މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން މިދިޔަ އަހަރު ބޭއްވި ނިއުސް ކޮންފަރެންސްގައި، އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯއަކަށް ޑރ. ޝާހު ހުންނެވިއިރު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
08 އޮކްޓޯބަރ 2025 - 13:56
ރާއްޖެއަށް ބޭސް އެތެރެކުރުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނި ހިންގަން 3-6 މަސް ދުވަސް ނަގާނެ ކަމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
ބޭހާއި މެޑިކަލް ކޮންސިއުމަބަލްސް އެތެރެކުރުމަށް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިގެ ނަމުގައި ހާއްސަ ކުންފުންޏެއް އުފެއްދީ މިދިޔަ މަހުގެ 9 ގަ އެވެ. އެމްޑީއާ އެކު ޑިރެކްޓަރުންގެ ބޯޑުގައި ފަސް މެމްބަރުން މިހާރު އެބަތިއްބެވެ.
ޝާހު "މިހާރު" އަށް ވިދާޅުވީ މި ވަގުތު ހިނގަމުންދަނީ ފަންކްޝަން ބަދަލުވުމުގެ މަރުހަލާ ކަމަށެވެ. އެހެންވެ، ބޭހުގެ ކަންކަން އަދި ވެސް ކުރަމުން އަންނަނީ އެސްޓީއޯއިން ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ބޮޑު އޮޕަރޭޝަނެއް ވީމާ އޯވަނައިޓަކުން ސްވިޗެއް ނުކުރެވޭނެ. އެހެންވެ، ޕަބްލިކަށް ދެމުންދާ ސާވިސަސްތަކަށް އުނދަގުލެއް ނުވެ ނުވަތަ ޑިފިކަލްޓީއެއް ނައިސް މިހާރު ހަމަ ކުރަމުންދާ ގޮތަށް ކުރަމުންދާނީ،" ޝާހު ވިދާޅުވި އެވެ.
"...މިހާރު އެކަމަކު ކުރެވެމުން ދަނީ އެ މަސައްކަތްތައް. ފަންކްޝަނަލް ވާން އެޑްމިނިސްޓްރޭޓިވް ސްޓްރެންތު ކުރުމާއި އެކިއެކި ޕޮލިސީތައް އެޑްރެސްކުރުމާއި ފަސޭހަ ގޮތްތައް ހޯދުމާއި ބޭސް އެވެއިލިބިލިޓީ ކުރުމުގެ. އާ ކޮމްޕެނީ ވޯކް ކުރަން ފަށާއިރު ދެން އެ ޕްރޮސެސްތައް ދެން ކުރިއަށްދާނީ. މިހާރު ވެސް ކުންފުނި ފެށިފައި. އެކަމަކު، ފަންކްޝަންތައް ޓޭކްއޯވާ ކުރަން 3-6 މަސް ދުވަހުގެ ތެރޭގައި ނެގޭވަރު ވާނީ. އެއީ ވެއާހައުސް އާއި ޑިސްޓްރިބިއުޝަނާ. އެއީ ވަރަށް ބައިވަރު މަސައްކަތްތައް. އެހެންވެ، ވަގުތު ނަގާނެ."
މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިންގާ އެސްޓީއޯ ބޭސް ފިހާރަތައް ވެސް، މި ބަދަލުތަކާ އެކު ފާމަސޫޓިކަލް ކުންފުންޏަށް ބަދަލުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލީބަލީ
09 October 2025
100% ސަރުކާރު ކުންފުނިތަކާއެކު (އެސް.އޯ.އީ) އިންޓަނޭޝަނަލް ކުންފުނިތަކުން ވިޔަފާރީގެ އެއްބަސްވުންތައް ހެދުމަށް ޖެހިލުންވާކަން މިސަރުކާރަށް އިނގެނީ ކިހާވަރަކަށްބާ؟ ސަބަބުތަކުގެ ތެރޭގަ ސީނިޔަރ މެނޭޖުމަންޓް ސިޔާސީ މަގާމުތަކަކަށްވުމާއި، ސަރުކާރެއްގެ ފައިނޭންޝަލް ރިސްކަށް ހުށަހެޅުންފަދަ ކަންކަން ހިމެނޭ.
