ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ރައީސް ވާހަކަ ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް
28 އޯގަސްޓް 2025 - 13:43
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު، ނޫސްވެރިންނާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އާ މިއަދު ބައްދަލުކުރައްވަން ނިންމަވައިފި އެވެ.
ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގައި މީޑިއާ ބިލުގެ ބަހުސް ނިންމައި، ބިލު ބަލައިގަތީ ބިލު އަނބުރާ ގެންދަން ގޮވާލައި ނޫސްވެރިން އިހުތިޖާޖުކުރަމުންދަނިކޮށެވެ.
ބިލު ބަލައިގަތުމުން ނޫސްވެރިން ވަނީ ރައީސް އޮފީހާއި މުލީއާގޭ ދޮށުގައިއިއްޔެ މުޒާހަރާކޮށްފަ އެވެ. އެ އެއްވުމުގެ ތެރެއިން ބައެއް ނޫސްވެރިން ހައްޔަރުކޮށް، ފުލުހުންގެ ވެހިކަލަށް އެރުވިޔަސް މާގިނައިރުތަކެއް ނުވެ ވަނީ ދޫކޮށްލައިފަ އެވެ.
މީޑިއާތަކުގެ ކަންބޮޑުވުމާ ގުޅިގެން މިއަދު މެންދުރު ފަހު 1:30 ގައި ރައީސް ވަނީ އެމްޖޭއޭ އާއި މީޑިއާތަކުގެ ބޭފުޅުންނާ ބައްދަލުކުރައްވަން ނިންމަވައިފަ އެވެ. މިއީ އެ ބިލާ ގުޅިގެން އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.
ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރަން ނޫސްވެރިން ޕްރެޝާކުރަމުން ދަނިކޮށް، ރައީސް އޮފީހުގެ ބޭރުގައި ހުންނަ މި ސަރުކާރުން ހެދި "މީޑިއާ ފެންޑާ"ގެ ކުރިމައްޗަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ޚަލީލާއި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ނުކުމެވަޑައިގަތުމާ އެކު ނޫސްވެރިން ވަނީ އެ ދެ ބޭފުޅުންނަށް ވަރަށް ގިނަ ސުވާލުތައް ކުރިމަތިކޮށްފަ އެވެ.
ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޚަލީލް ވިދާޅުވީ އެ ބިލުގެ ދަށުން އުފައްދަން ހުށަހަޅާ މީޑިއާތައް ރެގިއުލޭޓްކުރާ ކޮމިޝަނުގައި ރައީސްގެ އެއްވެސް ބާރެއް އޮންނަން އެމަނިކުފާނު ބޭނުންފުޅު ނުވާ ކަމަށެވެ. އެކަމަކު މިހާރު ބިލު އޮތް ގޮތުން ކޮމިޝަނަށް ތިން މެމްބަރުން ނަގާނީ ރައީސެވެ.
އެ ދެ ބޭފުޅުން ވެސް ވަނީ ބިލުގައި ރަނގަޅުކުރަން ކަންކަން އެބަ ހުރި ކަމަށާއި ކޮމިޓީ މަރުހަލާގައި މަޝްވަރާކޮށްގެން އެކަން ކުރެވިދާނެ ކަމަށް ވިދާޅުވެފަ އެވެ.
ހަންނާނުގެ މަޖިލީހަށް އެ ބިލު ހުށަހެޅިޔަސް ޕީއެންސީގެ މެމްބަރުން ވަނީ މި ބިލަށް ތާއީދުކޮށްފަ އެވެ.
އެ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ އެކު ނޫސްވެރިން ގެންދަނީ ޕެޓިޝަނެއްގައި ވެސް ސޮއިކުރަމުންނެވެ. އޭގައި ބުނެފައި ވަނީ ބިލު ފަރުމާކޮށްފައި ވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގާއި އެއާ ގުޅިފައިވާ އެހެން ހައްގުތައް ވަރަށް ބޮޑަށް ހަނިވާ ގޮތަށް ކަމަށެވެެ. ބިލާ ގުޅިގެން ނޫސްވެރިން ގޮވާލަމުން އަންނަނީ ކޮމިޓީ މަރުހަލާގައި އިސްލާހު ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ވުރެ ބިލް އެއްކޮށް ބޭރުކޮށްލުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަލްބާ
28 August 2025
މިފަހަރު 48 ގަޑިއިރަށްތޯ؟ އޭރުންތާ ނާސްތާ ހިފައިގެން ތިޔާ ތަނަށް ދެވޭނީ! ސަހާދެއް މިބުނީ މީނަ ވަރުގެ ފޭކު، ދެއްކުންތެރި، ރައީސް އަކު ނާދެ އަދި! އެއްކަމެއްވެސް ރަނގަޅަށް ނުކުރެވޭ!
ދޮން
28 August 2025
ނޫސްވެރިންވެސް އެމީހުން އެމީހުނަށް އިތުބާރު ނުކުރޭ ، އެކަން އިގޭ ރައީސް އާއިބައްދަލު ކުރި މީހުންނާއި ދެންތިބި ނޫސްވެރިން ދައްކާ ވާހަކައިން ، ކޮންރައީސް އެއްތޯ ރައީސް އޮފީސް ކުރިމަތީ ނޫސްވެރިންނަށް ފެންޑާއެއް ހެއްދެވީ ، އެކަމަކު އުޅޭ އައްޗިގޮތެއް
ޖަމަލް
28 August 2025
ކޮށްފަ ނުކުރާނެ ކަމެއް ނޭނގޭ. ޑޮލަރު ހުރީ 20 ރުފިޔާއިން މަތީގަ. ދަރަނި ދަނީ މައްޗަށް. ޚަރަދު އިތުރުވަނީ. ކުރާނަމޭ. ދެން އޮތީ ކަންކަން ކުރުމޭ ކިޔާލަކިޔާލާ ހުންނަތާ 2 އަހަރު ވަނީ.
