އިންޑިއާގެ މަހަރާޖާ ޔަޝްވަންތުރޯ ހޮސްޕިޓަލް (އެމްވައިއެޗް) ގެ އެންއައިސީޔޫ ތެރޭގައި މީދާ
05 ސެޕްޓެމްބަރ 2025 - 10:23
އިންޑިއާގެ އިންދޯރްގައި ހުންނަ ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ މަހަރާޖާ ޔަޝްވަންތުރޯ ހޮސްޕިޓަލް (އެމްވައިއެޗް) ގެ އެންއައިސީޔޫގައި ދެ ކުއްޖަކު މަރުވީ މީދާ ދަތް އެޅުމުމުގެ ސަބަބުން ކަމަށް ބުނެ އެ ސަރަހައްދުގެ އާންމުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.
އެމްވައިއެޗްގެ އެންއައިސީޔޫގައި ބުދަ ދުވަހު ކުއްޖަކު މަރުވެފައި ވާއިރު އޭގެ ކުރީ ދުވަހު ވެސް ހަމަ އެތަނުގައި ކުއްޖަކު މަރުވި އެވެ. އާންމުން ބުނަމުންދަނީ އެންއައިސީޔޫ ތެރޭގައި މީދާ ގިނަ ކަމަށާއި އެ ކުދިން މަރުވީ މީދާ ދަތް އެޅުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް ހޮސްޕިޓަލުން އެކަމަށް އިންކާރު ކުރެ އެވެ. ނަމަވެސް މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.
"ފަރުވާކުޑަވުމުގެ އެއްވެސް އަމަލަކަށް މި ސަރުކާރުން އަޅައިނުލައި ނުތިބޭނެ. ކަން ހިނގި ގޮތް ފުރިހަމައަށް ބަލަން ހެލްތު ޑިޕާޓްމަންޓުގެ ޕްރިންސިޕަލް ސެކްރެޓަރީއަށް ވާނީ އަންގާފައި. އަދި ހެލްތު މިނިސްޓަރަށް ވެސް ވާނީ މިކަމުގައި ފިޔަވަޅު އަޅަން އަންގާފައި،" ޗީފް މިނިސްޓަރު މޯހަން ޔަދާވް ނޫސްވެރިންނަށް ވިދާޅުވި އެވެ.
ހޮސްޕިޓަލްގެ ސުޕްރިންޓެންޑެންޓް ޑރ. އަޝޯކް ޔަދާވް ވިދާޅުވީ އަލަށް އުފަންވި ދެ ކުއްޖަކު މަރުވީ މީދާ ދަތްއެޅުމުގެ ސަބަބުން ނޫން ކަމަށާއި އެ ކުދިންގެ މަރުވީ އުފެދުމުގައި ހުރި އައިބުތަކެއްގެ ސަބަބުން ކަމަށެވެ.
Two newborns admitted to the neonatal intensive care unit (NICU) at Indore’s leading Maharaja Yeshwant Rao Hospital, the largest hospital in Madhya Pradesh, were bitten by rats. Both babies were receiving treatment for congenital conditions.
— Mid Day (@mid_day) September 2, 2025
Following the incident, the infants… pic.twitter.com/As3Z2Wp84t
ހޮސްޕިޓަލްގެ އެންއައިސީޔޫ ތެރޭގައި މީދާ ދުވަނީ
ޑރ. ޔަދާވް ވިދާޅުވީ ބުދަ ދުވަހު މަރުވި ކުއްޖާގެ އިނގިލިތަކެއްގައި މީދަލެއް އަންގާރަ ދުވަހުގެ ރޭ ދަތް އަޅާފައި ހުރި ކަމަށެވެ. އެހެންވެ "މަރުގެ ސަބަބަކީ މީދާ ދަތް އެޅުން ކަމަކަށް ނުވާނެ" ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މަރުގެ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަން އާއިލާއިން ދެކޮޅުހެދުމަށް ފަހު ކުއްޖާގެ ހަށިގަނޑު އާއިލާއިން ގެންގޮސްފައިވާ ކަމަށެވެ.
