ހުޅުމާލޭގައި އެޗްޑީސީން ބޭއްވި ހަރަކާތެއްގައި ބަޔަކު ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
10 އޮކްޓޯބަރ 2025 - 20:37
ދުނިޔޭގެ ނަފްސާނީ ބަލީގެ ދުވަހާ ގުޅުވައި އެ ބައްޔަށް ހޭލުންތެރިކުރުވުމަށް ހުޅުމާލޭ 2 އަކުން 30 މީހުން ތަމްރީންކުރަން މޯލްޑިވިއަން ނާސިން އެސޯސިއޭޝަނުން ތައްޔާރުވެއްޖެ އެވެ.
"ހޯޕް އެމްބަސެޑާ ޓްރެއިން" ގެ ނަމުގައި ކުރިއަށް ގެންދާ އެ ޕްރޮގްރާމަކީ ނަފްސާނީ ބަލި ހުންނަ މީހުންނަށް ރީހެބިލިޓޭޝަން ޕްރޮގްރާމެއް ހެދުމަށް ނާސިން އެސޯސިއޭޝަނުން ކުރާ މަސައްކަތަށް ލިބުނު ބީއެމްއެލްގެ ކޮމިއުނިޓީ ގްރާންޓެއްގެ އެހީގައި ހިންގާ ޕްރޮގްރާމެކެވެ.
އެ ޓްރެއިނިން ޕްރޮގްރާމުގައި ބައިވެެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެން ހުންނެވި އޮޮސްޓްރޭލިއަން ކެތުލިކް ޔުނިވާސިޓީގެ އެސޯސިއޭޓް ފްރޮފެސާ، ޑރ. ފާތިމަތު ޝިފާޒާ "މިހާރު" ވިދާޅުވީ ފުރަތަމަ އެ ޓްރެއިނިން ކުރިއަށް ގެންދަން ނިންމީ ހިޔާ ފްލެޓްގެ ކޮންމެ ޓަވަރަކުން ދެ މީހުން ތަމްރީނުކުރާ ގޮތަށް ކަމަށެވެ. ނަމަވެސް އެ އިއުލާނާ ގުޅިގެން މާބޮޑު ތަރުހީބެއް ނުލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، އެ ހަރަކާތް ހުޅުމާލޭ 2 އަކަށް ފުޅާކޮށްގެން ކުރިއަށް ގެންދަން ނިންމީ އެވެ.
ޝިފާޒާ ވިދާޅުވި ގޮތުގައި މާދަމާ ފަށާ އެ ޓްރެއިނިންގައި ބައިވެރިވާނީ ނަފްސާނީ ބަލީގެ ތަޖުރިބާކާރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ޑޮކްޓަރުންނާއި ސައިކޭޓްރިސްޓުންނާއި ނަރުހުންނެވެ.
"އަޅުގަނޑުމެންގެ ބޭނުމަކީ އެވެއާނަސް އިތުރުކުރުމާއި މީހުން ތައްޔާރުކުރުން،" ޝިފާޒާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނަފްސާނީ ބައްޔަށް މީހުން ހޭލުންތެރި ކުރުވުމަށް ހިންގާ އެ ހަރަކާތުގެ ބޭނުމަކީ އާންމުންނަށް، އާންމުންގެ ތެރެއިން ކޮށްދެވޭނީ ކޮން ކަހަލަ ކަންތައްތަކެއްތޯ ކިޔައިދިނުން ކަމަށެވެ.
"އެއީ ކައުންސިލަރުންނެެއް ނޫން [ތަމްރީނުކުރަނީ]. އެކަމަކު އާންމުންގެ ތެރޭގައި މީހުންނަށް ކޮން ކަންތައްތަކެއްތޯ ކޮށްދެވޭނީ އެވެއާނަސް އިތުރުކުރުން. އެމީހުންގެ ވެލްބީނަށް ކޮން ކަހަލަ ކަންތައްތަކެއްތޯ ކޮށްދެވޭނީ. މާދަމާގެ ޓްރެއިނިން ނިމޭއިރުގައި އެމީހުންނަށް އިންނާނީ އެކްޝަން ޕްލޭނެއް ހެދިފައި،" އޭނާ ވިދާޅުވި އެެވެ.
