ވިޔަފާރި / ދިރާގު

ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސް މޭސްތިރިޔާ ދިރާގަށް 37 އަހަރު

މާލޭގައި ހުންނަ ދިރާގުގެ ހެޑް އޮފީސް.

ޖަޒީރާ ކުދިކުދި ރަށްތަކުގައި އެއް ރަށުގެ ހާލު އަނެއް ރަށަށް ނޭނގި ތިއްބާ, އެ ދުރުމިން ކައިރި ކޮށްދީ, މުޅި ރާއްޖެ ގުޅުވައިދިން ކުންފުންޏަކީ ދިރާގެވެ. އެއީ މެއި އިނގިރޭސި ވިލާތުގެ ކޭބަލް އެންޑް ވަޔަލެސް ކުންފުންޏާ އެކު ދިވެހި ސަރުކާރުން ވި އެއްބަސްވުމެއްގެ ދަށުން 1988 ގައި ރަޖިސްޓަރީ ކުރި ކުންފުންޏެކެވެ.

އެ އަހަރުގެ އޮކްޓޯބަރު މަހު, އެ ކުންފުނީގެ މަސައްކަތް ފަށައިގެން އެ ހިދުމަތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަތޮޅުތަކަށް ފުޅާކުރި އެވެ. އެ އަށް ފަހު ދެން ދިރާގުން މަސައްކަތް ފެށީ ދިވެހިންނާއި ދުނިޔެއާ ގުޅުވައިދިނުމަށް އިންޓަނެޓުގެ ހިދުމަތް ތައާރަފް ކުރުމަށެވެ. އެ ކުންފުނިން އެ މަސައްކަތް ކާމިޔާބުކޮށް, 1996 ވަނަ އަހަރު އިންޓަނެޓުގެ ހިދުމަތް ރާއްޖޭގައި ދޭން ފެށި އެވެ.

ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ސިނާއަތުގެ މޭސްތިރިއެއްގެ ގޮތުން އެ ކުންފުނިން މިދިޔަ 37 އަހަރު މަސައްކަތް ކުރަމުން އައީ ދިވެހިންގެ ގުޅުން ދަމަހައްޓައި، އެ ގުޅުން އިތުރަށް ކުރިއަރުވައި، އަލަށް ތައާރަފްވަމުން ދިޔަ ޓެކްނޮލޮޖީ ރާއްޖެއާ ހަމައަށް ފޯރުކޮށްދިނުމަށެވެ. އެގޮތުން ދިރާގުން 1997 ވަނަ އަހަރު މޮބައިލް ފޯނުގެ ހިދުމަތް ތައާރަފްކުރި އެވެ. އަދި 2008 ވަނަ އަހަރާ ހަމައަށް އައި އިރު އެކުންފުނިން މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މޮބައިލް ކަވަރެޖް ފުޅާކުރި އެވެ.

ދިރާގުގެ މެނޭޖްމެންޓްގެ އިސް ބޭފުޅުންތަކެއް -- ފޮޓޯ: ދިރާގު

ދުނިޔެ އަށް ޓެކްނޮލިޖީގެ ރޮނގުން އަންނަމުންދާ ބޮޑެތި ހަލުވި ކުރިއެރުންތަކާ އެއް ހަމައެއްގައި ދެމި އޮތުމަށް ދިރާގަކީ ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.

ޑިޖިޓަލް ރާއްޖޭގެ ތަސައްވުރާ އެކު އެ ކުންފުނިން އަމާޒު ހިފާފައި ހުރީ ރާއްޖޭގެ ޑިޖިޓަލް ތަރައްގީ އާއި ކުރިއެރުމުގެ އެންމެ ބޮޑު އެއް ހިއްސާދާރަށް ވުމަށެވެ. އެ އަމާޒުގައި ދިރާގުން އަންނަނީ ކޮންމެ އަހަރަކު ވެސް މުހިންމު ލަނޑުދަނޑިތަކެއް ހާސިލް ކުރަމުންނެވެ. މިދިޔަ އަހަރުގެ ތެރޭގައި އެކަނި ވެސް, މި ފަދަ މުހިންމު ގިނަ ލަނޑުދަނޑިތަކެއް އެ ކުންފުނިން ވަނީ ހާސިލްކޮށްފަ އެވެ.

