21 އޯގަސްޓް 2025 - 08:47
ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ ކޯޗިން ޕާޓްނަރުންނަށް ވުމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މީގެ 17 އަހަރު ކުރިން ފެށިގެން ދިރާގުން އަންނަނީ ދުވުމުގެ ބައިވެރިންނަށް ތަމްރީނު ވުން ފަސޭހަކޮށް، އާންމުންގެ މެދުގައި ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމުގެ ގޮތުން ޑީއެމްއާރްއާރްގެ ކޯޗިން ޕާޓްނަރުން ހޮވަމުންނެވެ.
ކޯޗިން ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 26 ގެ ކުރިން [email protected] އަށް އީމެއިލް ފޮނުއްވައިގެން ކުރިމަތިލެވޭނެ އެވެ.
ޑީއެމްއާރްއާރް އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުން އެއްތަނަކަށް ޖަމާކޮށް، ރާއްޖޭގައި ބާއްވާ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ. މީގެ އިތުރުން މިއީ ވޯލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާ އެކު، އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓު ކޮށްފައިވާ ދުވުމެކެވެ.
ޑީއެމްއާރްއާރްގެ 16 ވަނަ އެޑިޝަން އޮންނާނީ އަންނަ މަހުގެ 24 ވާ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.
ދިރާގުގެ އަމާޒަކީ ކޯޗިން ޕާޓްނަރުންގެ އެހީއާ އެކު، މި ދުވުމަށް ގިނަ ބަޔަކު ފުރިހަމަ ގޮތުގައި ތައްޔާރުވެ، މި އިވެންޓްގެ ރޫހު އިތުރަށް ވަރުގަދަވެގެން ދިއުން ކަމަށް ބުންޏެވެ.
ރޯޑު ރޭހާ ގުޅޭ އިތުރު މައުލޫމާތު ޑީއެމްއެމްއާރުގެ ވެބްސައިޓުން ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy