އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ. -- ފޮޓޯ: އޭއެފްޕީ
27 އޮކްޓޯބަރ 2025 - 06:05
ޣައްޒާގައި ހަމަލާތައް ހުއްޓާލަން އެމެރިކާގެ ހުށަހެޅުމާ އެއްގޮތަށް އެއްބަސް ވެގެން ތިބި ނަމަވެސް ޣައްޒާއަށް ބޭނުން އިރަކު ހަމަލާދޭނެ ކަމަށާއި ސުލްހަ ބަލަހައްޓާ ފައުޖެއް ޣައްޒާގައި ބޭއްވިޔަސް އިޒްރޭލުން އެކަމަށް ބަލަން ނުޖެހޭނެ ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.
ނަތަންޔާހޫ އޭނާގެ ވަޒީރުންނާ ބައްދަލުކޮށް ބުނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ޣައްޒާގައި ސުލްހަ ބަލަހައްޓަން ބައިނަލްއަގުވާމީ ފައުޖެެއް ކަނޑައެޅި ކަމުގައި ވިޔަސް ޣައްޒާއަށް ވަދެވޭނީ އިޒްރޭލުން ރުހުން ދޭ ގައުމުތަކުގެ ސިފައިންނަށް އެކަނި ކަމަށެވެ. އަދި "ދުޝްމަނުންނަށް ހަމަލާ ދޭނީ ކޮންތާކުން ކޮން އިރަކުތޯ" އެހެން ބައެއްގެ ކައިރީ އިޒްރޭލުން އަހަން ނުޖެހޭނެ ކަމަށް ބުންޏެވެ.
"އިޒްރޭލަކީ މިނިވަން ގައުމެއް. އަހަރެމެންގެ ސަލާމަތް ހޯދާނީ އަހަރެމެން އަމިއްލައަށް. މިކަމުގައި އެހެން ބައެއްގެ ހުއްދަ ހޯދާކަށް ނުޖެހޭނެ. އަހަރެމެންގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ އަހަރެމެން." ނަތަންޔާހޫ ބުންޏެވެ.
ހަމާސް އާއި އިޒްރޭލުން ދެ އަހަރަށް ފަހު ހަމަލާތައް ހުއްޓާލަންވީ އެއްބަސްވުމުގެ ދަށުން އިޒްރޭލު ސިފައިން ވަނީ ފަހަތަށް ޖެހިފަ އެވެ. އަދި ފަހުގެ މަރުހަލާއެއްގައި ޣައްޒާ ހިމާޔަތް ކުރުމުގެ ޒިންމާ ނަގާނީ އަރަބި ނުވަތަ މުސްލިމް ގައުމުތަކުގެ މައްޗަށް އެކުލެވޭ ބައިނަލްއަގުވާމީ ލަޝްކަރަކުންނެވެ.
އެކަމަކު އިޒްރޭލުގެ ނުރުހުން އަމާޒުވާ ތުރުކީގެ ބައިވެރިވުން މި ލަޝްކަރުގައި ނުބޭއްވޭނެ ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފޫހި
27 October 2025
އިރާދަކުރެއްވިއްޔާ ކަލޭ ބަލިކުރާނީ ވެސް އެމެރިކާއިން. ކަލޭއާ އަރާހަމަކުރާނީ އެމެރިކާގެ ޒުވާންޖީލު. އއ. މިހާރު އެމެރިކާގެ ޒުވާންޖީލަށް އެނގޭ ކަލޭމެން ޒަޔަނިސްޓުންގެ ނުބައިކަން. ކަލޭގެ ނިމުން އަވަސްކުރައްވާށި. އާމީން
އަބޫ ޚާލިފު
27 October 2025
ކަލޭ ހަނދާން ހުންނާނެ އެރިއަލް ޝެރޮން ވީ ގޮތް. 8 އަހަރު ކޯމާގަ އޮވެ ހާލުގަ މަރުވެ ދިޔައީ. އަނިޔާވެރިން ނަށް އޮތީ މިގޮތް. އިންޝާﷲ ކަލޭވެސް ނިމިގެން ދާނީ މިކަހަލަ ވޭންދެނިވި މަރަކުން.
ރާވެރިބެ
27 October 2025
ނަތަންޔާހޫ ކަލޭ ތިހެން ބުންޏަސް ތުރިކީގެ ސިފައިން ތިއްބާ ކަލޭމެން ހަމަލާ ދީފިނަމަ ކަލޭމެން ތިކިޔާ އިޒްރޭލް ޗާޓުން ފޮހެލާނެ. އަދި ދެވަނަ ފަހަރަށް އީރާނަށް ހަމަލާ އެއް ދީފިއްޔާ ވެސް ހަމަ އެހެން ތެލްއަވިވް އާއި ހައިފާ ކަހަލަ ސިޓީތަށް ފުނޑާލާނެ. ގުދްސްއަކީ މާތް ބިމެއްވީމަ އެސިޓީ އަށް ހަމަލާ ނުދީފާނެ. މިހާރު ކަލޭގެ ކަންތަށް މާމައްޗަށް ގޮސްފި. މުޅިދުނިޔެ ބޭނުމީ ޒަަޔަނިޒަމް ނައްތާލަން.
ނިދިން
27 October 2025
އިޒްރޭލުގެ ރައްޔިތުންގެ އެންމެނަކީ ތިހީކުރާހާ ގަމާރުބަޔެއް ނޫން. އެމީހުންއެދަނީ މީނަޔާދެކޮޅަށް އަޑުއުފުލަމުން.
ރަދީފްއޮފިޝަލް / ބަތަންބެ
27 October 2025
ކަލޭތީ ގޮތެއް ފޮތެއް ނެތް ލަދު ކުޑަ މީހެއް ކަން މުޅި ދުނިޔެ ދަނޭ.
raajje
27 October 2025
ތިހެންގަދަބަސްބުނެބުނެ ހުންނަން ނަތަންޔާހޫގެ އުމުރުގާ މާގިނަދުވަސްއޮތްކަމަށް ނުބެލެވޭ! އެންމެފަހުން އިޒުރޭލުން ފަލަސްތީނާދެކޮޅަށްހިންގިޖަރީމާތަކުގައި އިޒުރޭލުގެ ވާނުވާނޭންގޭ އާންމުނަންނަށް ހިތްވަރުދީ ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާކޮށް ޖެއްސުންކުރަން މަގުތަކަށްނެރެފައިވާތަންފެނެއެވެ، ކުރިޔަށްއޮތްތަނުގައި މިއަނިޔާވެރިކަން ހިނގަމުންދާނީ އިޒުރޭލުމީހުނާ އިޒުރޭލުމީހުންގެމެދުގައިކަމަށްވެސް އަޅުގަނޑުގެވިސްނުމަށްފެނޭ