މުހައްމަދު ސިންވާރު (ކ) ޓަނަލެއްގެ ތެރޭ ކާރެއްގައި ދަތުރުކުރަނީ
31 އޯގަސްޓް 2025 - 15:05
ހަމާސް އިން ޣައްޒާގެ ލީޑަރުގެ ގޮތުގައި ބަލަމުން އައި މުހައްމަދު ސިންވާރު އިޒްރޭލުގެ ހަމަލާއެއްގައި އަވަހާރަކޮށްލި ކަމަށް އިއުލާނުކުރިތާ ތިން މަސް ފަހުން ހަމާސް އިން މިއަދު އެކަން ކަށަވަރުކޮށްދީފި އެވެ.
ހަމާސް އިން އެކަން ކަށަވަރުކޮށްދިނީ އަސްކަރީ އަދި ސިޔާސީ ބައެއް ލީޑަރުންނާ އެކު މުހައްމަދު ސިންވާރު އިންނެވި ފޮޓޯއެއް، ކެޕްޝަނުގައި "އަސްކަރީ މަޖިލީހުގެ ޝަހީދުން" އާ އެކު އާންމުކޮށެވެ.
މުހައްމަދު ސިންވާރަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު އިޒްރޭލަށް ދިން ހަމަލާގެ މޭސްތިރިކަމުގެ ތުހުމަތު އިޒްރޭލުން ކުރަމުން އަންނަ ޔަހްޔާ ސިންވާރުގެ ކޮއްކޮ އެވެ. ޔަހްޔާ ސިންވާރު ވެސް ވަނީ އިޒްރޭލުން އަވަހާރަކޮށްލައިފަ އެވެ.
މުހައްމަދު ސިންވާރު، ގައްސާމް ބްރިގޭޑްސްގެ އަސްކަރީ ކައުންސިލާ އޭނާ ހަވާލުވެވަޑައިގަތީ ކުރީގެ ކޮމާންޑަރު މުހައްމަދު ދައީފް އަވަހާރަކޮށްލުމުންނެވެ.
އިޒްރޭލުން ކުރިން ބުނެފައިވާ ގޮތުގައި ޣައްޒާގެ މެދުތެރޭގެ ޚާން ޔޫނިސްގައި ހުންނަ ޔޫރަޕިއަން ހޮސްޕިޓަލްގެ ދަށުގައި ހަދާފައިވާ ޓަނަލެއްގެ ތެރެއިން މުހައްމަދު ސިންވާރުގެ ހަށިގަނޑު މިދިޔަ ޖޫން މަހުގެ ތެރޭގައި ވަނީ ފެނިފަ އެވެ. އިޒްރޭލުން އޭރު ބުނީ މުހައްމަދު ސިންވާރު އަވަހާރަކޮށްލީ މެއި މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.
އިޒްރޭލުގެ މީޑިއާއިން އޭރު ބުނެފައިވާ ގޮތުގައި މުހައްމަދު ސިންވާރަށް ހަމަލާދިނީ އިޒްރޭލުގެ އިންޓެލިޖެންސުން އޭނާއަށް ފާރަލަމުން ގެންދާތާ އެތައް ދުވަހެއް ފަހުންނެވެ. އެކަމަކު ސިންވާރަށް ހަމަލާ ނުދެވެނީ އޭނާ އަބަދުވެސް އުޅެނީ އިޒްރޭލުގެ ރަހީނުން ބަންދުކޮށްގެން ގެންގުޅޭ ތަންތަނުގައި ކަމަށް ވާތީ ކަމަށް ބުނެފައިވެ އެވެ.
މުހައްމަދު ސިންވާރުގެ މަރު ކަށަވަރުކޮށްދީފައި މި ވަނީ އިޒްރޭލުގެ ހަމަލާއެއްގައި ހަމާސްގެ އަސްކަރީ ތަރުޖަމާނު ހުޒައިފާ ސާމިރު އަބްދުﷲ އަލް ކަހްލޫތު (އަބޫ އުބައިދާ) އިޒްރޭލުގެ ހަމަލާއެއްގެ އަވަހާރަކޮށްލާފައިވާ ކަމުގެ ރިޕޯޓްތައް އާންމުވެފައި ވަނިކޮށެވެ. އެކަމަކު އޭނާގެ މަރާ ބެހޭ ވާހަކަަތައް ހަމާސް އިން ވަނީ ދޮގުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮރަލް
31 August 2025
އެންމެ ފަހުން ނަސްރު ލިބޭނީ މުސްލިމުންނަށެވެ. ނަސްރު އަކީ ﷲ އިރާދަ ކުރައްވާ ބަޔަކަށް ދެއްވާ އެއްޗެކެވެ އެއީ ބައި މަދުވެގެން ނޫނީ ގިނަ ވެގެން ލިބޭ އެއްޗެއް ނޫނެވެ.
ޙަމްދާ
31 August 2025
ހަމާސް އިން ގޮތް ދޫކޮށް ރައްޔިތުންގެ ހާލަތަށް ވިސްނަން ވެެއްޖެ.
ޖަމަލު ފޮޑި
31 August 2025
ތިޔައި ކަލެއަށް ފެންނަގޮތް.. ﷲ ނަސްރު ދެއްވާފަ ހުރީ ކަލޭ ކަހަލަ ޖަމަލު ފޮޑި އަށް ބިރު ގަންނަ މީހުން ނަކަށް ނޫން.. އަނގަ މަޑުން ލައިގެން ހުރޭ...
ފާހަނގަ ކުރެވެނީ
31 August 2025
ހަމާސްއިން ގޮތް ދޫކުރިޔަސް ނަތަންޏާހޫ ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫން. އެކަލޭގެއާ ދިމާލަށް ބޮމެއް ނޫން ބަހަކުން މީހަކު ޖަހާލިޔަސް އެމީހެއްގެ ދުވަސް ދުއްވާލާ އެބަ..ނަތަންޏާހޫ މުސްކުޅި ވާވަރަކަށް ހަޖަމުގެ މައްސަލަވެސް ވ. ބޮޑަށް ހުންނަކަން ފާހަނގަ ކުރެވޭ..ނުރުހޭ އެއްޗެހި ބުނެލާ މީސްމީހުންގެ ދުވަސް ދުއްވާލުން އެއީ މެޓައެއް ކާލުން ފަދަ ކަމެއް.