ރައީސް މުއިއްޒު މަތިވެރީގެ ރައްޔިތުންނާ ރޭ ވާހަކަފުޅު ދައްކަވަނީ.
20 އޯގަސްޓް 2025 - 00:45
ރައްޔިތުންނަށް ވެވަޑައިގަންނަވާ ކޮންމެ ވައުދަކީ އެ މަނިކުފާނުގެ އަމާނާތެއް ކަމަށާއި އެ އިން ކޮންމެ ކަމަކީ ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އއ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި މަތިވެރީގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އަދި އޭގެ ފަހުން ވެސް ރައްޔިތުންނަށްޓަކައި ވައުދުތައް ވެވަޑައިގަންނަވަނީ ވެސް އެއީ އަމާނާތެއް ކަން ގަބޫލުފުޅު ކުރައްވާތީ ކަމަށެވެ.
"ހުރިހާ ރަށެއްގައި ވެސް އަޅުގަނޑު ވައުދު ވަނީ އެ ބޭނުމުގައި، އެ ނިޔަތުގައި، އެ އަޒުމުގައި. އެ ގޮތަށް މުޅި ސަރުކާރު މަސައްކަތް ކުރަމުން މިދަނީ. ހުރިހާ ވުޒާރާތައް ހުރިހާ ކުންފުނިތައް ހުރިހާ ފަރާތްތައް، ރަށްރަށުގައި މަސައްކަތްކުރާ ފަރާތްތައް ވެސް އަދި އަޅުގަނޑުމެންގެ އިއްޒަތްތެރި މެމްބަރުން ވެސް ހުރިހާ ފަރާތްތައް ގުޅިގެން މި ކުރަނީ ވައުދު ފުއްދުމުގެ މަސައްކަތް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ވަރަށް ގިނަ ރަށްރަށުގައި މިހާރު އެކި ކަހަލަ މަސައްކަތްތައް ސަރުކާރުން ފަށައިގެން ނިމެމުން ވެސް އަންނަ ކަމަށެވެ.
"ހަމަ ވައުދު ލިސްޓު ނަގައިގެން ވައުދު ފުއްދުމުގެ މަސައްކަތް މި ކުރަނީ. އަޅުގަނޑުގެ ފުރިހަމަ ޔަގީންކަން އެބައޮތް އިރާދަކުރެއްވީތީ އެއްވެސް ޝައްކެެއް ނެތި އަޅުގަނޑު ވީ ހުރިހާ ވައުދެއް މި ދައުރުގެ ތެރޭގައި ފުއްދައި ނިންމާނަން،" ވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވި އެވެ.
މަތިވެރީގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ.
ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނު ރައްޔިތުންނަށްޓަކައި ވެވަޑައިގެންނެވި ކޮންމެ ވައުދެއް ވީ "ވަރަށް ސީރިއަސްކަމާ އެކީގައި" ކަމަށެވެ. އަދި މި ސަރުކާރުން މަސައްކަތް ކުރަނީ ވެސް ހަމަ އެ ސީރިއަސްކަންމަތީގައި އިހުލާސްތެރިކަމާ އެކު ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުން ނޫން އެހެން އެއްވެސް ކަމެއް ނެތޭ. ނަތީޖާ ނެރެދިނުން ނޫން އެހެން އެއްވެސް އިންޓަރެސްޓެއް އަޅުގަނޑުގެ ނެތޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވައުދުގެ ވާހަކަތައް ރޭ އާ ކުރެއްވީ މަތިވެރީގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވައުދެއް ވެސް ފުއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ. އެކަން ކޮށްދެއްވުމަކީ އެ މަނިކުފާނުގެ ޒިންމާއެއް، މަސްއޫލިއްޔަތެއް ކަމުގެ އިތުރުން އަމާނާތެއް ކަމަށް ވިދާޅުވި އެވެ.
