ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް މާލޭ ސަރަހައްދުގައި މީގެ ކުރިން ހިންގި އޮޕަރޭޝަނުގައި ބިދޭސީންތަކެއް މައުލޫމާތު ދިނުމަށް ކިއުގައި މަޑުކޮށްލައިގެން-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
10 ސެޕްޓެމްބަރ 2025 - 10:11
ބިދޭސީންނާ މެދު އިހުމާލުވާ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށް، 50،000ރ. އިން ޖޫރިމަނާކުރާނެ ކަމަށް ހޯމް މިނިސްޓްރީން ރޭ ބުނެފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ބިދޭސީންނަށް އިހުމާލުވާ ފަރާތްތަކަށް، ވަޒީފާއާބެހޭ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހާ އެއްގޮތަށް ފިޔަވަޅު އަޅައި، އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50،000ރ. ގެ މަގުން ޖޫރިމަނާކުރާނެ ކަމަށެވެ.
އެ ގާނޫނަށް މިިދިޔަ އަހަރުގެ އޮގަސްޓު 19 ގައި ގެނައި އިސްލާހުގައިވާ ގޮތުން، ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްފަހު ވަޒީފާ ދިން ފަރާތުން އިހުމާލުވެއްޖެ ނަމަ އެ ފަރާތެއްގެ މައުލޫމާތު އާއްމުކުރަންޖެހެ އެވެ.
އޭގެ އިތުރުން، ވަޒީފާއަށް ގެނައުމަށް ފަހު ތަކުރާރުކޮށް ބިދޭސީންނާ މެދު އިހުމާލުވާ ފަރާތްތަކަށް، މަސައްކަތްތެރިންނާ ގުޅޭގޮތުން ދޭ ހިދުމަތްތައް ވަކި މުއްދަތަކަށް ހުއްޓާލުން ހިމެނެ އެވެ. އެއާ އެކު، 7-65 ވަނަ މާއްދާގެ ށ. ގައި ނުހިމެނޭ ކަންކަމުގައި، 100،000ރ. އަށްވުރެ ބޮޑު އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް ވެސް އިއުލާނުގައި ބުންޏެވެ.
އެ މާއްދާގައި ބުނަނީ؛
- ބިދޭސީން ލައްވައި މަސައްކަތް ކުރުވުމަށް ފަހު މުސާރަ ނުދިނުން
- ވަޒީފާދޭ ފަރާތުން ފޯރުކޮށްދޭންޖެހޭ އަސާސީ ކަންކަން ކަމުގައި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ކަންކަން ފުރިހަމަނުކުރުން
- ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމުގައި ނުވަތަ ރާއްޖެ ގެނައުމަށް ފަހު އެ މީހުންނާ މެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގުން ނުވަތަ އެ މީހުން ލައްވައި ރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ހިންގުން
- ބިދޭސީ މީހާ ރާއްޖެ ގެންނަ ވަޒީފާ ނޫން އެހެން ވަޒީފާއެއް އަދާކުރުވުން
މިނިސްޓްރީން ބުނީ އެކްސްޕެޓް ޕޯޓަލް މެދުވެރިކޮށް، އަންނަ ހޯމަ ދުވަހުން ފެށިގެން އެ ފިޔަވަޅުތައް ތަންފީޒުކުރާނެ ކަމަށެވެ. އަދި ވަޒީފާދޭ ފަރާތުން ޖޫރިމަނާގެ ފައިސާ ދެއްކުމުން ނޫނީ އެ ސިސްޓަމް މެދުވެރިކޮށް އިތުރު އެއްވެސް ހިދުމަތެއް ފޯރުކޮށް ނުދޭނެ ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރައްޔިތުމީހާ5
10 September 2025
ބިދޭސީން މިހާފަސޭހައިން ޑޮލަރު ބޭރުކުރެވޭ ޤައުމެއް މިދުނިޔެއަކު ނެތް. ޤައުމަށް ލިބޭ ޑޮލަރަށް ވުރެ ޤައުމުން މިމީހުން ބޭރުކުރާ ޑޮލަރު ގިނަ. ބަލަ ސިޔާސީމީހުން ތިބީ ނިދާފަތޯ . ކޮބާ އެމްއެމް އޭ . ކޮބާ މަޖްލިސް. ޤައުމެއް ފާލުންނެއްޓި ލިބޭހާ ޑޮލަރެއް ޤައުމުން ބޭރުވާކަމަށް ވާނަމަ އިގްތިސާދެއް އޮންނާނެތޯ.
