ފ. ފީއަލީގައި މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ އެކި ހުށަހެޅުންތަކާ ގުޅޭ ގޮތުން ޖަވާބު ދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް
20 ސެޕްޓެމްބަރ 2025 - 20:07
ފ.ފީއަލީގައި ހުއްޓިފައިވާ މަޝްރޫއުތައް ފަށައި އަވަހަށް ނިންމައިދޭން އެ ރަށުގެ ގިނަ ބަޔަކު މިއަދު ރައީސް ޑރ.މުހައްމަދު މުއިއްޒަށް ދަންނަވައިފި އެވެ.
ރައްޔިތުން ބޭނުންވާ ވާހަކަތައް ރައީސަށް ދެންނެވޭ ގޮތަށް އެރަށުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދެއްކި ގާތްގަނޑަކަށް ހުރިހާ އެންމެން ވެސް ބުނީ އެރަށަށް މިހާރުން މިހާރަށް ބޭނުންވާ ގިނަ ހިދުމަތްތަކާ ގުޅޭ މަޝްރޫއުތައް ކުރީގެ ސަރުކާރުން ފެށި ނަމަވެސް މިހާރު ހުރީ ހުއްޓިފައި ކަމަށެވެ. އެހެންވެ އެ މަޝްރޫއުތައް އަލުން ފަށައި، ނުހުއްޓި ކުރިއަށް ދާނެކަން ކަށަަވަރުކޮށްދޭން ވަނީ އެދިފަ އެވެ.
"ވަރަށް އާދޭހާ އެކު އެދެން މަނިކުފާނު، ބިންހިއްކުމުގެ މަޝްރޫއު މަޑުޖައްސައިނުލައްވާށޭ،" ރަށުގެ މަޝްރޫއުތަކާ ބެހޭ ގޮތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ފީއަލީގެ ކުނިކޮށި މިހާރު ހުރި ތަނުގެ ސަބަބުން ރައްޔިތުންނަށް ސިއްހީ ގޮތުން ވެސް ނުރައްކަލަކަށް ވާތީ ކުނިކޮށި އެހެން ތަނަކަށް ބަދަލުކޮށްދޭން ވެސް މީހަކު ރައީސަށް ދެންނެވި އެވެ.
އެ ވާހަކަތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ފީއަލީގައި ފަށާފައި އޮތް ބިން ހިއްކުމުގެ މަޝްރޫއުގެ ޖާގަ އިތުރުކޮށް، 15 ހެކްޓަރުގެ ސަރަހައްދެއް ހިއްކަން ވައުދުވެވަޑަައިގެންފައި ވާނެ ކަމަށާ، އެ މަސައްކަތްތައް ލަސްވީ ބޮޑުހިލަ ހޯދަން ކުރަން ޖެހުނު މަސައްކަތްތަކެއްގެ ސަބަބުން ކަމަށެވެ.
"ނަމަވެސް އެ މައްސަލަތައް ހައްލުކުރެވި ބޭނުންވާ ދިމަދިމާލަށް ބޮޑުހިލަ ގެންދިއުމުގެ މަަސަައްކަތް ވަނީ ފެށިފައި. އެހެންވީމާ މިރަށަށް ވެސް ވަރަށް އަވަހަށް އަންނާނެ. އެހެންވީމާ 15 ހެކްޓަރުގެ ބިން ހިއްކިގެންދާ ގޮތަށް މި މަޝްރޫއު ފެށިގެންދާނެ ދާދި އަވަހަށް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެ މަޝްރޫއު ފަށައިގެން ނިންމައިދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
އެކިއެކި ސަބަބުތަކާ ހެދި ހުއްޓިފައި ހުރި އެހެން މަޝްރޫއުތައް ވެސް ކުރިއަށްދާނެ ކަމަށާއި އެ މަޝްރޫއުތައް ހުއްޓިފައި ހުރީ ވަރަށް ގިނަ ދަތިތައް ދިމާވެގެން ކަމަށް ވެސް ރައީސްް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލޮލްް
21 September 2025
"އޭޓީއެމް ދޮންބެ" ޔޯ
ލިހާޒް މުހުސިން
21 September 2025
މިދިޔަ ކޮން ސަރުކާރަކުންތޯ އޭގެ ކުރީ ސަރުކާރުގެ މަސައްކަތް ނިންމީ.؟ ހަމަ ގައިމުވެސް އިބޫ ޔާމީން އެއް ނުނިންމާ. އެކަމަކު މިސަރުކާރު އައިފަހުން އެކަން ބަދަލް ވެގެން ގޮއްސި. ކުރީ ސަރުކާރު ތަކުގެ މަސައްކަތްވެސް ހަލުވިކޮށް ދާތަން އެބަފެނޭ
އާދިލް ސަލީމް
21 September 2025
މުއިއްޒްމެން ނުހުންނާނެ ބަލަހައްޓައިގެން. ނިންމަން ޖެހޭ ކަންކަން ނިންމާނެ. ވަކި ސަރުކާރެއްގެ ކަމެއް ވެގެން ކަން ނުކޮށް ނުހުންނާނެ.
އަބްދުﷲ މަޝްއޫދު
21 September 2025
ހާސް ނުވޭ ރައްޔިތުންނޭ. ރައީސް މިކަންކަން ކުރާނެ. ފައްޓާނެ.
އަބްޑޫޅް +
21 September 2025
1940 އެހާ ތަނުގަ، ފީއަލީގެ ނަމަކީ، "ފީކަޅާ". މާލޭގައި ހަސަންފަރީދު މަނިއްޕުޅު އުފައްދަވައިގެން ހިންގެވި، ހެއްވާބައި ކުޅުނު ގުރޫޕެއްގައި އެންމެ ހެއްވާ، އެއްބަނޑު އެއްބަފައި ދެބެން ތިބި. އެ ދެބޭންގެ ނަމަކީ ފީކަޅާ އިބްރާހިންފުޅާއި، ފީކަޅާ ހަސްންފުޅު. އެ ދެބޭންގެ އުފަން ރަށަކީ، ފ. ފީކަޅާ. އޭގެ ފަހުން މީހުން ޖޯކުޖަހައި އުޅުނީމަ، ކިޔަނީ "ފީކަޅާހެދިގެންއުޅުން". ދެން ފީކަޅާ ރައްޔިތުން ދައުލަތުގަ ދަންނަވައިގެން، ފީކަޅާގެ ނަން ފީއައްޔަށް ބަދަލުކޮށްދެއްވީ.
ކަންހިގިމަގު
21 September 2025
ތިޔައީ ތެދެކެވެ. ކުރިން ތިޔަ ރަށަށް ކިޔައި އުޅުނީ ފީކަޅައި އެވެ.
އަބްޑޫޅް +
21 September 2025
ގާތްގަނޑަކަށް 1940 ހާ ތަނަށް، "ފީއަލީ" ގެ ނަމަކީ، "ފީކަޅާ". ކަލޭމެންގެ ތެރެއިން އެކަކަށްވެސް އެކަން އެނގޭތަ؟
ތެފައާސާ.
21 September 2025
މާލޭގެ ރައްޔިތުންގެ އެދުމަކީ ބިއްލޫރި ޓަނަލްގެ މަޝްރޫއުވެސް ހުއްޓާނުލާ ކުރިއަށް ގެންގެސްދެއްވުން.