ވައުދުތަކުގެ ވާހަކަ ރައީސް މުއިއްޒު ދެއްކެވިއިރު 2023 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ދެއްކެވި ހުރިހާ ވާހަކަފުޅެއް އެއްފޮތެއްގައި އެ މަނިކުފާނު ވަނީ ނެރުއްވައިފަ އެވެ. އެ ފޮތުގައި ކެމްޕެއިންގެ ވައުދުތައް ވެސް ވަނީ ހިމަނުއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފުކެއް ބޮޑުވަރު
21 August 2025
ކޮބާހޭ 60000 ހައުސިންގ ޔުނިޓު، ވައުދު ހަނދާން ނުހުންނަ މީހަކައް ކޮން ވައުދެއް ފުއްދޭނީ، ތިޔެކޭ ނިވި ދިއްލޭ ނެރުބައްތިއެކޭ އެއްވަރު. ޢިންތިހާބުތަކައް ނިކަން ފާޅުކަންބޮޑު. އެވެސް މޮޅު ވާހަކަ، ހަރާމުން ހަރާން ކުރާކަމެއް.
ޖައިޝަމް ސލޑ
20 August 2025
ވަރައް ވެސް ފުރިހަމަ ނިންމުން ތައް ރައީސް
ނިސާސް
20 August 2025
ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުން ނޫން އެހެން އެއްވެސް ކަމެއް ނެތޭ. ނަތީޖާ ނެރެދިނުން ނޫން އެހެން އެއްވެސް އިންޓަރެސްޓެއް އަޅުގަނޑުގެ ނެތޭ،" ނުވާނެ ، ނުކުރެވޭނެ ، ފެންވަރެއްވެސް ނެތް ، ހަމަ ޗޮކުން ދާނީ
އެޑްމުންޑޯ
20 August 2025
ހިއެއްނުވޭ ވައުދު ފުއްދޭނެހެން ، އެއްކޮޅުން ބިންގާ އަޅަމުންގޮސް އަޅަމުންގޮސް ނިމޭ އިރު ބިންގާ އެޅި ތަންތަން ހުރިގޮތަށް އެހުންނަނީ ، ދެން ކިހިނެއް ވައުދު ފުއްދޭނީ ، އެކަމަކު ކުރެވޭ ކަމެއް ޔަގީނުންވެސް ފެންނަމުންދޭ ، އެއީ ގާނޫނަށް ބަދަލުގެނެސް ބޭނުންގޮތެއް އެބަހަދާ
ރާވެރިބެ
20 August 2025
މިހާރުވެސް ހުރިހާ ވައުދުތަށް ފުއްދާ ނިމިއްޖެ ނޫންތޯ! ނުފުއްދާ ވައުދެއް ކޮބާތޯ؟
ހަސީނާާ
20 August 2025
އާޗާ، ބިއްލޫރި ޓަނަލްތެރެއިން ކަނޑުއަޑީގެ ހިތްގައިމުކަން ދެކިލަން ދަތްއުނގުޅައިގެން ހުންނާނަން.
ސެވަން ޓެން
20 August 2025
ދައުރުގެ މުއްދަތު ދިގުކޮށްލައްވަނީ ކަމަށް ބޮޑަށް ލަފާކުރެވެނީ
ދޮނާބެ
20 August 2025
ހުސް ވަޢުދު، ދިވެހިން މިހާރު ހޭ އަރަންވެއްޖެ. ދޮގާއި ތެދާއި ވަކި ކުރަން ދަސްކުރަން ވެއްޖެ. މީހަކު އެއްޗެއް ބުނާ އިރަށް އެ ތެދު ކުރަން ވެއްޖެނަމަ ކަންކަން ގޯހުން ގޯހަށް ދާނެ.
ކަނބިލިި
20 August 2025
އެހެންވީމާ ދޮނާބެ ބުނާ ވާހަކަވެސް މިހާރުވާނީ ދޮގަށް.
ޖުލައި2021
20 August 2025
އަންނަނީ އަންނަނީ 2.0
އަހްމަދުހު
20 August 2025
ތި ވިދާޅުވީ ދައުރު ދިގުވާ ވާހަކަދޯ. ދައުރު ނިމޭނެބާ އަނެއްކާ
ދިވެހިރާއްޖެ 2.0
20 August 2025
ރަސްކަމަކަށް ބަދަލުކޮށްލީމައި ނިމުނީ