ރައީސް ޑރ. މުހައްމަދު މުއިއްޒު.--
23 އޮކްޓޯބަރ 2025 - 11:43
ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ، ނޮވެމްބަރު 3 އާ ގުޅުވައި، އެ މަހުގެ ދެ ވަނަ ދުވަސް ވެސް ބަންދުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
ނޮވެމްބަރު 3 ދިމާވަނީ ހޯމަ ދުވަހަކަށެވެ. އެހެންވެ ދެ ވަނަ ދުވަސް ބަންދުކުރުމުން ހަފްތާ ބަންދާ އެކު ހަތަރު ދުވަސް ބަންދުވާނެ އެވެ.
ރައީސް އޮފީހުން ބުނީ މިގޮތަށް ބަންދުކުރަން ރައީސް ނިންމެވީ ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް ޗުއްޓީ ލިބޭނެ ގޮތަށް ހަމަޖެއްސުމަށް ކަމަށެވެ.
ނަސްރުގެ ދުވަހަކީ ދިވެހިންގެ ބަޔަކު ބައިވެރިވެގެން ނޮވެމްބަރު 3، 1988 ވަނަ ދުވަހު ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި ރާއްޖެއަށް ލިބުނު ނަސްރު ފާހަގަކުރާ ދުވަހެވެ.
ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އިސްވެ ހުރެ ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޯޓްގެ ހަނގުރާމަވެރިންނާ ގުޅިގެން ރާއްޖޭގެ ވެރިކަން ބަދަލުކުރަން ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ. އަދި އެތައް ބަޔަކަށް ބޮޑެތި ޒަހަމުތައްވެ އަނިޔާވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް +
26 October 2025
ދިވެހީންގެ ގައުމީ ހޮބީއަކީ ގިނަގިނައިން، ޗުއްޓީ ނެގުން ދޯވ؟
ދެން އަތްޖަހާ
23 October 2025
މެލޮޑީއާ އެއްކޮށް ތިރީގައިވާ ލިޔުންކޮޅު ކިޔާތި ދެން އަތްޖަހާ.....ދެން އަތްޖަހާ.....ދެން އަތްޖަހާ.....ދެން އަތްޖަހާ.....ދެން އަތްޖަހާ.....އެންމެން ދެން އަތްޖަހާ......އެންމެން ދެން އަތްޖަހާ......އެންމެން ދެން އަތްޖަހާ......އެންމެން ދެން އަތްޖަހާ......އެންމެން ބާރަށް އަތްޖަހާ.....އެންމެން ބާރަށް އަތްޖަހާ...އެންމެން ބާރަށް އަތްޖަހާ...އެންމެން ބާރަށް އަތްޖަހާ... ސަޅިދޯ....
ކޮވެލި
23 October 2025
ތިހެން ހެދުމުން ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން ކިތަށް މުވައްޒަފުންގެ އެޓެންޑެންސް އެލަވަންސް ފައިސާ ގެއްލޭނީ. އެެގޮތުން ޖުމްލަ ކިހާ ފައިސާ އެއް ސޭވް ކުރެވޭނީ ސަރުކާރަށް.
އަމިއްލަ
23 October 2025
ދެން ކޮބާތޯ އަމިއްލަ ކުންފުނިތަކުގައި މަސައްކަތްކުރާ ނިކަމެތި ރައްޔިތުންގެ ހައްޤު؟؟؟ ސޯ އަންފެއަރ ):
ށސ11
23 October 2025
ބޮޑުވެއްޖެ ކަމެއް. މިހާރުވެސް ޗުއްޓީތައްގިނަވުމުގެ ސަބަބުން ސިލަބަސް ކަވަރުނުވެގެން ޓީޗަރުން ޝަކުވާކުރަނީ .
ކަދީދައްތަގެ މުނީރާ
23 October 2025
ސަރުކާރެއް އަންނަނީ އެ ބަންދުކޮށްފާ ބާއްވަންތަ ނޫނީ ރައްޔިތުންނަށް ހިދުމަތެއް ދޭންތަ؟ ތަނަކަށް ސިޓީއެއް ލިޔަސް މަހެއްގެ މިކޮޅަކުން ޖަވާބެއްނުލިބޭ. 2.0 ން 3.0 އަށް ހިޖުރަކުރާނީ ކޮންއިރަކުންތޯ؟
2025
23 October 2025
ރައީސް ހައުދަ ރަގަލޭ...... ބޮއިހަލަކި