މިދިޔަ އަހަރު ދިރާގުން ހޯދި ބައެއް ކާމިޔާބީތައް

- ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދިރާގު ފައިބަރ ބްރޮޑްބޭންޑް ހިދުމަތް ފޯރުކޮށްދީ, ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް ވެސް ހައި ސްޕީޑް އިންޓަނެޓުގެ ހިދުމަތް ދިނުން:

ދިރާގަކީ ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދޭން ފެށި ފުރަތަމަ ކުންފުންޏެވެ. ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ފައިބާ ހިދުމަތް ހުރިހާ ރަށަކަށް ތައާރަފް ކުރުމަކީ ބޮޑު ގޮންޖެހުމެއް ކަމަށް ވިޔަސް އެ ކުންފުނިން ވަނީ މިކަން ހާސިލް ކޮށްފަ އެވެ. މިއީ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މީހުން މަދު، ދުރު ހިސާބުތަކާއި ޖަޒީރާ ތަންތަނުގައި ތައާރަފްކުރަން ދަތި، އުނދަގޫ ކަމެކެވެ.

- ރާއްޖޭގެ އާބާދީގެ 73 ޕަސެންޓަށް 5ޖީގެ ހިދުމަތް ފުޅާކުރުން.

- ރާއްޖޭގެ އެންމެ ފުރަތަމަ ޓިއާ-4 ސެޓިފިކޭޝަން ހޯދައިފައިވާ ޑޭޓާ ސެންޓަރު ހުޅުވުން:

މިއީ އަޕްޓައިމް އިންސްޓިޓިއުޓް އިން ޑޭޓާ ސެންޓާ ރިލައިބިލިޓީ އަށް ކަނޑައަޅާފައިވާ އެންމެ މަތީ މިންގަނޑުގެ ތަނެކެވެ. މި ސެންޓަރު މެދުވެރިކޮށް ވިޔަފާރިތަކަށް ރައްކާތެރި، ދުނިޔޭގެ ފެންވަރުގެ ކްލައުޑް ހިދުމަތްތައް ފޯރުކޮށްދީ، ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާ ކުރުމަށް މަގުފަހިވާނެ އެވެ.

- ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ރާއްޖެ އަށް ގުޅާލައި ރާއްޖެ އާއި ދުނިޔޭގެ އެހެން ގައުމުތަކާ ދެމެދު އޮތް ކަނެކްޓިވިޓީ އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތް.

- އޫކްލާ ސްޕީޑް ޓެސްޓްގެ ފަރާތުން ދޭ 'ފާސްޓެސްޓް 5ޖީ ނެޓްވޯކް އިން މޯލްޑިވްސް' އެވޯޑު ކާމިޔާބު ކުރުން.

- ޒަމާނީ އާ ހިދުމަތްތަކާ އެކު އީ-ވޮލެޓް, "ދިރާގުޕޭ"ގެ އާ ޕްލެޓްފޯމް ތައާރަފްކުރުން.

މުވާސަލަތީ ގޮތުން ހޯދި ގިނަ ކާމިޔާބީތަކުގެ އިތުރުން ދިރާގަކީ ރާއްޖޭގައި ޒުވާނުން ބާރުވެރިކުރުވައި ޒުވާނުންނަށް އެކި ދާއިރާތަކުން ފުރުސަތުތައް ފަހިކޮށްދިނުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ އެއް ކުންފުންޏެވެ. ޒުވާން ގޭމަރުން ބާރުވެރި ކުރުވުމަށް ދިރާގުގެ ގޭމިން ޕްލެޑްފޯމް ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)އިން ވަނީ މިދިޔަ އަހަރު ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އެއް ގޭމިން ފެސްޓިވަލް ޑީޖީޖީއިން ބާއްވާ, ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ގޭމަރުންނާ ގުޅުވައިދިނުމަށް މުހިންމު މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.

.