އަފްރާސިޔާބު
09 October 2025
ކުންފުނިތައް ހިންގުމަކީ ތިބުނާހާ ފަސޭހަކަމެއްނޫން އަދި އެއްދުވަހަކުން ދެދުވަހަކުންވާކަމެއްވެސް ނޫން. ފުރަތަމަ ގާބިލު މުވައްޒަފުން ހޯދުން. މުވައްޒަފުން ލިބުނީމާ އެމީހުނަށް ގޮނޑިމޭޒު ކޮމްޕިއުޓަރު ހަމަޖެއްސުން. އޭގެ ފަހުގައި ބޭސް އުފައްދާ ކުންފުނިތަކާއި ވާހަކަ ދައްކައި އެމީހުން ޕްރޮޕޯސަލް ހުށަހެޅުމުން އަގުތައް ރަނގަޅުތޯ ބަލައި އަގުކުޑަކޮށް އެގްރިމެންޓްކުރެވި ހަމަޖެހޭއިރު އަހަރެއްވަރު ނަގާނެ. ކުންފުނީގެ ތަޖްރީބާ ނަދުވީމާ 3-6 މަހޭބުނީ.
ޢަލީ ކުރުސީ
09 October 2025
6 މަސް ކީއްކުރަން، އަހަރެއް ވިޔަސް ރަގަޅުވާނެ! އެކަމަކު މުސާރަ ހިނގަންވާނެ ޤަވާއިދުން އިނގޭ!
ތަންދޮރު
08 October 2025
މިޙަރުވެސް އެސްޓީއޯ އިްނ ރާއްޖޭން ނުލިބޭބޭހެއް ގެންނަން އުޅެގެން ބުނަނީ އެންސްޕާ އިން އެޕްރޫވަލް ލިބުނީމަޔޯ ވާނީ. އިޅުހަނޑު ހަލާކުވަނީ އެބުނާ އެޕްރޫވަލެއް ނުލިބި ލަސްވާތީ. ތިޔަ އެންސްޕާއަކީ ވަރަށް ވަރަށް ވަރަށް ފަރުވާކުޑަ ތަނެއް.
އުދުހޭ
08 October 2025
ތިޔަބުނީ ރަގަޅަށް. އަހަރެންވެސް ހަމަ ތިޔަ ތަޖުރިބާ ކޮށްފިން. އެެހެންވީމާ އަލަށް އުފެއްދި ކުންފުނިން އިތުރަށް ކުރަންއޮތް ކަމަކީ އެޕްރުވަލް ދިނުން؟
މެޑިކަލް ކޮރަޕްޝަން؟؟
08 October 2025
ތިތަންވެސް އޮޑިޓެއް ކޮއްލީމަ ކެޔޮ ކޭ ވަރު އިގޭނީ. އަހުން ތިބޭނަން ބަލަން
ޢއ 2
08 October 2025
އެހެންވީމަ ކުންފުނީގެ މުވައްޒަފުންގެ މުސާރަ ހިނގަން ފަށަންވެސް ތިިން ހަތަރު މަސް ވާނެދޯ!!
ސަސި
08 October 2025
ރާއްޖެއަށް ބޭސް އެތެރެނުކޮށް ރާއްޖޭގަ ބޭސް އުފައްދާ، އެކްސްޕޯޓް ކުރެވޭތޯ ބަލަންވީނު.
ތިއްތިސް
08 October 2025
ނެޝަނަލް ބޭސް ކުންފުންޏެއް ހެދީމަ މިއުޅޭ މެޑިކަލް މާފިއާ ސޯލް ޑިސްޓްރިބިއުޓަރ ކަން ނަގާފަ ހުރި ހުރިހާ ބޭހެއްވެސް މިކުންފުންޏަށްވެސް ލިބެންޖެހޭ ގޮތަށް ވާންވާނީ. ގާނޫނެއް ހަދަންޏާ ހަދައިގެން ވިޔަސް. އެހެން ނޫނީ އާންމުން އެންމެ ބޭނުން ބޭސްތައް ހޯދަން ގައުމީ ބޭސް ކުންފުންޏަށްވެސް ދަތިދަކެއް ހުންނާނެ
ޕަޗަސް
08 October 2025
ދެން އެކަމަކު ޒަރޫރީ ބޭސްތައް ލިބެން ހުންނަން ޖެހޭނެ ދޯ ތި ކުންފުންޏެއް ނުހެދިޔަސް... މިއޮއް ހުރިހާ ދުވަހަކު އެސް ޓީ އޯ އިން އެކަން ކުރި. މިހާރު އެކަން ނުވަނީ މެނޭޖްމަންޓް ކުޑަވީމަ؟
އޯޑަރު
08 October 2025
ބޭހުގެ ކަންތައް އޮތްގޮތް އޮޅުންފިލައިފި. ޝުކުރިއްޔާ. ނޭނގިގެން މިއުޅެނީ ޓެކްސީ ލައިނަށް ވީ ގޮތް. އޯޑަރު ދިން ޓެކްސީތައް ވީ ކިހާ ހިސާބެއްގައިތޯ؟