ހަސަންކޮއި
10 September 2025
ދުވަސް ކޮޅެއްގެ ކަމަކަށް ތިހާމަކުރުންވެސް ދާނީ.ބޮޑު އެއްޗެއްކާއި ޖެހޭއިރަށް ތިޔަކަން ނިމޭނެ. ތިޔަހެން މާރުކޭޓު ގޮޅިތަަކަށް ރޭޑުޖަހާ ހަތަރު ފަރާތުން ބަންދުކޮށްގެން ތިބެގެން ބަޔަކުވެސް ގެންދިޔަ.މިހާރު އެރެއިޑު ޖެހިމީހުން ބަންގާޅީ ގޮޅިތަކުން އެއްޗެހިގަނެގެން އެދަނީ.ހުސް ޖަމަލު ފޮޑީގެ އަޑު މިގައުމުގައި އިވޭނީ.މިހާރު މިއޮތްގެން ގައުމީޓީމީ ބަނޑު މުސާރައަށް ބައްދާ ކުޅެގެން މެޗެކަކުން މޮޅުވެގެން ތައްޓެއް ލިބިގެން މިއޮތްގެން ދައަލަތުގެ ޓީވީ މޮޔަފުޅުވަނީ.
ސޮބީހާ
10 September 2025
ތިކަން ތިހެންކުރަން މާލަސްވެސްވެއްޖެ، ޝުކުރިއްޔާ،
ބޭޗާރާ
10 September 2025
ހަމަތިގޮތަށް ދިވެހިންނަށް މުސާރަނުދޭ ފަރާތްތަކަށް އަމަލު ކުރަން އެބަޖެހޭ.
ކޮރަލް
10 September 2025
ކޮންމެ މަހަކު ވަގަށް އެތައް ސަތޭކަ މިލިއަން ރުފިޔާ ޑޮލަރަށް ހަދާ ގައުމުން ބޭރު ކުރާ އިރު އެންމެ މީހަކުވެސް އަތެއް ނުވެ އެވެ. ވޯކް ޕާމިޓް ގަ އިންނަނީ 400 ޑޮލަރެވެ. ގައުމުން ބޭރަށް މަހަކު 5000 ޑޯލަރު އެބަ ބޭރު ކުރެ އެވެ. ގޮޅި ހިންގާ ބިދޭސީ މީހާ އަށް ކޮންމެ ދުވަހަކު މަދުވެގެން 7 ހާސް ރ އެބަ ލިބެ އެވެ. އެއީ މަހަކު 210000 ރ އެވެ. ކުލި ހިމަނާ ފަ ހަރަދަށް ދަނީ 20000 ރ އެވެ. ބާކީ ފައިސާ ޑޮލަރަށް ހަދާ ބޭރަށެވެ. މިފަދަ މީހުން ބޭރު ކުރަން ވީ އެވެ.
