ފެނަކައިގެ ސީއެފްއޯއަކަށް އައްޔަންކުރި މުހައްމަދު ޖިހާދު.
01 ސެޕްޓެމްބަރ 2025 - 21:10
ފެނަކަ ކޯޕަރޭޝަންގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމަށް މުހައްމަދު ޖިހާދު އައްޔަންކޮށްފި އެވެ.
އެ ކުންފުނީގެ ސީއެފްއޯގެ މަގާމަށް ޖިހާދު އައްޔަންކުރީ އެ މަގާމުގައި ހުންނެވި އަބްދުﷲ ވަހީދު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ފެނަކައިން ކުރި ޕޯސްޓެއްގައި ވަނީ ސީއެފްއޯގެ މަގާމަށް ޖިހާދު އައްޔަން ކުރިކަން އިއުލާންކޮށް، އޭނާ އަށް މަރުހަބާ ކިޔައިފަ އެވެ.
މި ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ ޒިންމާތަކާ ޙަވާލުވެވަޑައިގަތް އަލްފާޟިލް މުޙައްމަދު ޖިހާދަށް މަރުޙަބާ ދަންނަވަން! #TeamFenaka pic.twitter.com/homlNzDUM6
— Fenaka Corporation Ltd (@TeamFenaka) September 1, 2025
ސީއެފްއޯ ކަމުން ވަހީދު އިސްތިއުފާ ދެއްވީ ސީއެފްއޯގެ މަގާމުން ޗީފް ލެވެލްގެ އެހެން މަގާމަކަށް އޭނާ ބަދަލުކުރުމުގެ މަޝްވަރާތަކެއް ކުރާތީ އެކަމަށް އެއްބާރުލުން ދެއްވުމަށް ކަމަށް މިއަދު ވިދާޅުވި އެވެ.
ފެނަކައިގެ ސީއެފްއޯގެ މަގާމަށް ވަހީދު އައްޔަންކުރީ ސެޕްޓެމްބަރު 11، 2014 ގަ އެވެ.
އެކަމަކު އޮކްޓޫބަރު 26، 2023 ގައި އޭނާ އެ މަގާމުން ވަކި ކުރުމާ ހަމައަށް، ގާތްގަނޑަކަށް އަހަރު ދުވަސް ވަންދެން ވަހީދު ހުރީ އެ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފަ އެވެ. ނަމަވެސް އޭނާގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލައެއް ހުށަހެޅުމުން، އެ ތަނުން ނިންމީ އެ ވަޒީފާ އިން ވަކިކޮށްފައި ވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށެވެ.
އެހެންވެ އަނބުރާ ވަޒީފާ ދިނުމަށް ޓްރައިބިއުނަލުން އެންގި އެންގުމާ އެއްގޮތަށް އޭނާ އަށް އަނބުރާ ވަޒީފާ ދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކެހުވޭ
02 September 2025
ސަރުކާރު އޮޔާދަނީއެވެ. މިއީ މިކަމުގެ ކޮޅުމައްޗެވ. ލޯކަލް ކައުންސިލް އިންތިޚާބު އައިސް ބޯމަތިވެ އެމްޑީވެސް އާއްވެ މައްޗަށް އަރައިދާނެ ތޯއްޗެއް!
އާމިނަތު ޒުހެއިރު
02 September 2025
ތަންދޮރު ނުފިލާ މީހުން ގޮވައިގެން އެއްމެފަހުން ސަރުކާރު އަރާނީ ފަރަށެވެ. އިންޖީނުގަންނަން އަމިއްލައަށް އިމަރޖެންސީ ޕްރޮކިޔުމެންޓް ނެރޭށޭ ކިޔާފައި މެއިލްކުރިކަމަށް ކުރީ ދުވަހުވެސް ނޫހަކުން ފެނުނެވެ. ދެން ނޫސްވެރިންގެ ލޮލަށް ބޮލަށް ގޮވާށެވެ.
ޙދ
02 September 2025
ނޫސްތަކުން މީހުންގެ އަބުރު ކަތިލަން ތިހެންޖަހާ އެއްޗެތި މަމެން ގަބޫލެއް ނުކުރަން. ޝަހާދަތުގެވެސް އެއްބައި ކިއީމަ މާނަ ނިކުންނާނީ އެހެން ގޮތަކަށް. ތިއީ އެކަހަލަ ކަމެއް.. ޖިހާދަކީ ފަސްބައި ސާފު މީހެއް. ތެދުވެރި ނަޒާހަތްތެރި މީހެއް.
ޛިޕް
01 September 2025
ޖިއްބެވަރު މީހަކު ނުވާނެ!
ޒުހޭރާ4
01 September 2025
ފޭސްބުކް އަދި ސޯސަލް މީޑިއާގަ މަރުހަބާ ކިޔާނެ.. އެކަމު އޮފީހަށް ވައްދާފަ ބޮލުގަ ބަޑި ޖައްސާތީ މައްސަލައަކީ..