ގޭމިންގެ ދާއިރާގެ އިތުރުން ދިރާގުން ވަނީ ކުޅިވަރުގެ އެކި ދާއިރާތައް ކުރިއެރުވުމަށް, އެކި ކުޅިވަރު ޖަމިއްޔާތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެކި މުބާރާތްތައް ބޭއްވުމަށް ވެސް ދިރާގުން ވަނީ އެހީވެ ދީފަ އެވެ. އޭގެ އިތުރުން ރާއްޖޭގެ ތަރައްގީ އާއި އިގްތިސާދާ ގުޅޭ އެކި ދާއިރާތަކާއި އިލްމީ އެކި ދާއިރާތައް ކުރިއރުވުމުގައި ދިރާގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ދިރާގަކީ މުވާސަލަތީ ހިދުމަތުގެ ޒަރީއާ އިން ދިވެހިން ގުޅުވައި ދިނުމުގެ އިތުރުން, އިޖުތިމާއީ ޒިންމާގެ އެކި މަސައްކަތްތަކުގެ ތެރެއިން މުޖުތަމައު ގުޅައިދޭ ބައިވެރިއެކެވެ. އެއީ ކަސްޓަމަރުންނާ ގާތް ގުޅުމެއް ބާއްވާ, ކަސްޓަމަރުންގެ އަގުވަޒަން ކުރުމަށް އަގުހުރި ގިނަ ފުރުސަތުތަކެއް ހޯދައިދޭ ކުންފުންޏެކެވެ. މިދިޔަ 37 އަހަރުގެ ކާމިޔާބީގެ ސިއްރަކީ އެއީ އެވެ.

5 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލާމަސީލު

01 October 2025

އަހަރެމެންނަކީ ދިރާގުން 500 ރުފިޔާއަށް ޕްރިޕެއިޑް ސިމެއް ގަތް ޖީލުގެ މީހުން.

The name is already taken The name is available. Register?

މަ ބުނީ

01 October 2025

ނަން ބަދަލުކޮށް ދިރާގު ކިޔަންފެށިފަހުން 37 އަހު ނަމަވެސް ދިވެހިންނާއި ދިވެހި ރާއްޖޭގެ ތަރައްގީ އާއި ތަޢުލީމާއި ކުރިއެރުމާއި މިނިވަންކަމުގެ ބާނީ އޮނަރަބަލް ނިޝާނުލް އިއްޒަތުގެވެރިއާ ޑޮކްޓަރ އަލަމަރްހޫމް އޮނަރަބަލް އިބްރާހިމް ނާސިރު އެހިދުމަތް ފަންޓަވައިދެންވެވި ތާރީހު ފޮހެލިފަދައިން ދިރާގުނަން ބަދަލުކޮށް އެއާރޕޯޓު ޓާމިނަލް ކޮއްމެ އެއާރލައިނަކަށް ދޮރެން ހުޅުވާގޮތަށް މިއަދުވެސް ދިރާގު ހުޅުވިދާނެ އޭރުން އާއަހަރެއްލިބޭނެ މެޑެލްޖަހާލަށް.

The name is already taken The name is available. Register?

9999999

01 October 2025

ނާސިރު ދައުރު ގައި އިންޓަރނޭޝަނަލް ފޯނުގެ ހިދުމަތް ދޭން ފެއްޓި އިނގިރޭސިވިލާތުގެ ކޭބަލް އެންޑް ވަޔަރލަސް ޕީއެލްސީ ކިޔާ ކުންފުނި ވާނީ ތިބުނާ ފަރާތަށް! ދިރާގަކީ އޭގެ ފަހުން ކޭބަލް އެންޑް ވަޔަރލެސް އާއި ދިވެހިސަރުކާރާ ގުޅިގެން އުފެއްދި ކުންފުންޏެއް!!!!

The name is already taken The name is available. Register?

1828

01 October 2025

ފުރަތަމަ މޯބައިލް ފޯންގެ ޚިދުމަތް ދިން އިރު އަހަރެން އެންމެ ހަނދާންވަނީ 500ރ ސިމް ވިއްކި ހަނދާން. މާތްކަލާކޯ 500ރ އަށް ސިމެއް. ޝުކުރިއްޔާ ދިރާގް.

The name is already taken The name is available. Register?

ކޮއްކޮ މެން

01 October 2025

އެއީ މީހެއް އަދި ފަރުދެއް ވެސް ނޫން! މޭސްތިރިޔާ އެއީ ދިރާގު!!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454