29 ސެޕްޓެމްބަރ 2025 - 06:33
އެސްޓީއޯ އިން އެލްޖީ ޓީވީ ވިއްކަން ފަށައިފި އެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެލްޖީ ޓީވީ ރަސްމީކޮށް ތައާރަފު ކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ ޝިމާދު އިބްރާހިމް އެވެ.
އެސްޓީއޯގެ ސީއީއޯ ޝިމާދު އެލްޖީ ޓީވީ ތައާރަފު ކޮށްދެއްވަނީ.
އެސްޓީއޯ އަށް އެލްޖީ ޓީވީ ތައާރަފު ކުރުމާ ގުޅިގެން އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ހާއްސަ ޕްރޮމޯޝަނެއް ވަނީ ފަށައިފަ އެވެ. އެ ޕްރޮމޯޝަންގެ ދަށުން އެލްޖީ ޓީވީތަކުން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ.
އެސްޓީއޯގައި އެލްޖީ ޓީވީގެ އެކި ރޭންޖުތަކުގެ ޓީވީތައް މިހާރު އެބަހުއްޓެވެ. އޭގެ ތެރޭގައި އެޗްޑީ ޓީވީތަކުން ފެށިގެން 4ކޭ އަލްޓްރާ އެޗްޑީ އަދި 8ކޭ ޓީވީތައް ވެސް ލިބޭނެ އެވެ. އެންމެ ފަހުގެ ޓެކްނޮލަޖީ ހިމެނޭ އެލްޖީ ޓީވީތަކަކީ މަގުބޫލު ޓީވީ ބްރޭންޑެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިބިރަހިމާ
29 September 2025
ޚާއްސަ އޮފަރ އެއްގޮތަށް 10 ޕަސެންޓާ ހަމައަށް؟؟ އޭގެ މާނައަކީ ސުން ޕަސެންޓުން ފެށިގެން 10 ޕަސެންޓާ ހަމައަށް ދޯ. އެހެންވީމަ ތިޔަ އޮފަރ ގެ ދަށުން އެއްވެސް ޑިސްކައުންޓެއް ނުލިބިވެސް ދާނެ އެއްނު؟