ބްރިގޭޑިއާ ޖެނަރަލް އަހުމަދު ނަޝީދު ސިފައިންގެ ހިދުމަތުން ރިޓަޔާކުރެއްވި ލިޔުން ހަވާލުކޮށްދެއްވަނީ.
31 އޯގަސްޓް 2025 - 14:16
އެމްއެންޑީއެފްގައި 37 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު ބްރިގޭޑިއާ ޖެނަރަލް އަހުމަދު ނަޝީދު ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރައްވައިފި އެވެ.
ނަޝީދު ރިޓަޔާކުރެއްވުމާ ގުޅިގެން ސިފައިންގެ މައިމަރުކަޒު، ބަންޑާރަކޮށީގައި ރޭ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ.
މި ރަސްމިއްޔާތުގައި ޣައްސާން ވަނީ ނަޝީދުގެ ހިދުމަތް ފާހަގަކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ސިޓީފުޅެއް، ނަޝީދުއާ ހަވާލުކޮށްދެއްވައިފަ އެވެ.
ސިފައިންގެ އިން ޝަރަފްވެރިކަމާ އެކު ނަޝީދު ވަކިވެވަޑައިގެންނެވި އިރު ހުންނެވީ ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސް އެންޑް ރިސޯސް މެނޭޖްމަންޓްގެ ޑައިރެކްޓާ ޖެނަރަލް އަދި އޯޑްނަންސް ސާވިސް ކޮމާންޑަރުގެ މަގާމުގަ އެވެ.
ބްރިގޭޑިއާ ޖެނަރަލް އަހުމަދު ނަޝީދު ސިފައިންގެ ހިދުމަތުން ރިޓަޔާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު.
ނަަޝީދުގެ ދިގު އަސްކަރީ ހިދުމަތުގައި އޭނާ ވަނީ ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސްގެ ޕްރިންސިޕަލް ޑައިރެކްޓާގެ މަގާމާއި އޯޑްނަންސް ސާވިސް ކޮމާންޑަރުގެ މަގާމު ފުރުއްވައިފަ އެވެ. މީގެ އިތުރުން ކޮމާންޑިން އޮފިސަރުގެ މަގާމާއި ކުއާޓާ މާސްޓާ ސާވިސްގެ ކޮމާންޑިން އޮފިސަރެއްގެ މަގާމް ވެސް ފުރުއްވެވި އެވެ. ދެން އޭނާ ފުރުއްވީ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕުގެ ކޮމާންޑިން އޮފިސަރުގެ މަގާމާއި ޓްރާންސްޕޯޓް ސާވިސްގެ ކޮމާންޑިން އޮފިސަރުގެ މަގާމު އަދި ސަޕްލައި ޔުނިޓުގެ ކޮމާންޑިން އޮފިސަރުގެ މަގާމެވެ.
ނަޝީދު ރިޓަޔާކުރެއްވިއިރު ހުންނެވި ރޭންކް ކަމަށްވާ ބްރިގޭޑިއާ ޖެނެރަލް އަކީ ސިފައިންގޭގެ ހަތަރު ވަނަ އަށް އެންމެ މަތީ ރޭންކެވެ. އޭގެ މަތިން ކުރެވޭ ރޭންކުތަކަކީ މޭޖާ ޖެނެރަލް، ލެފްޓިނެންޓް ޖެނެރަލް، އަދި ޖެނެރަލް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢދފރެ
01 September 2025
ދެންއެހެންތަނަކުން އެމްޑީ ކަންދީ
ރިޓަޔަރޑްމަގާމުތައް
01 September 2025
ދެން އަވަހަށް ރިޓަޔަރޑަ ފައިސާއިން މަހުން މަހަށް ލިބޭ ބޮޑު އެލަވަންސާއެކު ވަޑަެިގަންނަވާ ތަނެއްގެ ސީއީއޯ ބުނީ އެމްޑީއަކަށް އޭރުން އިތުރު 100000 ވަރު ލިބޭނެ މަހަކު..
ނާޑުވާ
01 September 2025
ރިޓަޔަރމެންޓް ޕެކޭޖް އާ ބެނިފިޓްސް ގެ ވާހަކަ ކޮބާތޯ?
އަބްޑޫޅް +
01 September 2025
ރާއްޖެއަކުނެތް ދޯވ، ލެފްޓެނަންޓު ޖަނަރަލެއް ވެސް. ހަމަ ފެންވަރު ނެތީ، ދޯވ؟
އޭވާދީ
01 September 2025
ސިފައިންގެ އަދަދުގެ ނިސްބަތުން އުފެދޭ މަގާމު އެއީ
ހަޖާމް
31 August 2025
ޖެނެރަލް ނަޝީދު ސަރ އަކީ ވަކި އަތަކަށް ނުޖެހި ސިޔާސީ ނުވެ ޚިދުމަތް ކުރި ޑެކަރޭޓިވް ސޯލްޖަރ އެއް. އަދިވެސް ޒުވާނެއް. މާދަމާ މަސްއޫލިއްޔަތެއް ހަވާލުކުރިއަސް އަމާނާތްތެރިކަމާއެކު ކުރާނެ. އާމުންހެން ކަޓު ނަގައިގެން ކަންކަމެއް ނުކުރާނެ. ޑިފެންސާއި ގުޅުން ހުރި ދާއިރާއަކުން ފެންނާނެ ކަމަށް ހީކުރަން. ތީ ޤައުމީ ލޭ، އަމާނާތްތެރި ތެދުވެރި ކިޔަމަންތެރި ލޭ. މި ގައުމު ހަމައަށް އެޅުވޭނީ ހަމަ ސިފައިންނަށް. ގައުމުގެ އިޖުތިމާޢީ ހާލަތު ވަރަށް ދަށް. މަރުހަބާ ސަރ.
