ޓްރެފިކް ފުލުހަކު މަސައްކަތުގައި: ވަގަށް ނެގި 90 ސައިކަލާއި 19 ފޯނެއް ފުލުހުން ހޯދި
12 ސެޕްޓެމްބަރ 2025 - 12:22
މިދިޔަ މަހުގެ ތެރޭގައި މާލޭ ސަރަހައްދުން ވަގަށް ނެގި ނުވަތަ ގެއްލުނު 90 ސައިކަލަކާއި 19 ފޯނެއް އޭގެ ވެރިފަރާތަށް ހޯދައިދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ވަނީ މާލޭ ސަރަހައްދުގައި ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފާސްހިސާބު މިއަދު އާންމުކޮށްފަ އެވެ. އެގޮތުން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި މާލެ ޕޮލިސް ކޮމާންޑްގެ ޑިޕާޓްމެންޓްތަކުން ކުރި މަސައްކަތްތަކުގެ ތެރެއިން 90 ސައިކަލަކާއި 19 ފޯނު ވަނީ ހޯދައިދީފަ އެވެ.
އަދި ބައެއް އިލެކްޓްރޯނިކްސް ސަމާނާއި 328،350ރ. ވެސް ފުލުހުން ހޯދާފައިވެ އެވެ. އެހެނިހެން ތަކެތީގެ ގޮތުގައި ޖުމްލަ 80،848ރ. ގެ ތަކެތި ހޯދައިދީފައިވެ އެވެ.
މިދިޔަ މަހުގެ ތެރޭގައި ޖުމްލަ 5581 މީހަކު ހުއްޓުވައި ސުވާލުކޮށްފައިވާއިރު، އޭގެ ތެރެއިން 5373 މީހުންނަކީ ކުށުގެ ރިކޯޑް އޮތް މީހުން ކަަމަށް ފުލުހުން ބުންޏެވެ.
ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުކުރަން އަވައްޓެރި ފުލުހުން ކޮށްފައިވާ މަސައްކަތަށް ބަލާއިރު، 900 ކޮމިއުނިޓީ އިންޓަރެކްޝަން ދީފައިވެ އެވެ. އަދި 102 މައްސަލައެއް ހައްލުކުރަން މަސައްކަތްކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މީގެ12
13 September 2025
މީގެ 12 އަހަރު ކުރިން ފޯނެއް ވަގަށް ނެގީމަ ޕޮލިހަށް މަައްސަލަލީމަ ފަހުން ގުޅާނަމޭ ބުނި. އަދިވެސް އިންތިޒާރު މިކުރަނީ. ތި 19 ފޯނު ތިވާނީ މަޖްލިސް މެމްބަރުންގެ އާއިލާގެ ބަޔެއްގެ ފޯނުތަކަށް
ރާއްޖެތެރެ 2.0
13 September 2025
ކީއްވެ ހަމަ މިގޮތަށް ފުލުހުން ރާއްޖެތެރޭގެ ޚަބަރުތައް ގެނެސް ނުދެނީ؟ ހާދަ ތަފާތުކުރުން ބޮޑޭ ދޯ ފުލުހުންގެ ތެރޭގައިވެސް މާލެއާއި ރާއްޖެތެރެ.
ރަންނަ
13 September 2025
ރައްޔިތުން އަމިއްލައަށް މާ ގިނައިން ރިކަވާކުރި. މުއައްސަސާތަކުގެ އިތުބާރުގެއްލި ރައްޔިތުން އަމިއްލަ އިންސާފް ހޯފަންފެށުމުން އިސާހިތަކު މުޅިގައު ނަނޑުބަނޑުވެދާނެ
ފުލުސްމީހާ
13 September 2025
މަގޭ ދަރީގެ އައިޕެޑް ގެއްލިގެން ކުރި ރިޕޯޓަށް އެތައް އަހަރެއް އަދިވެސް އެއަށް ވީގޮތެއް ނޭނގެ. އެމްޓީސީސީ ފެރީ ދުއްވި އިރު އެތައް ކެމެރާއެއް ހަރުކޮށްފައ ހުރި ތަނެއް. އިށީނދެ އިން ގޮނޑިއާ ޖެހިގެން ހުރި ގޮނޑީގައި ބާއްވާފަ އާދެވުނީ. ގާތްގަނޑަކަށް އަހަރު ދުވަސް ވަންދެން ފޮލޯއަޕް ހެދީމަވެސް ބުނީ އަދި ނުބެލެއޭ. ވެރިން ފައިގަ ދޫލާން ތިބޭ ބައެއް ރައްޔިތަކަށް އިންސާފެއް ނުލިބޭ. ބޭނުންކަމެއް ކުރަނީ.
އެމްސް
12 September 2025
ވައްކަން ކުރަނީ މަދު ބަޔެކެވެ! އެބަޔަކު ހޯދާ ފާގަ ކުރެވޭނަމަ ވައްކަންވެސް މަދުކުރެވޭނެއެވެ!
ޑެބީ
12 September 2025
ކޮންއިރަކު ހަވާ އެރުވުންއޮތީ؟
ތިލަކާޓޫނު
12 September 2025
ތިތަނުގެ ބޮޑުމީހާ އިންވޯލްވާ ވަގަށް އެތެރެކުރަމުންދާ މެންޗެސްޓަރ ސިގިރެޓުގެ ތެރެއިން ކިތައް ސިގިރެޓް ހޯދިއްޖެތޯ؟؟
ރަދީފްއޮފިޝަލް /
12 September 2025
90 ސައިކަލް ގެއްލިގެން ހޯދުނުއިރު ސެޕްޓެމްބަރު މަހު ވަގައް ނެގޭ އަދަދު މިނިމައިޒްކުރެވޭ ވަރަށް ރަށުތެރޭ ޕެޓްރޯލްކުރުން އެއީ ފުލުހުންގެ ވާޖިބެއް.އަހަރެން މިއީ ވަރަށް ގިނައިން ދަންވަރު މަގުމަތީގަ އުޅޭ މީހެއް.ދުވަހަކުވެސް ފުލުހަކާ ދިމާނުވޭ.ހަމައެކަނި ވެރިމިހާގެ ދިފާއުގައި ނިކުންނަން ތިބޭ ބައެއްގެ ގޮތުގަ އޮންނަ އޮތުން ބަދަލުކޮށް މުޅި މާލެ އެކި ދިމާލުގަ ފުލުހުން ހަރަކާތްތެރިވާނަމަ 1 ސައިކަލް ވެސް ނުގެއްލޭނެކަން ޔަގީން.ވ.ވެދުން
ރާއްޖެތެރެ 2.0
13 September 2025
ކީއްވެ ހަމައެކަނި މާލެ؟
ކޮރަލް
12 September 2025
ތަކުރާރު ކޮށް ކުއްކުރާ މައްސަލަ އަށް ހައްލެއް ނުވި އެވެ .މުދާ ކޮޅު ހޯދައިފި އެވެ .