މޭރާ ޚެޔާލް
28 August 2025
ޑޮލަރެއް 20 ރުފިޔާ އަކަށް ނުލިބޭ!
ޢާމިލާ
28 August 2025
ވޯޓު ދިން / ދޭ، މެމްބަރުންނާ ދެކޮޅަށް ދާއިރާގެ ރައްޔިތުންގެ ޕެޓިސަނެއް، އެމެމްބަރުން ބޭރުކުރަން ސޮއި ކުރަންފަށަން ޖެހޭ… ރައްޔިތުންނާ ދެކޮޅަށް ވޯޓުދޭ މެމބަރުން ވަކިކުރެވެންޖެހޭނެ ﷲ އިރާދަފުޅުން
ރާވެރިބެ
28 August 2025
ވަރަށް ބޮޑަށް ތާއިދު. ރައްޔިތުންގެ ވިންދާ ވިސްނުމާ ދިމާ އިދިކޮޅަށް މަޖިލިސްގަ ވާހަކަ ދައްކާ ވޯޓުލާ މެމްބަރުންނާ ދެކޮޅަށް ދާއިރާގެ ރައްޔިތުން ޕެޓިޝަން ހަދާ އެފަދަ މެމްބަރުން މަޖިލިސްއިން ބޭރުކުރަން މަސައްކަތް ފައްޓަން ވެއްޖެ. ރިކޯލް ވޯޓު ސިސްޓަމް އެއް ނެތަސް ރައްޔިތުން އެމީހުން މެމްބަރުން ހަމަ މަގަށް އަޅުވަން ފާޅުގަ މަސައްކަތް ފެއްޓީމަ ޖެހޭނީ އަސްލު ރައްޔިތުންގެ ފަޅިއަށް ޖެހެން!
ފުރޭތަ1
28 August 2025
ޖޫސް ގިރާ މީހުން އެއްވެއުޅޭ ގަވައިދާ ޚިލާފަށް ހައިސެކިއުރިޓީ ޒޯނުގަ ތިބެވެންވެސް ޖެހޭ. މީދެން ބޮޑު ވަރު. ގާނޫނު ނުހިނގާ ބަޔަކު ތިބެގެން ނުވާނެ. އެކްޓިވިސްޓުން ނޫސްވެރިކަމުގެ ޓެގު ކަރަށް ވައްޓާލައިން ނުކުމެވިގެން ނުވާނެ. ކުރިން ފަހަރަކުވެސް ނޫސްވެރިކަމުގެ ސޮކޮލަޝިޕަށް ކުރިމަތިލާނެ މީހަކުވެސް ނުވި، ކޮންމެ ކޮންމެ މީހަކަށް ޓެގު އަޅައިން ނުކުމެވެންޏާ ކިޔަވާކަށް ވެސް ނުޖެހޭނެތާ.
ކަނބުރުގެ
28 August 2025
ރައީސް ބައްދަލު ކުރައްވަންވީ މަޖިލީހުގެ ޕީއެންސީ މެންބަރުންނާ.. ބައްދަލުކުރައްވާފަ ވިދާޅުވެދެއްވަންވީ ދެފަރާތުންވެސް ވާހަކަ ދައްކައިގެން ދެފަރާތަށްވެސް އެއްބަސްވެވޭ ފަދަ ގޮތަކަށް ބިލް ފަރުމާކޮށް ބިލާމެދު ގޮތް ނިންމުމަށް. މިއީ ނޫންތޯ ނަގަހައްޓަންވީ ޑިމޮކްރެސީގެ ރީތި އުސޫލަކީ؟ ހަމައެކަނި ނޫސްވެރިންނާ ބައްދަލު ކުރެއްވުމަކުން މައްސަލައަށް ހައްލެއް ނުލިބޭނެ.
ބައްދަލު
28 August 2025
މިނޫނީ ރައީސެއް ނާދޭ ހުރިހާ އެންމެންގެ ކަންބޮޑުވުން އަހާ މީހެއް. ކުރިންނަމަ ގްރީންޒޯނުގެ 100 ފޫޓް ކައިރިވެސް ނުވެވޭނެ. އަދި އަމުދުން މުޒާހަރާކޮއްފިއްޔާ ބައްދަލެއް ނުކުރާނެ
ރުވޭދާ ރަމީޒް
28 August 2025
އިތުބާރު ބޮޑުވެއްޖެ މުއިއްޒްއާ ދޭތެރޭ ކުރެވޭ. މީގެ ސަބަބުން މީޑިޔާ ބެފުޅުންގެ އިތުބާރުވެސް މަނިކުފާނަށް ހަމަ ޔަގީނުންވެސް ލިބިގެންދާނެކަން ޔަގީން.
މޫމިން މުހައްމަދު
28 August 2025
މިދިޔަ އެއްވެސް ވެރިޔަކަށް ކުރަން ނުކެރުނު ކަންކަން މިދަނީ މުއިއްޒް ރައީސް ކުރަމުން. އެހެން އެއްމެން އެއްވެސް ބަޔެއްގެ އަޑު ނާއްސަވާ ހަމަ ބިލްތައް ނިންމާލަނީ.
ތިބިޔާން މުހައްމަދު
28 August 2025
ނަމޫނާ ވެރިންނަކީ މިއީ.