ފުލުހުންގެ ވަޒީފާ އަލުން އިޔާދަކޮށްދިން ޖަމްޝާދާއި އަހުމަދު މުހައްމަދު --
03 ސެޕްޓެމްބަރ 2025 - 18:40
ޕޮލިސް ބޯޑުގެ ލަފައަކަށް ބިނާކޮށް ފުލުހުންގެ ވަޒީފާއިން ވަކިކުރި އިސް ދެ އޮފިސަރަކަށް އަލުން ވަޒީފާ ދީފި އެވެ.
އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުގައި އަލުން ވަޒީފާ ހަމަޖައްސައިދީފައިވަނީ މުހައްމަދު ޖަމްޝީދާއި އަހުމަދު މުހައްމަދަށެވެ. އެ ދެ ބޭފުޅުން ފުލުހުންގެ ވަޒީފާއިން މީގެ ތިން އަހަރު ކުރިން ވަކިކުރި އިރު ވެސް ތިބީ އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުގަ އެވެ.
ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުން 2021 ވަނަ އަހަރު ދިން ލަފައަކަށް ބިނާކޮށް ފުލުހުންގެ ވަޒީފާއިން އޭރު ވަކިކުރީ ޖަމްޝީދާއި އަހުމަދު މުހައްމަދުގެ އިތުރުން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފްގެ އިތުރުން ސުޕްރިޓެންޑެންޓް މުހައްމަދު ދާއޫދާއި ސުޕްރިޓެންޑެންޓް އިސްމާއިލް ޝަމީމެވެ.
ޖަމްޝީދާއި އަހުމަދު މުހައްމަދު ފިޔަވައި ދެން ތިބި އޮފިސަރުން އަދިވެސް ތިބީ ފުލުހުންގެ ވަޒީފާގަ އެވެ. އަދި އޭގެ ތެރެއިން އަބްދުﷲ ޝަރީފް ވަނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ ރޭންކަށް ޕްރޮމޯޓްކޮށްފަ އެވެ.
އެ އޮފިސަރުންނަށް އަލުން ވަޒީފާ ދޭން ސިވިލް ކޯޓުން ހުކުމް ކުރި އެވެ. އެ މައްސަލަ ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރުމުން މި އަހަރުގެ ޖުލައި މަހު، ކޯޓުގެ ބޭނުން ނަހަމަ ގޮތުގައި ދައުލަތުން ހިފާ ކަމަށް ބުނެ، މައްސަލަ ބާތިލްކުރި އެވެ.
ހައި ކޯޓުގެ އެ ނިންމުން ދައުލަތުން އިސްތިއުނާފެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
raajje
04 September 2025
ފުލުހުންގެ މުއައްސަސާއެކޭ ފެނަކައެކޭ މާބޮޑުތަފާތެއްނެތްދޯ! ސިޔާސީބޭނުމަށް މީހުން ވަޒީފާއިންވަކިކުރުމާ ވަޒީފާދިނުމާ ހަމަ އެއްސަކަރާތެއްމިޖަހަނީ!
ޖުމޭނާ
04 September 2025
މިއޮއްހާ ދުވަހު ތަޅުވާފަ އެއްވެސް މައްސަލައެއްނެތްކަމަށް މިސާބިތުވީ.. ދެން މިޖެހެނީ ރައްޔިތުންގެ ލާރިން ބޮޑެތި އަދަދުތަކުން ބަދަލުދޭން.. މިމީހުން ކަނޑާލުމުގެ ލިޔެކިޔުންތަކުގައި ސޮއިކޮށްފައިތިބި މީހުންއަތުން ބަދަލު ހޯދުމަށް ސަރުކާރަށް ގޮވާލަން..
ހުޅުމާލެ އިން 3 ފުލެޓް
04 September 2025
އެނިމުނީނު އެކަން.ސިންޕަލް ކަމެއްނު ތީ.
މުލޭ
04 September 2025
މިއީ އެމްޑީޕީގެ ވަރިން ބަދަލު ހިފުމަށް ކުރިކަމެއްގެ ނަތީޖާ. ސިޔާސީ މީހުންގެ ނުރަނގަޅު ނުފޫޒާހެދި މިފަދަ މުއައްސަސާތައް ހަލާކުވެ ރައްޔިތުންގެ އިތުބާރު ގެއްލެމުންދަނީ. ސިޔާސީ މީހުންގެ ނުރަނގަޅު ނުފޫޒަށް ނޫނެކޭ ބުނުމުގެ ހިތްވަރެއް މިފަދަ މުއައްސަސާތަކުގެ ވެރިންނާއި ވެރިންގެ ވެސް ނުހުރޭ.
1828
04 September 2025
ފުލުހުންގެ ޤާނޫނުގައި ނުވަތަ ގަވައިދެއްގައި އޮވޭ ނިހާއީ ހުކުމެއް ނުކުރަނީސް ވަޒީފާ އަނބުރާ ނުދޭނެކަމަށް. އުނބަދެއް ތޯ ތިޖެހީ؟ އުނބުސަރުކާރުން އުނބަށް ޖެހުން ނޫން ކަމެއްނުކުރެއޭ.
ޕޮލިސް އައިއޯ
03 September 2025
ޢެތަނުގައި 30 އަހަރު ޚިދުމަތްކޮޢްފައި ހުންނަ މީހާ ނުހައްގުން ކަނޑާލީމަ ބަލަދު ކީއްކުރަން އެހެން އެއްޗެހިވެސް އަރަަނެ މީން ތަނެއްގައޮ ދުވަހަކު ނޫޅޭ ގައުމަށް ޚިދުމަތެއް ނުކޮށް ކޮސް އަގަތަޅަން ސޯޝަލް މީޑިޔާގަ ތިބޭ މީހުންނަށް ތޮ ސުވަަލު ކުރުމުގެ ހައްގު ނެތް
ބަލަދު
03 September 2025
މި މީހުން މީ މިތަންތަނަަށް ބަލަދު އަރާފަ ތިބޭ ބައެއްބާ!
ވެދުންކޮޅު
03 September 2025
ފުލުުުހުންގެ މުވައްސަސާ ނަޒާހަތްތެރި ތަނަކަށް ހެއްދެވުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވިތާ ހަފުތާއެއް ނުވަނީސް ތި ދެ އޮފިސަރުނަށް އަލުން ވަޒީފާއަށް ނެރުއްވިކަން އެއީ މިނިސްޓަރުގެ އިލްތިމާސަށް ފުލުހުންގެ މުވައްސަސާ ތަބާވާކަމުގެ ލާމަސީލު ނަމޫނާއެއް. މަރުހަބާ..
1828
03 September 2025
މިއީ ކުޅޭކުޅިވަރެއްތަ؟ ބަދަލުދޭން ޖެހޭނެ. އެކަމުގެ ޒިންމާނަގާނީ ކާކު؟ ދިވެހި ނިކަމެތި ރައްޔިތުން ތޯ؟