އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ: އޭނާ ބުނަނީ ފަލަސްތީނުގެ ދައުލަތެއް ނުހެދޭނެ ކަމަށް. -- ފޮޓޯ: އޭއެފްޕީ
21 ސެޕްޓެމްބަރ 2025 - 21:32
އިނގިރޭސި ވިލާތާއި އޮސްޓްރޭލިއާ އާއި ކެނެޑާއިން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމާ އެކު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެކަމަށް ރައްދު ދީ، ފަލަސްތީނުގެ ދައުލަތެއް ނުއުފެއްދޭނެ ކަމަށް ބުނެފި އެވެ.
"އޮކްޓޫބަރު 7 ގެ 'ގަތުލްއާންމަށް' ފަހު ފަލަސްތީނުގެ ދައުލަތް ބަލައިގަތް ލީޑަރުންނަށް މި ދެނީ ވަރަށް ސާފު މެސެޖެއް. ތިޔަ ދެނީ ޓެރަރިޒަމަށް ބޮޑު އިނާމެއް،" ނަތަންޔާހޫ ބުންޏެވެ. "އަދި އެއް މެސެޖު އެބަ އޮތް. ތިކަމެއް ނުވާނެ. އުރުދުން ކޯރުގެ ހުޅަނގުގައި ފަލަސްތީނުގެ ދައުލަތެއް ނުހެދޭނެ."
ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން އިއުލާނުކުރުމާ އެކު ވެސް ނަތަންޔާހޫ ވަނީ ހަމަ މި މޭރުމުން ވާހަކަ ދައްކައި ގަދަ ބަސް ބުނެފަ އެވެ.
ޔޫރަޕްގެ ބޮޑެތި ބާރުތަކުގެ ތެރޭގައި ހިމެނޭ ބައެއް ގައުމުތަކުން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަތުމާ އެކު ނަތަންޔާހޫ ރުޅިވެރިކަމާ އެކު ދިން ބަޔާނުގައި ބުނީ ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުކުރުމުގެ މަސައްކަތް ފުޅާކުރާނެ ކަމަށެވެ.
ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން މަނާ ކަމަކަށް ވިޔަސް އިޒްރޭލުން ގެންދަނީ ފަލަސްތީނުގެ ރައްޔިތުން ގެދޮރުން ނެރެ ޔަހޫދީން އާބާދުކުރަމުންނެވެ. އަދި މި ފަހުން ވަނީ އެކަމުގެ ބޮޑު މަޝްރޫއުއެއް ވެސް އިއުލާނުކޮށްފަ އެވެ.
ނަތަންޔާހޫގެ ބަޔާނުގައި ފަލަސްތީނުގެ ދައުލަތް "ޓެރަރިސްޓު ދައުލަތެއް" ގެ ގޮތުގައި ސިފަކުރަމުން ބުނީ އެތެރެ އާއި ބޭރުން ފިއްތުންތައް އަންނައިރު ވެސް ފަލަސްތީނުގެ ދައުލަތެއް އުފެއްދިޔަ ނުދީ ހިފަހައްޓަމުން އަންނަނީ އެހެންވެގެން ކަމަށެވެ.
"އަހަރެމެން އެކަން ކުރީ ސާބިތުކަމާއި ސިޔާސީ ވިސްނުންތެރިކަމާ އެކު. މީގެ އިތުރުން ޖުޑީއާ އާއި ސުމޭރިއާގައި ޔަހޫދީންގެ އާބާދީ ދެގުނަ އިތުރުކޮށްފިން. އަދި މި ގޮތުގައި ކުރިއަށް ދާނަން،" ހުޅަނގު އައްސޭރިއަށް ތައުރާތުގައި ދީފައިވާ ނަން ބޭނުންކުރަމުން ނަތަންޔާހޫ ބުންޏެވެ.
އިޒްރޭލުގެ ފޮރިން މިނިސްޓްރީން ވެސް ވަނީ ގައުމުތަކުން މިއަދު ފަލަސްތީނުގެ ދައުލަތް ބަލައިގަތުމާ އެކު ބަޔާނެއް ނެރެފަ އެވެ. އޭގައި ވެސް އިންޒާރުތައް ދެމުން ބުނެފައިވަނީ މި ނިންމުންތަކުގެ ސަބަބުން ހާލަތު އިތުރަށް ވާނީ ގޯސް ކަމަށެވެ.
ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުން އިތުރުވެގެން ދިޔައީ އޮކްޓޫބަރު 7، 2023 ގައި އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތައް ނުހުއްޓައި މުޅި ޣައްޒާ ސުންނާތިކޮށް ބަނޑަށް ޖައްސައި 65،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް އަދިވެސް އަނިޔާވެރިކަން ކުރިއަށް ގެންދާ މައްސަލައިގަ އެވެ.
