ރަފަހް ބޯޑަރުގެ މިސްރު ފަޅީގެ ބޭރުގައި މި މަހުގެ 15 ވަނަ ދުވަހު އެހީގެ ސާމާނާ އެކު ޓްރަކެއް މަޑުކޮށްގެން: އިޒްރޭލުން ބުނަނީ ހަމާސް ރަހީނުންގެ ހަށިތައް ހަވާލު ނުކުރަނީސް ބޯޑަރު ނުހުޅުވާނެ ކަމަށް. -- ފޮޓޯ: އޭއެފްޕީ
19 އޮކްޓޯބަރ 2025 - 06:30
އިޒްރޭލުން ހިސާރުކޮށް ބަނޑަށްޖައްސާފައިވާ ޣައްޒާއަށް އެހެން ގައުމަކުން އެއްގަމު މަގުން ތަކެތި އެތެރެކުރެވެން އޮތް ހަމައެކަނި މަގު ކަމަށްވާ ރަފަހް ބޯޑަރު ހުޅުވާނީ ހަމާސްއިން އަސީރުންގެ ގޮތުގައި ގެންދިޔަ މީހުންގެ ތެރެއިން މަރުވި އެންމެންގެ ހަށިތައް ހަވާލުކުރުމުން ކަމަށް އިޒްރޭލުން އިއްޔެ ބުނެފި އެވެ.
"ވަކި ގޮތަކަށް އަންގަންދެން ރަފަހް ބޯޑަރު ބަންދުކޮށްފައި ބޭއްވުމަށް ބޮޑުވަޒީރު ވަނީ އަންގާފައި،" އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
"އެތަން ހުޅުވުން ބިނާވެގެންވާނީ އަސީރުން މިނިވަންކުރުމާއި އަސީރުންގެ ތެރެއިން މަރުވި މީހުންގެ ހަށިތައް އިޒްރޭލާ ހަވާލުކުރުމަށް، ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގައިވާ ގޮތަށް އަމަލުކުރުމުގެ މައްޗަށް."
ހަމާސް އިން އިއްޔެގެ ނިޔަލަށް ވަނީ މަރުވި 28 އަސީރުންގެ ތެރެއިން 10 މީހެއްގެ ހަށިތައް ހަވާލުކޮށްފަ އެވެ.
އިޒްރޭލުން މިހެން ބުނުމުގެ ކުރިން މިސްރުން ވަނީ، އެ ގައުމާއި ޣައްޒާ ގުޅުވައިދޭ ރަފަހް ބޯޑަރު ހޯމަ ދުވަހު ހުޅުވައި މިސްރުން ޣައްޒާއަށް ދާން ބޭނުންވާ ޣައްޒާގެ ރައްޔިތުންނަށް ދެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ބުނެފަ އެވެ.
އިޒްރޭލުން ބުރާސްފަތި ދުވަހު ބުނެފައިވާ ގޮތުގައި ރަފަހް ބޯޑަރު މިހާރު ހުޅުވި ކަމުގައި ވިޔަސް އެއީ ހަމައެކަަނި މީހުން ދަތުރުކުރުމަށް ދޭނެ ފުރުސަތެކެވެ. އެހީގެ ސާމާނާއި މުދާ އެތެރެކުރުމަށް ރަފަހް ބޯޑަރު ނުހުޅުވާނެ ކަމަށް ބުންޏެވެ.
ރަފަހް ބޯޑަރުގެ ޣައްޒާ ފަޅި އިޒްރޭލުގެ ބާރުގެ ދަށަށް ގެންދިޔައީ މިދިޔަ އަހަރުގެ މެއި މަހުގެ ހަތް ވަނަ ދުވަހު އެވެ. އެއީ އެ މަގު ބޭނުންކުރަނީ ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ކަމަށާއި އެ މަގަކީ ހަމާސް އިން ހަތިޔާރު އެތެރެކުރަން ބޭނުންކުރާ މަގެއް ކަމުގެ ޝައްކު ވެސް ވަރަށް ބޮޑު ކަމަށް އޭރު ބުނެފައިވެ އެވެ.
އިޒްރޭލުން އެތަން ހިފުމާ އެކު، ރަފަހް ބޯޑަރު ހުރަސްކޮށް އެއްވެސް މުއާމަލާތެއް ނުކުރެވެ އެވެ. އދ.ގެ އިންސާނީ އެހީގެ ޓީމުތަކުގެ މީހުންނަށް ވެސް ރަފަހް ބޯޑަރުން ފުރުސަތެއް ނުދެ އެވެ.
މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު، އިޒްރޭލާއި ހަމާސްއާ ދެމެދު ހަމަލާތައް މެދުކަނޑާލުމަށް ފަހު ބޯޑަރު ވަގުތީ ގޮތުން، ކުރު މުއްދަތަކަށް ހުޅުވާލި އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތުއްތުހޮއްކޮ
19 October 2025
ކޮން. ޢ ދ އެއްނކިޔާކަށްތަ. އިޒްރޭލުގެ ބާރުގެ ބާރާ ނުފޫޒު ހިނގާ ތިޔަތަނަކުން ފަލަސްތީނަށް ދޭނެ އެއްވެސް އެއްބާރު.ލުމެއް ނޯންނާނެ. ކިބައިތޯ ސުލްޖަ ދމަހައްޓަން ޖާމިނުވި މީހުން. ހުސް ޔަހޫދީން. އިސްލާމުންގެ ނަމުގައިވެސް ވަށައިގެން ތިބީ ޔަހޫދީ މުނާފިޤުން
ނަން.
