31 އޯގަސްޓް 2025 - 17:12
ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ މެޑަލް އަދި ރޭސް ކިޓް ދިރާގުން ދައްކާލައިފި އެވެ.
ދިރާގު ރޯޑް ރޭހުގެ ރަސްމީ ރޭސް ކިޓްގެ ތެރޭގައި ރޭސް ނިންމާ ވަގުތު ދެނެގަނެވޭ ޗިޕް އެކުލެވޭ ބިބް އަދި ދުވުންތެރިންނަށް ހާއްސަ ޓީޝާޓާއި އަދި ކޮންމެހެން ބޭނުންވާ ތަކެތި ގެންދިއުމަށް ރޭސް ދަބަހެއް ހިމެނެއެވެ. މި ރޭސް ނިންމާ ކޮންމެ ދުވުންތެރިއަކަށް ދިރާގު ރޯޑް ރޭހަށް ހާއްސަކޮށް ފަރުމާކޮށްފައިވާ މެޑަލް އެއް ލިބޭނެ އެވެ. މި މެޑަލް ވެސް ރޭސް ކިޓާއި އެކު ދިރާގުން ވަނީ ދައްކާލައިފަ އެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ވޯލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާ އެކު، އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓު ކޮށްގެން ރާއްޖޭގައި ބާއްވާ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ. މި ދުވުން މިއަހަރު އޮންނާނީ އަންނަ އޮކްޓޫބަރު 24 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.
ދިރާގު ރޯޑް ރޭހުގެ ރަޖިސްޓްރޭޝަން މިހާރު ވަނީ ހުޅުވާލައިފަ އެވެ. ރަޖިސްޓްރޭޝަން ކުރިއަށް ގެންދާނީ 4،000 ބައިވެރިންގެ ލިމިޓް ހަމަވަންދެނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަލްކީ
01 September 2025
ދިރާގު ޓީޝާރޓް ތައް ވަރަށް ރީތި އަދި ކަލަރފުލް. ކޮންތާކުން މީގެ ޓީޝާރޓް ގަންނަން ލިބޭނީ؟