އދ.ގެ އާންމު މަޖިލިސް މި ހަފްތާގައި ފަށާއިރު އަދިވެސް އެތައް ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަނެ އެކަން އިއުލާނުކުރާނެ ކަމަށް ބެލެވެ އެވެ. އދ.ގެ މެންބަރު 193 ގައުމުގެ ތެރެއިން 75 ޕަސެންޓަކީ މިހާރު ވެސް ފަލަސްތީނުގެ ދައުލަތް ގަބޫލުކުރާ ގައުމުތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައިމިނާ
23 September 2025
ރުޅިއައިސް ފުފިފަ ހުރޭ.
އައިމިނާ
23 September 2025
ފަލަސްތީނުގަ ދައުލަތެއް ހެދޭނެ.
މިސްޓަރ ވާން
23 September 2025
ބަލަގަ. އިޒުރެލް އުފެއްދި ގޮތަށް ފަލަސްތީން ވެސް އުދެއްދޭނެ. އެވެރީން އުޅެފިއްޔާ.
ބަލަޔާހޫ
22 September 2025
ބަލަ ތިއިޒްރޭލުން ބައެއްގެ ބިމައްއަރާ އެތަނުގެ އަހުލުވެރިން އެތަނުންބޭރުކޮށް އެތައްހާސް ކުޑަކުދިންނަކާ ކުށެއްނެތް އާންމުންމަރާ ޖަލައްލާ އެމީހުންގެ ގެދޮރުގަ ހުޅުޖަހަމުންތިދާ ދިއުމަށް ޔޫރަޕުންނާ އެމެރިކާ މިދިޔަ އެތައްއަހަރަކު ކަލޭމެންނަށް ވަނީ އެތައް ހާސް އިނާމެއްދީފަ
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
22 September 2025
މިހާރު ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް އިޒްރޭލުން ޖައްސާފައިވާ މުސީބާތް މުޅި ދުނިޔެ ކުށްވެރި ކުރޭ. ނަތަންޔާހޫއަކީ އެންމެ މީހެއްނުން. އެންމެ މީހަކަށް ކީއްކުރަން އިޒްރޭލަށްވެސް ދެން މިކަމުގައި ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. މިކަަމަކީ މިހާރު ބާރު ފޯރުވޭނެ ކަމެއް ނޫން. މިއީ މުޅި ދުނިޔޭގެ ނިންމުން
ކޮކޯ
22 September 2025
ކުރިންވެސް ފަލަސްތީނަކީ ދަވްލަތެއް
އީމަން
22 September 2025
ފަލަސްތީން ޢައްޒަ އަދި ހުނޅަގު-އަށްސޭރީ ގަ ގަތުލްއާނމު ހިންގަމުދާ ޒަޔޮނިސް ބެންޖަމިން ނަތަންޔާހޫ ބޮޑު-ވަޒީރުކަންކުރާ އިޒްރާއިލް 1937 ގެ ބޯޑަރަށް ކުޑަކުރާނަން ! އިޒްރާއިލް އޮކުޕޭޝަން ފޯސް ގަދަކަމުން ހުއްޓުވާނަން ! ما شاء الله .
ދޮޅި ހުސޭނު
22 September 2025
ޔަހޫދީން ބޭނުން ނުވިޔަސް ފަލަސްތީނަކީ މިއަދު ދައުލަތެއް އަދި ވަކި ރައްޔިތެއް. ފަލަސްތީނުގެ ބިންވެސް އޮވޭ. މިހުރިހާ ކަމެއް ޔަހޫދީން މިއަދު ޖެހޭނީ ގަބޫލު ކުރަން. އެނޫން ގޮތެއް ނޯންނާނެ
ނަޓަންޔަހޫޒް
22 September 2025
ހެދޭނެ. ހެދޭނެ. ހެދޭނެ. ހަދާނަން. ހަދާނަން. ހަދާނަން. ހަދާފަ ދައްކާނަން.
raajje
21 September 2025
ސުލްހަނުވެވޭނަކަންސާފުކޮށް އެނގޭއިރު ސުލްހަވާށޭކިޔައިގެން އުޅުމަކީ މޮޔަކަމެއް އެހެންއުޅޭނީ ފިނޑިން، މުސްލިމުގައުމުތަކުން މިހާރުންމިހާރަށް ކުރަންޖެހޭނެކަމަކީ އިޒުރޭލާ އެމެރިކާއާދެކޮޅަށް ހަނގުރާމަފެށުން،