ޝިފާޒާ ވިދާޅުވި ގޮތުގައި ޕްރޮގްރާމުގައި މެންޓަލް ހެލްތާއި މެންޓަލް އިލްނެސް އާއި އެފަދަ ބައްޔެއް ތަހައްމަލުކުރާ މީހުންނާ މުހާތަބު ކުރާނެ ގޮތާއި ނަފްސާނީ ކަމެއްގައި ސުއިސައިޑް ކުރަން އުޅޭ ނަމަ، އެކަން ދެނެގަންނާނެ ގޮތްތައް ތަމްރީނުގެ ބައިވެރިންނަށް ކިޔައިދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިނިސްޓް
12 October 2025
މިނިސްޓްރީއޮފް ނަފްސާނީ ކޮންޓްރޯލް ހުޅުވަން މަށަށް ފެންނަނީ.
ކޮރަލް
11 October 2025
ކޮރަޕްޝަން ގިނަ ވާ ވަރަކަށް ،، ހަށީ ވިއްކާ ތަންތަން ގިނަ ވާ ވަރަކަށް ބިދޭސީ ވިޔަފާރި ގިނަވެ ހުރިހާ ފައިސާ އެއް ޑޮލަރަށް ހަދާ ބޭރު ކުރާ ވަރަކަށް ، ޑްރަގް ބޮއި ގަނެ ވިއްކާ މީޙުން ގިނަ ވާ ވަރަކަށް މިއީ ހައްތާވެސް ނަފްސާނީ މައްސަލަ ތައް ގިނަ ވާ ސަބަބު ތަކެވެ. އަދި ވެސް ވ ގިނަ ކަންކަން އެބަ ހުރެ އެވެ.
ކޮތަރޭ
11 October 2025
ނަފްސާނީ މައްސަލަތައް ރާއްޖޭގައި ވަރަށް ގިނަ. ސްކޫލް އަދި އޮފީސް މާހައުލުގައި ބުލީ ކުރުމުގެ ސަބަބުން އެތައް ދަރިވަރުން އަދި ވަޒީފާގެ މާހައުލުގައި އެތައް ބައެއްގެ ދިރިއުޅުން ފަނާވެގެން އެބަދޭ. ރަނގަޅު ބޭސްފަރުވާއެއް އެކަމަށް ނުލިބޭ ރަށްރަށުގައި ޚާއްސަކޮށް. ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީ ދޭނެ މީހެއް ނުހުރޭ. ސަރުކާރުން ރައްޔިތުންނާއި މެދު މިފަދަ ކަންކަމުގައި އިތުރަށް އަޅާލަން ޖެހޭ.
ޢެޑްމުންޑޯ
11 October 2025
ނަފްސާނީ ބައްޔާއި ގުޅިފައިވާ އެންމެ ބޮޑު ކަމަކީ ފާހިޝް އަމަލުތަކަށް ދެވިފުން ، ނަތީޖާ އަކީ އެކަމުގެ އަސަރު އާއިލާގެ މިންބަރުންނަށް ކޮށް ނަފްސާނީ ދުޅަހެޔޮކަން ގެއްލުން ، މިސާލަކަށް ފިރިމީހާ ، މަސާޖަށް ދެވިހިފުން ، ނުވަތަ މަސްތުވާތަކެތި ބޭނުންކުރުން ނުވަތަ އޮންލައިންޖުވާކުޅުން ފަދަ އަމަލުތަކުން އަނބިމީހައަށް ނަސާނީ މައްސަލަދިމާވޭ ، ދެން އޭގެއަސަރު ދަރިންނަށް ކުރޭ ، ހަމަމިގޮތަށް އަނބިމީހެ މިހޮތަށް އުޅޭނަމަވެސް ދެމަފިރިން ހަމަނުޖެހި ނަފްސާނީވެގެންދޭ