ަސަލްޓަން ޕާކު: އަލުން ތަރައްގީކުރަން ސަލްޓަން ޕާކު ވަނީ ބަންދުކޮށްފައި.-- މިހާރު ފައިލް ފޮޓޯ
20 އޯގަސްޓް 2025 - 15:39
މާލޭގައި އެންމެ ހިތްގައިމު އެއް ޕާކު، ސަލްޓަން ޕާކުގައި ބޮޑެތި މަރާމާތުތަކެއް ކުރަން ޖެހޭތީ އެ ތަން އަލުން ތަރައްގީ ކުރުމަށްޓަކައި ތިން މަސް ދުވަހުގެ މުއްދަތަށް ސަރުކާރުން ބަންދުކޮށްފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ސަލްޓަން ޕާކު އަލުން ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާތީ މިއަދުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް އެ ޕާކު ބަންދުވާނެ ކަމަށެވެ.
ޕާކު އަލުން ތަރައްގީ ކުރަން އެ ތަން މިއަދު ބަންދުކުރިޔަސް މިދިޔަ އަހަރުގެ ޖޫން ހިސާބުން ފެށިގެން ޕާކުގެ އެތެރޭގެ ބައެެއް ތަންތަން ވަނީ އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފަ އެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ދަށުގައިވާ އެ ޕާކު ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން އޮތީ ވަރަށް ބޮޑަށް ވީރާނާވެފަ އެވެ.
މަރާމާތުކުރުމަށް ކަމަށް ބުނެ ސިޓީ ކައުންސިލުން ސަލްޓަން ޕާކުގެ ބައެއް ބަންދުކޮށްފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ބިޔަ ގަސްތަކުން ފެހި ސަލްޓަން ޕާކު އަލުން ތަރައްގީ ކުރާނީ އެއް ގަހުން އަނެއް ގަހަށް ދެވޭ ގޮތަށް ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ހިތްހަމަޖެހުން ލިބޭ ގޮތަށް ކަމަށް ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.
ސަލްޓަން ޕާކު މިހާރު އޮތްގޮތަށް ތަރައްގީ ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް މުއިއްޒު ހުންނެވި އިރު އެވެ. އޭރު އެތަން ތަރައްގީ ކުރީ ސްނޯ ޕާކާ އެކު ނަމަވެސް އެތަން ފަހުން ވަނީ ބަންދުކޮށްފަ އެވެ.
ސަލްޓަންޕާކު އަލުން ތަރައްގީ ކުރަނީ ދިވެހިންގެ އައިޑެންޓިޓީ އާއި ރާއްޖޭގެ ތާރީހު ދައްކުވައިދޭ ގޮތަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވެ އެވެ. އަދި ޕާކުގެ މަސައްކަތް ނިމޭއިރު އެ ތަނުގައި ގިނަ ކުޅިވަރުތަކެއް ކުޅެވޭނެ ގޮތް ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަންދަލީބުލް އަސްމަރު
21 August 2025
ރައްޔިތުން ބޭނުންވަނީ ކުޑަކުދިންނަށް ގޮވައިގެން ހަފުތާ ބަންދުގައި ގޮސް ހިތް އުފާކޮށްލެވޭ ތަނަކަށް ތިޔަ ތަންވުން، އެކުދިން ގިނަ ކުޅިވަރުކުޅެވޭނެ ގޮތް އޮވެފައި ބެެލެނިވެރިން ރަނގަޅަށް އިށީދެގެން ހަމަޖެހިގެން ތިބެވޭނެ ގޮތެއް އޮތުން
ކިމް
20 August 2025
ސްނޯ ޕާކު އަލުން ގެނެސްދޭތޯ ވެެއްޖެ ދަރިފުޅު އަތަށްދީފަ ރައީސަށް ނޯޓެއް އަރުވަން
ލަމީނާ
20 August 2025
ދެން އެތަން ހުޅުވަން މުޅި ކެބްނެޓް އަދި ރައީސް މުއީޒް ވަޑައިގަންނަވާތި! މެގަރ ޕްރޮޖެކްޓެއް!
ޗޫޤީ
20 August 2025
ވެރިކަންކުރާ ރަށުގައި ކީއްކުރަން ބާއްވާ ކައުންސިލެއްހޭ؟ ވެރިކަންކުރާ ރަށުގައި ކައުންސިލެއް އޮތުމަކީ ވެރިކަންކުރާ ރަށަށް ލިބޭ ގެއްލުންތައް ހައްލުނުކޮށް ސަރުކާރާއި ކައުންސިލާ ދެމެދު އެއްބަޔަކު އަނެއްބައެއްގެ ބޮލަށް ފޫޅުކަނޑަން ދެވޭ ފުރުސަތެއް. ވެރިކަން ކުރާރަށުގައި ކައުންސިލެއް އޮތުމުން އާންމު ރައްޔިތުންނަށް ލިބޭނީ ގެއްލުން.
ޖަލްމާ
20 August 2025
ފޮތްކިޔާ، އިލްމީ ގޮތުން ރޯ ނުފިލާ މީހުން މިއަދުވެސް ރާއްޖޭގަ އުޅޭ!!!