ދުއްޕާން
10 September 2025
ބިދޭސީންގެ ދުއްޕާނާހެދި މި ގައުމުގެ ރައްޔިތުންނަށް އުޅެން ދަތިވާ ދަތިވުމަށް ޒިންމާވާންޖެހޭ ސިޔާސީ ނުފޫޒުގަދަ މީހުން ހާމަ ކޮށްބަލަ
ހިނީ
10 September 2025
ބިދޭސީ ރެކުރޫޓް ކުރުމުގާ ގާނޫނާ ގަވައިދާ ހިލާފައް އެކަން ކޮއްދެނީ ސިފައިންނާ އި ޕޮލިހުން ގުޅިގެން ލިބޭ ކުޑަ މަންފާޔައްޓަކާ
ފޫހި
10 September 2025
ބަލަ ބިދޭސީން މައިތިރިކޮއްބަލަ ފުރަތަމަ މިހާރު މާލޭގަ ހުރިހާ ވިޔަފާރިޔެއް ކޮންޓުރޯލް ކުރަނީ ބޭރު މީހުން (ބިދޭސީ) ފުރަތަމަ އެމީހުންނައް ފިޔަވަޅުއަޅާބަލަ..............ދިވެހިންނައް އިހުތިރާމެއްނުކުރޭ އެއްޗެކޭ ބުނެފިއްޔާ ދިވެހިމީހާ ފުކަކައްހަދާލާ .......މުޅިދުނިޔޭގަވެސް ބިދޭސީ މިހާ މިނިވަންކޮއްއުޅޭ ގައުމެއްނޯންނާނެ
އަހުމަދުބޭ
10 September 2025
ބިދޭސީން ކުރިއަރާދަނީ، އަދި ވަގަށް ވިޔަފާރިކުރަނީ ދިވެހީން ގާފިލްވެ، ކަންނެތްވެ، ވަކިކަމެއްނޫނީ ނުކުރާން ގޭގަ ނޫނީ ކޮފީ މޭޒްދޮށުގައި ތިބެން އާދަވެފައިވާތީ؟ ދިވެހީން ވަޒީފައިއަކަށްދިޔަޔަސް ސީރިއަސްކޮށް މަސައްކަތެއްކުރުމުގެ ވިސްނުން ނެތިފައި ލިބޭމިންވަރަށްވުރެ ދިރިއުޅުމުގެ ކަންކަން މަތީގައި ގެންގުޅުމުގެ އާދަހިފާފައި ވާތީ؟ މިވާހަކަ ދައްކައިގެން މިކަން ހައްލުކުރެވޭކަށް ނެތް، ދިވެހީން އާރޫހެއްގައި ނުކުންނަންވީ ހުރިހައި ވަޒީފާތަކަށް
އަހުމަދުބޭ
10 September 2025
- ބިދޭސީ މީހާ ރާއްޖެ ގެންނަ ވަޒީފާ ނޫން އެހެން ވަޒީފާއެއް އަދާކުރުވުން މިމާއްދައި މީތާކުން ތާކު ޖެހޭ މާއްދާއެއްނޫން، އެއީ ގިނަފަހަރަށް ގެންނަ މީހުންއަންނަނީ ދޮގުހަދައިގެން ރާނަން އިގިޔޭ، ވަޑާންކުރަން އެގެޔޭ، ނޫނީ ތިމަންނާމީ ވެލްޑަރ އެކޭ، މިހެން ގެންނަ މީހައިއަށް ގިނަފަހަރު މިޖެހެނީ މަސައްކަތް ދަސްކޮއްދޭން މިދުވަސްކޮޅު މިމީހުން މިތެބެންޖެހެނީ ލޭބަރއެއްގެ ގޮތުގައި ކަމަށްވާތީ
ބަކަރިމޯން
10 September 2025
ދޮގުހަދައިގެން އައިމަ ބުރަކަށީގަ ނުފިރުމާ ފޮނުވާލާ.
ޝެކަރީ
10 September 2025
ސަޅި ކޮބާ އަހަރެމެންގެ ހައްގު ބިދޭސީމީހާ ފަލައިގެން ބޭނުހާދުވަހަކު މަސައްކަތް ލާރި އެއްކޮށްގެން ފުރަންހައައީ ފުރުވާލަދިނީ ދައުލަތައް އެއްވެސް އެއްޗެއްނުދީ 3އަހަރު 5 އަހަރު ފިލައިގެންއުޅެ ލާރި ހަދާލައިގެން ދާންވީ ސަޅައެއްނު ފިލިމީހާ ކުރިމަތީހުރި ގޭގަ އަމިއްލަ މަސައްކަތް ކުރިޔަސް އޭނަގެ އަސްލު ތި ވިދާޅުވާ ނަންހާމަކުރާ މިހާގެ ބާރެއް މައްސަލަބަލާނެ ފަރާތެއްނެތް