ދޮންއަލީ
31 August 2025
ސިވިލް ސަރވިސްގައި 40 އަހަރު ކޮށްފައި، ޙަޔާތް ނިންމާލީމާ މުސްކުޅިވެރިންނަށްދޭ 5000 ރ އިން ބައެއް ކަނޑާފައި އެ އަމިއްލަ ޕެންޝަން ފަންޑުން 5000 ހަމަ ކުރަނީ، އެއްވެސް އުޞޫލެއް ހަމައެއް ނެތް ޤައުމެއް. މެޖިސްޓްރޭޓުންނަށް 18ކޭ 25ކޭ 75ކޭ. ޓީޗަރުން ހުސް އަތާ. ސިވިލް ސަރވަންޓުންގެ ތެރެއިން ދަށް މަޤާމްތަކުގައި އުޅޭ ޚިދުމަތްތެރިން ހަމަ ހުސް އަތާ. ހަމަހަމަ ކަމެއް އިންސާފެއްނެތް
އަލްޖީ
01 September 2025
ދެން އެފަދަ ތަންތަނަށް ނުވަދެ ތިހުރިހާ ބަހަނާއެއް ތި ދައްކަނީ ކާކު ބުނެގެންނޯ.
ކިލިޔޯ ޕެޓުރާ
01 September 2025
މެޖިސްޓުރޭޓަކަށް ވާންވީނު އެއްދުވަހަށް ނަމަވެސް ސިވިލުން ނުކުމެ، އުމުރު ނުދަނީ؟
ޖޭ އަހުމަދު
01 September 2025
ފަނޑިޔާރުންނަށް މިހެންވަނީ ފަނޑިޔާޜުންނަކީ ފަނޑިޔާރުކަމުގައި އެއްވެސް ބާތެއްގެ ވިޔަފާރިއެއް އާމްދަނީ ލިބޭ މަސައްކަތެއް ނުކުރެވޭތީ! ޓީރުންނަށް ވަޒީފާޣައި ހުރެ ވިޔަފާރި ކުރެވޭނެ! އާއްމުދަނީ ލިބޭ މަސައްކަތް ކުރެވޭނެ! ޓިއުޝަން ދެވޭނެ.
ކޮރަލް
01 September 2025
ސަރުކާރު ހިއްސާ ވާ ކުނފުނި ތަކުގަ އުޅޭ ސިޔާސީ ވެރީން ކޮންމެ 5 އަހަރަކުން އެދަނީ ބައިތުލް މާލް ހުސް ކޮށްލަމުންނެވެ. ޕެކޭޖް ތައް މިލިއަނުން މަތީގަ އެވެ.
ސަމާރޭ
31 August 2025
ބޯޅަ ޖަހައިގެން ޕްރޮމޯޝަން ހޯދުމުގެ ލާމަސީލް މިސާލެއް
ވާނުވާ....
31 August 2025
ދެން ސަރުކާރުގެ އެހެން ޖޮބެއް ހަވާލު ކުރޭ އޭރުން ތާ ފައްކާވާނީ މިހާރުވެސް މުޅި ސަރުކާރުގަ ރިޓަޔަޑް މީހުން އެތަނުން މީހަކު ގެޔަށްގެންދޭ ސިވިލް 15 މީހުންނަށް ހޭދަވާވަރު ދެކޮޅުން ލިބުނީމަ ގިނަވާނެތާ
ދިއްދޫމީހާ
31 August 2025
ބްރިގޭޑިއާ ޖެނެރަލް ރައީސް ނަޝީދުތޯ؟
މުލޭ
31 August 2025
ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރާ މީހުންނަށް އެހެން ވަޒީފާއެއް ހަމަޖެހުމަކީ މިގައުމުގައި އެކަނި ކުރާ ކަމެއްނޫން. ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް އެކަން ކުރޭ. ދުރުން އެމެރިކާއަަށް ބެލިޔަސް ކައިރިން އިންޑިއާއަށް ބެލިޔަސް މިކަން އޮތީ ހަމަ މިހެން. ޚާއްސަކޮށް ޕްރައިވެޓް ސެކްޓަރގެ ވަޒީފާތަކުގައި، ރިޓަޔަރޑް ސިފައިން ވަރަށް ގިނަވާނެ. މިގައުމަަށް އަލަކަސް ދުނިޔެއަށް އާކަމެއްނޫން.
ގަމްބޫޓު
01 September 2025
މައްސަލަޔަކީ ރިޓަޔަޔޭ ކިޔާފަ ލާރިގަނޑު ނަގަމުން އަދި އަދާކުރާ އިތުރު ވަޒީފާގެ މުސާރަގަނޑުވެސް ނެގުން. ހަމަ ނުޖެހޭ. އަދި އެއީވެސް ލިބެންޖެހޭ އެއްޗެއްކަމަށް ވަކާލާތުވެސް ކުރާނެ، ހިދުމަތޭ ކިޔައި. ލަދަކީ ނެތް އެއްޗެއް. ދުނިޔެމަތީ ގެއްލެން ހުރި އެއްޗިހި ގިނަވީމާ، އުންޑަޔެއް ޖަހާ އަޑަށް ބިރުން ނުފިލާނެޔެކޭ މަށެއް ނުބުނާނަން