ފަލަސްތީނުގެ ޣައްޒާގެ އާއިލާއެއް އެ މީހުންގެ ހަލާކުވެފައިވާ ގެޔަށް ބަލަހައްޓައިގެން: މުޅި ޣައްޒާ އިޒްރޭލުގެ ބާރުގެ ދަށަށް ގެންދިއުމަށް ހަމަލާތައް ވަރުގަދަކޮށް ޣައްޒާ ސިޓީގެ އެއް މިލިއަނުގެ އާބާދީ ގެދޮރު ދޫކޮށް ދާން މިހާރު ވަނީ އަންގާފައި. -- ފޮޓޯ: އޭއެފްޕީ
02 ސެޕްޓެމްބަރ 2025 - 21:12
އިޒްރޭލުން ޣައްޒާގެ މައި ސިޓީ ކަމަށްވާ ޣައްޒާ ސިޓީ ހިފަން ކުރާ މަސައްކަތުގެ ފަހު މަރުހަލާ ފަށަން ތައްޔާރުވަމުންދާ ކަމަށާއި އެހެންވެ އެތަނުގައި މިހާރު ބާކީ ތިބި ނަމަ ތިބިހާ ބަޔަކު ޣައްޒާގެ ދެކުނު ސަރަހައްދަށް ދިއުމަށް އިޒްރޭލުން މިއަދު އަންގައިފި އެވެ.
އިޒްރޭލުގެ އަރަބި ތަރުޖަމާނު އަވިޗޭ އަދުރައީ އެކްސްގައި ކުރި ޕޯސްޓެއްގައި އިންޒާރު ދެމުން ބުނީ ޣައްޒާ ސިޓީގެ މިލިއަނެއްހާ ބޮޑު އާބާދީ އެއްކޮށް ހުސްކުރާނެ ކަމަށާއި އެތަނުން ނުނިކުމެ ތިބި ބަޔަކަށް ބޮޑެތި ނުރައްކާތައް ކުރިމަތިވާނެ ވަރުގަދަ ހަމަލާތަކާ ކުރިމަތިވާނެ ކަމަށެވެ.
ޣައްޒާ ސިޓީން ނުކުންނަ މީހުންނަށް ރަނގަޅު ގޮތްތައް ހަމަޖައްސާ ކަމަށް ސިފަކޮށް ތަރުޖަމާނު ބުނީ އައްސޭރި ފަށުގައި އޮންނަ އަލް މަސާވީ ސަރަހައްދަށް ދިއުމުން ބޭހާއި ކާނާ އާއި ފެނާއި އަސާސީ އެހެނިގެން ތަކެތި ވެސް ފަސޭހައިން ލިބޭނެ ކަމަށެވެ.
ޣައްޒާ ސިޓީ އަކީ ހަނގުރާމަވެރި، ނުރައްކާތެރި މައިދާނެއް ކަމަށް އިޒްރޭލުން ކަނޑައަޅާފައި ވާއިރު ތަރުޖަމާނު ބުނީ "ހަނގުރާމައިގެ މައިދާނާ ކައިރިއަށް ހިނގައްޖެ ނަމަ ނުވަތަ އެނބުރި އެ ސަރަހައްދަށް ހިނގައްޖެ ނަމަ އާންމުންގެ ފުރާނައަށް ނުރައްކާވާނެ" ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މިލިއަނެއްހާ މީހުން ޣައްޒާ ސިޓީގައި އުޅޭނެ ކަމަށް ބެލެވޭއިރު އިޒްރޭލުގެ އިންޒާރުތަކާ އެކު ވެސް އަދި ދެކުނު ސަރަހައްދަށް ދިޔައީ އެންމެ 10،000 މީހުން ކަމަށެވެ.
އިޒްރޭލުން ޣައްޒާއަށް ހަމަލާދޭތާ ދެ އަހަރުވާން ގާތް ވެފައި ވާއިރު އަދިވެސް ބުނަމުންދަނީ ހަމާސް އެއްކޮށް ނައްތާލާފައި ނޫނީ ހަމަލާތައް ނުހުއްޓާނެ ކަމަށެވެ. ހަމާސްއާ ދެކޮޅަށް ކަމަށް ބުނެ ހަމަލާދެމުން ދާއިރު މިހާތަނަށް ފަލަސްތީނުން ގާތްގަނޑަކަށް 70،000 މީހުން ޝަހީދުކޮށްލާފައި ވާއިރު އޭގެ ތެރޭގައި ގިނައީ އާންމުންނެވެ.