އަންގާރަ ދުވަހު މަރުވި ކުއްޖާގެ ޕޯސްޓްމޯޓަމް ހަދާފައިވާ ކަމަށާއި އެ ކުއްޖާ މަރުވި ސަބަބެއް ކަމަށް ދެއްކީ ހިތުގެ އެކި ނާރުތަކުގައި ހުރި މައްސަލަތަކާއި ލޭގެ ޕްލޭޓްލެޓް ދަށްވުމާއި ބެކްޓީރިއާ، ވައިރަސް ނުވަތަ ފަންގަލް އިންފެކްޝަންގެ ސަބަބުން ލޭ ވިހަވުމުގެ ހާލަތެއް ކަމަށްވާ ސެޕްޓިސީމިއާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކޮށް އެއް މަސް ދުވަހުގެ ތެރޭގައި ރިޕޯޓް ހުށަހެޅުމަށް އެ ސްޓޭޓްގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ އަންގައިފަ އެވެ.
މައްސަލަ ދިމާވި ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނާ ގޮތުގައި އެ ހޮސްޕިޓަލާއި އެތަނާ ކައިރީގައި ހުރި ޗަޗާ ނެހުރޫ ޗިލްރެންސް ހޮސްޕިޓަލާއި ކެންސަ ހޮސްޕިޓަލްގައި ވެސް މީދާ ވަރަށް ގިނަވެ އާލާވަމުންދެ އެވެ. މައިގަނޑު ސަބަބަކީ ބަލި މީހުންގެ އެހީތެރިން އެ ތަންތަނުގެ ތެރެއަށް ގެންނަ ކާތަކެތި ކަމަށް ޑޮކްޓަރުން ބުނެ އެވެ.
ހޮސްޕިޓަލަށް ގެންނަ ކާތަކެއްޗަށް މީދާ އަންނަ ކަމަށާއި ހޮސްޕިޓަލުގައި ހުންނަ އެކި ބާވަތުގެ ބޭހާއި ގުލްކޯޒް ފަދަ މާއްދާތަކުން މީދާ އާލާވުން އަވަސްވާ ކަމަށް ވެސް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. ޑޮކްޓަރުން ބުނަނީ މައްސަލަ ހައްލުވާނީ ޕެސްޓް ކޮންޓްރޯލްކުރުން ގަވައިދުން ކުރިއަށް ގެންދިއުމުންނާއި ބޭރުން ހޮސްޕިޓަލަށް ގެންނަ ކާތަކެތި ކޮންޓްރޯލްކުރެވިގެން ކަމަށެވެ.
ޑރ. ޔަދާވް ވިދާޅުވީ މިހާރު އިންޑިއާއަށް ކުރަމުންދާ ވިއްސާރައަކީ ވެސް މީދާ ގިނަވެގެން އުޅޭ ސަބަބެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޭސް ލައްގާ
06 September 2025
ކަލޭމެން ކާ ބޭސް އުފައްދާ ތަންތާގެ ހާލަތަކީވެސް މީ އުނގޭތޯ. ޙަމައެކަނި ވަޒީފާގެ ވަގިތަކަށް ސާފްތާހިރުކަން ނެތްބަޔަކަށް އެކަން ކުރުމަކީ މުސްތަޙިއްލު ކަމެއް. ޢަމިއްލައަށް ބޭސް ހެދުން، އަމިއްލައަށް ހަތިޔާރު ހެދުން އަމިއްލައަށް ކާބޯތަކެތި ހެއްދުން ދިވެހިންގެ ވިސްނުމަކަށް ނާދެ ދޯ . މިނިވަންކަން ކަށަވަރުކުރެވޭނީ މި ބުނެވިދިޔަ ކަންކަން ޙާސިލްވެގެން.
މަ ބުނީ
06 September 2025
މުޝްރިކުން އެބައިމީހުން ޝިރުކުކުރުމަށް އެބަހީ މީދަލަށް އަޅުކަންކުރާ މުޝްރިކުން އުޅޭއިރު އެކަމުގެ ނަޖިސްކަށް ނަގިހުގެ އަހުލުވެރިންނަށް ގަބޫލުކުރެވޭނެ ގޮތެއްނޯންނާނެ. މުޝްރުކުން ނަކީ ނަޖިސްބައެއް.
ބާޒާރުމަތި
05 September 2025
ކޮންމެވެސް ނޫސްވެރިޔެއް ބޭރުމަގު ބާޒާރުމަތި ފިހާރަތައް މިގޮތައް ވީޑިއޯ ކޮށްލަބަލަ. ތަރުކާރީ ޓްރޭ ތަކުތެރޭ މީދާ ދުވާތައް ފެންނާނެ.
ރޮދި
05 September 2025
ރާއްޖޭގެ ނިކޫތަކުގަ ހިނި ވެސް އުޅޭ