ކުމުންދޫ ދަނޑުތަކަށް ދިން ގެއްލުމުގައި ގިނަ އަދަދެއްގެ ކަރާ ވަނީ ހަލާކުކޮށްލާފައި.
20 އޮކްޓޯބަރ 2025 - 09:39
ހދ. ކުމުންދޫގެ ދަނޑުތަކަށް ރޭގެ ވަގުތެއްގައި ގެއްލުންދީ ވަރަށް ބޮޑަށް ހަލާކުކޮށްލައިފި އެވެ.
ކުމުންދޫ ކައުންސިލުގެ ނައިބް ރައީސް އަލީ އަންވަރު، "މިހާރު" އަށް ވިދާޅުވީ ރަށުގެ ތިން ދަނޑަކަށް ގެއްލުންދީފައިވާ ކަން އެނގުނީ ފަތިސް ނަމާދަށް ފަހު ދަނޑުވެރިން ދަނޑަށް ދިއުމުން ކަމަށެވެ.
"އާންމުކޮށް އަބަދުވެސް ފަތިސް ނަމާދަށް ފަހު ދަނޑުވެރިން ދާނެ އެ މީހުން ދަނޑަށް. އެގަޑީ މި އެނގުނީ މިހާ ބޮޑަށް ގެއްލުންދީފައި ހުރިކަން،" އޭނާ ވިދާޅުވި އެވެ.
ކުމުންދޫގެ ދަނޑުތަކަށް ބަޔަކު ގެއްލުންދީފައި.
އެ ތިން ދަނޑަކީ ވެސް ކަރަ އާއި ބައްޓާއި ކިއުކަމްބާ އާއި މެލަން އަދި ލެޓިއުސް ކަހަލަ އެކި ބާވަތްތައް ހައްދާ ދަނޑުތަކެކެވެ. އެ ތިން ދަނޑުން ވެސް އެންމެ ބޮޑަށް ގެއްލުން ދިނީ ކަރާ ދަނޑުތަކަށެވެ. ކަރާތައް ފަޅާ ޗިސްކޮށް މުޅި ދަނޑަށް އުކާފައިވާ ކަމަށް އަންވަރު ވިދާޅުވި އެވެ.
"ބައެއް ދަނޑުތަކުން ދެ ބަރޯގެ ކަރާ އުކާލަން ޖެހުނު. އެވަރަށް ގެއްލުން ދީފައި ވަނީ،" ތިން މީހެއްގެ ދަނޑަށް ގެއްލުން ދިން މައްސަލާގައި އަންވަރު ވިދާޅުވި އެވެ.
ދަނޑުގައި ހުރި ކަރާތަކަށް ގެއްލުންދީފައި.
އަންވަރު ވިދާޅުވި ގޮތުގައި ދަނޑަށް ފެންދޭން ބަހައްޓާފައި ހުރި އެއްޗެއްސާއި ބޭސްތަކަށް ވެސް ވަނީ ގެއްލުންދީފަ އެވެ. އެ މައްސަލަ މިހާރު ވަނީ ޕޮލިހަށް ވެސް ހުށަހަޅައިފަ އެވެ.
އެކަމަކު އެކަން ކުރީ ކޮން ބައެއްކަން ސާފު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީގެ ކުރިން ވެސް ދަނޑުތަކަށް ވަރަށް މަދު ފަހަރަކު ގެއްލުން ދީފައިވާ ކަމަށެވެ. އެކަމަކު މިހާ ބޮޑު ގެއްލުމެއް ނުދޭ ކަމަށް އޭނާ ވިދާޅުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އުންމު އަފީފް
21 October 2025
މިއީ އޮނަރަބަލް މެންގެ ރަށުކުދިން އުޅޭހެން އުޅޭ ބައެއް. ދެން ތެޅޭނެ ރަށް ތަރައްޤީ ނުވެގެން.
ހުވަދޫ އަލިބެއްޔާ
20 October 2025
މި ދެން މީހުން ކުރާ ކަހަލަ ކަމެއް ނޫނެއްނު.. ކުމުންދޫ އަކީ ކުށްމަދު ރަށެއްކަމަށް އަޑު އިވޭ..
އެރުމީނީ
20 October 2025
ހަސަދަ ވެރިކަން މުޖުތަމައުގަ މިވަނީ މީން ޒަމާނަކު ނުދާވަރަށް މައްޗަށް ގޮސްފަ. އެންމެން ބޭނުންވަނީ އެންމެ މުއްސަނދިވާން.
އެދުރުބޭބެ
20 October 2025
ނުބައި ނުލަފާ ދިވެހި ރައްޔިތުންގެ ނުބައިކަމާއެ. އަތުންފައިން މަސައްކަތް ނުކޮށް ތިބެފައި މީހަކު ކަމެއްކުރާއިރަށް ހަސަދަވެރިވަނީވެސް އަމަށަކު ވަރަކަށް ނޫން.
ބޯގަޅި ދިވެހިން
20 October 2025
ދިވެހިން ގަމާރުކަންމަތީ ތާއަބަދަށް ޒިންދާބާދު!!!!
ކކކކކ
20 October 2025
ﷲ ދެއްވި ރިޒްޤް
ފާޜޫގު އައިމިނަ އަރީސް
20 October 2025
ކުމުންދޫގަ އޮވޭ މައިންބަފައިން އަޅާނުލާ ދޫކޮށްލާފަ އޮންނަ 18 އަހަރުން ދަށުގެ ގުރުއްޕެއް މި ގުރުޕް ސުކޫލް ތެރޭގަވެސް ކުދިންގައިގަތަޅާ ފުރައްސާރަކޮށް ކަންތައްކުރޭ ރަށުތެރޭގަ ހުންނަ މީހުން މުދަލައްގެއްލުންދީ ކަންތައްކުރޭ މި ކުދިން މައިން ބަފައިން އަޅާނުލާއެތްގޮތަކައްވެސް
ދެރަކަމެއް
20 October 2025
ނާތަހުޒީބުވިއަސް މީ ދެން ބޮޑުވަރު. ﷲ ތަޢާލާ ދެއްވާ ރޯދީގައި ހުޅުޖަހާ އަންދާލުންފަދަ ކަމެއްމީ. އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެކަމެއްނޫން. މިކަން ކުރި މީހަކަށް ނުވަތަ ބަޔަކަށް ތެދުމަގު ދައްކަވާށި. އާމީން
ކަޅުކަރާ
20 October 2025
ކަލޯ މީ ހާދަ ރަތް ކަރާތަކެކޭ..އެކަމަކު އަހުން ތިޔަ ވައްތަރުގެ ކަޅު ކަރަލެއް ގަންނަ އިރު ތިހާ ރަތެއް ނޫން.
ގުދުގުދާބެއްޔާ
20 October 2025
މިއީ ރަށްރަށުގެ މީހުންގެ ކަށީގަ ހިފާފަ ހުންނަ އާދައެއް! ރަށުން ބޭރުމީހަކު އައިސް ރަށުގަ ފިހާރައެއް ހުޅުވައިފިނަމަ އެފިހާރައިގަ އަލިފާންޖަހާ ފިހާރައިގެ މުދަލާ އެކު އެބައަންދާލާ!