އިޒްރޭލަށް ހަމާސް އިން އޮކްޓޫބަރު 7، 2023 ގައި ދިން ހަމަލާގައި އަސީރުގެ ގޮތުގައި ގެންގޮސްފައިވާ މީހުންގެ ތެރެއިން ބާކީ ތިބި މީހުން ފޮރުވައިގެން ގެންގުޅެނީ ޣައްޒާ ސިޓީގައި ކަމަށް އިޒްރޭލުން ގަބޫލުކުރެ އެވެ. އެހެންވެ ޣައްޒާ ސިޓީ ހިފަނީ ރަހީނުން މިނިވަންކުރުމަށާއި ހަމާސްގެ ބާރު އެންމެ ފަހުން އޮތް ސަރަހައްދަކީ އެއީ ކަމަށް ވާތީ ހަމާސް މުލުން ލުހެލަން ކަމަށް ދަނީ ބުނަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
raajje
04 September 2025
ކުރަންތިއުޅޭކަންތައް އިޒުރޭލާ އެމެރިކާއަށް ކާމިޔާބެއްނުކުރެވޭނެ، ވަގުތީ ކުރިއެރުންތަކެއް ލިބޭހެންހީވިޔަސް ތިކުރެވެނީ ކުންހީއެއް، ޣައްޒާއިން މިހުންވެސް ހުހެއްނުކުރެވޭނެ، ބޮމާ މިސައިލުން އާންމުރައްޔިތުންމަރާ ތަންސުންނާފަތިކުރެވުނަސް ހުރިހާއެންމެނެއް މިސައިލާ ބޮމުން ނުވެސްމެރޭނެ، ދެންއޮތްގޮތަކީ ބިންމަތީގެ ހަނގުރާމަ، ބިންމަތީގެ ހަނގުރާމައެއްކޮށް އިޒުރޭލާ އެމެރިކާއަށް ޣައްޒާގެ މައްޗަށް ކާމިޔާބުހޯދޭނެ އެއްގޮތެއްވެސްނޯންނާނެ،
ނުބައިރޭވުން
03 September 2025
އެމީހުންގެ ނުބައި ރޭވުމަކީ އެންމެ ފުރަތަމަ ރައްޔިތުން ބަނޑައްޖެއްސުން ދެން އެމީހުން ހުސްކުރަން ބޭނުންވާ ސަރަހައްދުނޫން އެހެން ސަރަހައްދަކުން ފުދޭނުފުދޭވަރުގެ ކާއެތިކޮޅެއް ދިނުން. މިހާލަތުގަ ކުދިދަރިން ބަނޑައްމަރުވާތަން ބަލަންނުތިބެ ކިރިޔާވެސް ކާއެތިކޮޅެއް ލިބޭނެ ތަނަކައް ކޮންމެ މަންމަޔަކުވެސް ބައްޕައަކުވެސް ދާންމަޖުބޫރުވާނެ. އެމީހުންގެ ހުރިނުބައިކަން.
ކިހާދެރަކަމެއް
03 September 2025
އެމީހުން ކޮންތާކަށްތަ ދާނީ، އެމީހުނގެ ބިމޭ އެއީ، އިޒްރޭނުން ދޭބަލަ ޔޫރަޕަށް ނޫނީ އެމެރިކާ އަށް، އެހެން މީހުންގެ ބިންތަކަށް ވެރިނުވެ.
ސަބަބު
02 September 2025
ޤިޔާމަތާ ޖެހެންދެން ބައިތުލް މަޤްދިސް ހިމާޔަށް ކުރަށްވާނެ ކަމަށްﷲ ވަނީ ވައުދު ކުރައްވާފަ. ﷲ ގެ ވަޙީ ދޮގެއް ނުވާނެ. މުސްލިމުން ތި ތަން ފަތަޚަ ކުރާނެ. ނޭގޭ ކަމަކީ އެއީ ކޮންއިރަކު، ކޮންޒަމާނަކު ހިނގާނެ ކަމެއްކަން. މީފަހުޒަމާން، ޤިޔާމަތުގެ ކުދި އަލާމާތްތައް މިހިރަ ފެންނަމުން ދަނީ. އިމާރާތްތައް އުސްވުމާއި، ޒިނޭ އާންމުވުމާއި،ރާބުއިމާއި، މީހުން މެރުމާއި، ހަރާމެއް ހަލާލެއް ނުބަލާ ފައިސާ ހޯދުމާއި، މީސްތަކުންނަށް އަނިޔާވެރިވުމާއި، ކުއްލި މަރުތަށް ގިނަވުން.