19 October 2025
ތިމީހުން ދައްކާ ވާހަކަޔާ ވައުދާ އެއްގޮތަށް ކަންކުރާނެކަމަށް ގަބޫލުކުރާނީ ހާދަ މޮޔަބައެކޭ؟ ހުޅަނގުގެ ސިޔާސީ ގިނަ ބަޔަކުވެސް އެކަންކުރަނީ ބިރުން ނޫނީ މާލީ ބޮޑެތި ފައިދާތަކެއް ލިބޭތީ.
raajje
19 October 2025
ހުރިހާ މަޅިއެއްގައި ހަމާސްއިން އެބަޖެހެޔޭދޯ ކީކޭބުނާނީ ތިވަރުމީހުންތަންތަނަށް އިސްވެހަމަލާނުދޭނީދޯ
އަލީބެ
19 October 2025
އިޒްރޭލު ދެކެ ތިހާލޯބިވަނީ ކުށެއްނެތް މީހުން މަރާތީ. އިޒްރޭލު މީހުން ހަނގުރާމަ ފެށީ ބާރުގެ ބޭނުންކޮށްގެން ހުރިހާ ކަމެއް ނިންމާލަން. ހުރިހާ އިމާރާތެއް ވައްޓާލީމަ އޭގެދަށުން މީހުން ނަގާނީ ކިހިނެއްތަ. މިހާުރު އެހެރީ ހިލަފުނިފުނި.
ބާއްޖެ
19 October 2025
ކެކެކެކެ. އޮކްޓޯބަރ 7، 2023 ގެ ކުރިން އިސްރާއީލުން ޢައްޒާ އަށް ހަމަލާ ނުދޭތަ؟ ކިތައްފަހަރު އިސްވެ ހަމަލާދީ އެތައް ބަޔަކު މެރީ؟ ކަލޭ ތިބުނަނީ އެމީހުންގެ މަރުގެ ބަދަލު ނުހިފާ އަތްއުރާލައިގެން ތިބެންތަ؟ ދެން ހަމަލާ ނުދިންނަމަ އިސްރާއީލުން ހަމަލާ ފަހުން ނުދޭނެއޭތަ ތިބުނަނީ؟ ކުރިން ކަމަކާ ނުލާ އެތައް ބަޔަކު މެރިގޮތަށް ފަހުން ނުމަރާނެއޭތަ ތިބުނަނީ؟ ހަމަ އެކަނި ތަފާތަކަށް ވާނީ މީހުން މަރުވާ އަދަަދު ތަންކޮޅެއް މަދުވުން.
raajje
19 October 2025
އަލީބެ، ބާއްޖެ: އެގޮތަށްކޮމެންޓުކުރީ އިޒުރޭލުދެކެ ލޯބިވާތީކީނޫން، ފަލަސްތީނު ރައްޔިތުންގެ ހާލަތާމެދު ކަންބޮޑުވެވޭތީ! އިޒުރޭލަށް ހަމަލާދިނުންވެސް ގޯސްކުރަނީކީނޫން، ނަމަވެސް ކަމަކާކުރިމަތިލާއިރު އެކަމެއްގެސަބަބުތަކުގާ ހިފަންޖެހޭ، ހަމާސްއިން "އިސްވެ" ހަމަލާދޭންވާނީ އިޒުރޭލާކުރިމަތިލެވޭނެ ގާބިލުކަން ހޯދުމަށްފަހު، ރައްޔިތުން ހަނާވާންދޫކޮށްލާކަށްނޫން، ޢިލްމާ އާރާބާރަކީ ކޮންމެބަޔަކަށްވެސް މަސައްކަތްކުރީމާ ލިބޭނެއެއްޗެއް ވަކިބައެއްގެ އެއްޗެއްނޫންދޯ
ވެންގަބޯ
19 October 2025
އެމެރިކާއިން ދިން ބާރުގަދަ ހަތިޔާރުގެ ސަބަބުން ޔަހޫދީން ދިންހަމަލާ ތަކުގައި ވަނީ ހަށިތައް ކުދިކުދިވެ މުޅިން ތަންތަނަށް ބުރައިގެން ގޮސްފައި މީ ގައި ހަމާސްގެ ކުށެއް ނެތެވެ އަމިއްލަ އަތުން އަމިއްލަ މީހުން މަރާލާފައި މުސްލިމުންގެ ބޮލުގައި އަޅުވައިގެން އަދިވެސް ފަލަސްޠީނުގެ ރައްޔިތުން މަރަނީ ޔަހޫދީން އެއްބަސް ވުމަކަށް އަމަލެއް ނުކުރާނެއެވެ ވީމާ ޔަހޫދީންނަށް ހަމަލާ ދިނުމަށް ހުރިހާ މުސްލިމުން އެކަތިގަނޑަކަށް ވެގެން ޔަހޫދީންނާއި ކުރިމަތި ލާންވީ އާމީން