ރާއްޖެއަށް ބޭސް އެތެރެކޮށް، ބޭހުގެ ވިޔަފާރި ކުރުމަށްޓަކައި ސަރުކާރުން އުފެއްދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސި ޑރ. ޝާހް މާހިރު
14 ސެޕްޓެމްބަރ 2025 - 18:06
ރާއްޖެއަށް ބޭސް އެތެރެކޮށް، ބޭހުގެ ވިޔަފާރި ކުރުމަށްޓަކައި ސަރުކާރުން އުފެއްދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ޑރ. ޝާހު މާހިރު މިއަދު އައްޔަން ކުރައްވައިފި އެވެ.
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނުގެ ނަމުގައި ހާއްސަ ކުންފުންޏެއް އުފެއްދީ މިދިޔަ އަންގާރަ ދުވަހު އެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން ބުނީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ޝާހު އަދި ބޯޑު މެމްބަރުންގެ ގޮތުގައި އިތުރު ދެ ބޭފުޅަކު މިއަދު އައްޔަން ކޮށްފައިވާ ކަމަށެވެ.
ބޭސް ކުންފުނީގެ ބޯޑު މެމްބަރުންގެ ގޮތުގައި އައްޔަންކުރީ މ. ކުރެއްދޫގެ، އާއިޝަތު މުހައްމަދާއި ފްލެޓް ނަމްބަރު 1-3-10، ޝިބާނާ އަބްދުﷲ ދީދީ އެވެ.
ބޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ޝާހު އައްޔަންކުރުމާ ހަމައަށް އޭނާ ހުންނެވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގަ އެވެ. ޝާހު ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.
ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް އުފެއްދި އެ ކުންފުންޏަކީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް އާއި މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ، ރާއްޖެއަށް އެތެރެ ކުރުމާއި އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމުގެ މަގްސަދުގައި އުފައްދާފައިވާ ކުންފުންޏެއް ކަމަށް ރައީސް އޮފީހުން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހުމަދުބޭ
16 September 2025
ސާހް ތިޔަކުންފުންޏާއެކީ ހަލާކްވެގެން ނުދިޔައިއްޔާ ކިތަންމެހައިވެސް ރަނގަޅު، އެއީ ތިޔަކުންފުނިން ގައުމައް ލިބޭފައިދާއައްވުރެ ލިބޭގެއްލުން ބޮޑުވާނެކަމަށް ލަފާކުރެވޭތީ؟ ތިޔައީ މިފްކޯފަދަ އަނެއްކުންފުންޏަށްވެ ނިމޭނީ
ފިރާޝް ޖައުފަރު
15 September 2025
ތީ ވަރައް ބަރާބަރު މީހެއް
ބޮނިޓޯ
15 September 2025
ބޭސް ކްލިއަރކުރަން ބްރޯކަރ ކުންފުންޏެއް އުފައްދަންވާނެ.ބޭސް ޑެލިވަރީ އައް ޓްރާންސްޕޯޓް ކުންފުންޏަކާ.
ލޮލީތަބޯނީ
15 September 2025
މަރުހަބާ މަރުހަބާ. ހޭޓަރސް ގޮނަ ހޭޭޓް. ދެން ލަލަލާ. ތިހެން ބާކް ކޮށްލަކޮށްލާ ތިބެން ޖެހޭނީ // ތައް
އިސްމާލު
15 September 2025
ކުރީސަރުކާރުގެ ސްޓޭޓް މިނިސްޓަރ މިސަރުކާރުގެ އެމް ޑީ,,,, ހަމަ ހިންގުންތެރީ
ޝޮލިއުވް
15 September 2025
އެމެޖެންސީ ސަރވިސް ހިންގާލަން ދުވާލަކަށް 700 ޑޮލަރަށް ކޮންސަލްޓަންޓެއް ގެނެސްގެންވެސް މީނަ އުޅުނޯ ކިޔާ
މޭނާބީސް
14 September 2025
ޑޮކްޓަރަށް ދެއްކުން ފަސޭހަކުރުމަށް "މޯލްޑިވްސް އެޕޮއިންޓްމަންޓް ކޯޕޮރޭޝަން" ހެދުން ކިހިނެއްވާނެބާ؟
މިހާރުދެން ބޭސް ހަބޭސް ވާނެ
14 September 2025
ބޯޑު މެންބަރުންގެ ގެއަށް މަރުހަބާގެ ގުލްދަސްތާ ފޮނުވަން ބަލާލިއިރު އެއް މެންބަރުގެ އިނީ ފްލެޓް ނަންބަރު އެކަނި. ކޮން އިމާރާތެއްކަން ނޭންގުނު. ޕްލީސް ހެލްޕް
ތަމްހީދު ގާސިމް
14 September 2025
ބަރާބަރު. ބޭސްކަންތައް އެބަޖެހޭ ދާއިމީކޮށް ހައްލުވާން.
އުދުހޭ
14 September 2025
ޑރ. ޝާހް މާހިރަކީ އަޅުގަނޑު ދެކޭގޮތުގައި ގާބިލް ބޭފުޅެއް. އެއީ ސިއްހީ ޚިދުމަތަށް. އިމްޕޯޓްކުރުމާ ވިޔަފާރީގައި ތަޖުރިބާއަކީ ސުމެއް. ސުމެއް. ސުމެއް.