި ތަފާތެއް ފެނޭތޯ
ހައްމާދު
19 August 2025
ތިޔަ ވިދާޅުވީ ތެދު ފުޅެކެވެ. ގައުމުގައި އޮތީ ދިއުޅުއަށް ދިގު ނިޒާމަކެވެ. މީގެ ކުރިން ކައުންސިލްތަކަށް އަޅައެއް ނުލައެވެ. ނަމަވެސް މިސަރުކާރު އައިސް ސިޔާސަތު ތަަކަށް ގެންނަމުންދާ ބަދަލު ތަކުގެ ސަބަބުން ކައުންސިލްތަކަށް ސަރުކާރުގެ އެއްބާރުލުން ދަނީ ވަރަށް ފުރިހަމައަށް ލިބެމުންނެވެ.
ޓިނު
19 August 2025
ބޭކާރު ވާހަކަ ނުދައްކާ ކުރުނިޒާމަކުން އަވަހައް ކަންކަންކޮށް ނިންމަބަލްލަ .
އައިސަން
19 August 2025
ދިއުޅި ކުރުވެގެންގޮސް އެއްކަމެއްވެސް ހިގައިނުގަނެގެން މިއުލެނީ
ހާސް ވާހަކަ
19 August 2025
ދަރުވާލިލެއް ބޮޑުކަމުން މިއުޅެނީ ސަލާމަތް ނުވެގެން. މިއަންނަ އަހަރު 1 ބިލިއަން ޑޮލަރު ލޯނައްދައްކަން ޖެހޭ އެއީ ބަޖެޑުގެ ދެބައިކޮއްފަ އެއްބައި
އާދަނު33
19 August 2025
ސަރުކާރުގެ ދިއުޅި މާދިގެވެ.
ދިއުޅި
19 August 2025
ދިއުޅި ދިގުވީ ބޮޑުކޮއް ބަޔަކު ދަރުވާފަ ދިޔައިމަ
އެޗް އެމް
19 August 2025
ދިއުޅި ކުރު ނިޒާމެއް ހޯދުމަށް ވޯޓް ދެއްވާ
ލޯނު
19 August 2025
ދެން ކޮންމެ ސަރުކާރެއް އަޔަސް ދިއުޅި ކުރެއް ނުވާނެ ބޯނުހިކޭ ވަރަށް ލޯނުނަގާފަ އޮތީމަ
ވރަށްސާފ
19 August 2025
ތީ ނިޒާމެއް ތެރޭއިން މަސައްކަތް ކުރަން ނޭނގޭ މީހުން އުޅޭ ގޮތް
ދަރޭ
19 August 2025
ނިޒާމު ތެރޭން މަސައްކަތްކުރަން އެގުނު މީހުންވަނީ 120 ބިލިއަނުން ރާއްޖެ ދަރުވާލާފަ