ސްޓެލްކޯގެ އިންޖިނިއަރުންނަށް ހާއްސަކޮށް ބޭއްވި ހަފްލާގައި-- ފޮޓޯ: ސްޓެލްކޯ
31 އޯގަސްޓް 2025 - 18:25
ސްޓެލްކޯގައި އިންޖިނިއަރުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.
ރާއްޖޭގައި އިންޖިނިއަރުންގެ ދުވަސް ކޮންމެ އަހަރަކު ފާހަގަކުރަނީ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އެވެ.
އިއްޔެއަކީ ސަރުކާރު ބަންދު ދުވަހަކަށް ވުމުން ސްޓެލްކޯއިން އިންޖިނިއަރުންގެ ދުވަސް ފާހަގަކުރީ މިއަދެވެ.
ސްޓެލްކޯގެ އިންޖިނިއަރުންނަށް ހާއްސަކޮށް ބޭއްވި ހަފްލާގައި-- ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯގެ އިންޖިނިއަރިން ޑިޕާޓްމެންޓްގެ މުވައްޒަފުން އޮފީހަށް އައުމުން އެ ކުންފުނީގެ ހުރިހާ މުވައްޒަފުން ވަނީ އިންޖިނިއަރުންނަށް ހާއްސަ ހަފްލާއެއް ބާއްވައި ވަނީ ރަތް ދޫލައިގެ މަރުހަބާއެއް ކިޔައިފަ އެވެ.
އެ ހަފްލާގައި އެ ކުންފުނީގެ އިސް ވެރިންނާއެކު ވަނީ ކޭކެއް ވެސް ފަޅައިފަ އެވެ.
ސްޓެލްކޯގެ އިންޖިނިއަރުންނަށް ހާއްސަކޮށް ބޭއްވި ހަފްލާގައި ފެޅި ކޭކު-- ފޮޓޯ: ސްޓެލްކޯ
ރާއްޖޭގައި އިންޖިނިއަރުން ދުވަސް ފާހަގަކުރާ މިއީ ފުރަތަމަ އަހަރެވެ.
ރާއްޖޭގެ އިންޖިނިއަރުންގެ ދުވަހުގެ ގޮތުގައި އޮގަސްޓު 30 ވަނަ ދުވަސް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ހަމަޖެއްސެވީ ރާއްޖޭގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމުގައިވާ ސިނަމާލެ ބުރިޖް ހުޅުވި ދުވަހާ ދިމާކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަސާސީ ތައުލީމު
01 September 2025
އިންޖިނިއަރުން ގެ ފަރާތުން އިންޖީނުތައް އޯވަރހޮލް ކުރުމާއި އޮފީސް އެކި ބައިބަޔަށް ޕާޓިޝާން ޖަހާ ބަދަލު ކުރުން ފިޔަވައި އަސްލު ފެންނަންޖެހޭ އީޖާދެއް ނުފެނޭ؟/
ސުދް
01 September 2025
އިންޖިނިއަރިންގ ދާއިރާއަށް އަންހެން ކަނބަލުންނަށް ފުރުސަތު ހުޅުވާލާ ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ގޮވާލަން. އެއީ ސްޓެލްކޯ ކަހަލަ ތަންތަނުގައި ވަޒީފާ އަދާ ކުރަން ފަސޭހަވާނެތީ.
ޖަމޯ
01 September 2025
ފުރުސަތު އޮވޭ. އަންހެނުން ނޫޅެނީ. ކޮންމެ އެއްޗެއް ވެސް އަންހެނުން ނަށް ދޭން ވަނީ ތަބަކަކަށް ލާފަ ތަ؟
މަ ބުނީ
01 September 2025
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަށްފުޑި ޤަޢުމުގެ އިގުތިސާދު ބިދޭސީންގެ އަތްމަތީގަ ރައްޔިތަކަށް ލިބޭނެ އެއްޗެއްނެތް މުސާރަކޮޅުނޫނީ ! ކޮއްމެދުވަހަކުވެސް ނޫސްތަކުގައި ވެރިންނާއި މުއައްޒަފުން ރަތްދޫލައިގަ ތިގޮތަށް މި 5 އަހަރު ނިންމާލާ އޯކޭ ؟
ގެދޮރޭ
31 August 2025
ބޭފުޅުންނޭ އަންހެނުންނަކީ ހާދަހާ ވާ ގާބިލް ބައެކޭ. އެ ކަނބަލުންގެ ގާބިލްކަން އަންޑަރއެސްޓިމޭޓް ކޮށްފަ ބަދުބަސް ބުނެހަދަ މަދުބަޔަކު އުޅޭކަމީ ހިތާމަ ހުރިކަމެއް. ދަރިންތަރުބިއްޔަތުކޮށް ޖީލުތައް ރައްކައުތެރިކަމާއެކު ދަމަހައްޓަމުން މިދަނީ ހަމަ ސީދާ އެކަނބަލުން. ނިކަން އަޅެ 3 ދުވަހު ފިރިހެނަކު ގޭގައި މަޑުކޮށް އެކަނބަލުން އެ ކުރާ މަސައްކަތް ކޮށްފަ މީ ދޮގެކޭ ބުނެބަލަ.
ބުޗުކެސެޑާ
31 August 2025
ދިވެހިރާއްޖޭގައި އަންހެނުން ކުރިއަރުވާޢަޑު ވަރަށްގަދަކޮށް ބައެއް ތަންތަނުން އިވޭ. ކިތަކަށް އަންހެން އިންޖިނިއަރުންތަ ތިޔަ ތާކު އުޅެނީ.
އަހުމަދު ރަޝީދް
31 August 2025
އިންޖިނިއަރުންގެ ދުވަހުގެ ތަހުނިޔާ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަށާއި މާކެޓިންގ ޑިރެކްޓަރ ޝަހީދު އަދި މާކެޓިންގ ޑިޕާޓްމެންޓަށް އަރިސްކުރަން. ތިފަދަ ޤާބިލް އިންޖިނިއަރުންގެ ޓީމެއް އެޗްޑީސީއަށް ލިބުމުން އުފާކުރަން.
ރާފިއު
31 August 2025
ބައެއް ކުންފުނިތަކުން އިންޖިނިއަރުންނަށް ރަތްދޫލައިގެ މަރުހަބާ ކިޔާއިރު، ރާއްޖޭގައި އިންޖިނިއަރުން އެންމެ ގިނަ އެއް ކުންފުނި އެޗްޑީސީއިން އިންޖިނިއަރުންގެ އަގު ވަޒަންކުރަން އެންމެ ކުޑަމިނުން މީސްމީޑިޔާ ޕޯސްޓެއް ވެސް ޖަހާނުލެވުނު. ހީވާކަހަލަ މާކެޓިންގ އަދި ޕަބްލިކް ރިލޭޝަންސް ޑިޕާޓްމެންޓް ހަސަދައެއްލައިގެން އުޅޭ ފަދަ އޭ. ސްޓެލްކޯ، އެމްޓީސީސީ ފަދަ ކުންފުނިތަކުގެ އެމްޑީން ތަހުނިޔާ ކީއިރު އެޗްޑީސީ މެނޭޖްމެންޓެއް އޮތްކަންވެސް ނޭނގޭ.
ހައިރާންވޭ
31 August 2025
ބުނަން އުޅުނީ އެޗްޑީސީގެ ވާހަކަބާ އެމްޑަބްލިއުއެސްސީ ވާހަކަބާ؟ ދެ ކުންފުންޏާވެސް ސިފަ ދިމާވޭ.