ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު "ވަރަ އެކްސްޕޯ 2025" އިފްތިތާހުކޮށްދެއްވަން ވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
07 ނޮވެމްބަރ 2025 - 09:53
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިންތިޒާމު ކޮށްގެން ހުޅުމާލޭގައި ބާއްވާ "ވަރަ އެކްސްޕޯ 2025" ރައީސްގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އިއްޔެ އިފުތިތާހުކޮށްދެއްވައިފި އެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި މާދަމާ ރޭގެ 10 ޖަހަންދެން ކުރިއަށް ގެންދާ "ވަރަ އެކްސްޕޯ" ފެށީ އިއްޔެ ހަވީރެވެ.
ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު "ވަރަ އެކްސްޕޯ 2025" އިފްތިތާހުކޮށްދެއްވައި ހަޔަ އެޑިއުކޭޝަންގެ ފޮތް ނެރެދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުން ބުނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބާއްވާ އެ އެކްސްޕޯގައި ތައުލީމާއި ތަމްރީނާއި ހުނަރާ ގުޅުން ހުރި މުއައްސަސާތަކާއި ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވާ ފަރާތްތައް ހިމެނޭހެން 166 އެގްޒިބިޓަރުން ބައިވެރިވާ ކަމަށެވެ.
އެ އެކްސްޕޯ މެދުވެރިކޮށް، ވަޒީފާ އާއި ދަސްވާރުކަމުގެ ފުރުސަތުތައް ހުޅުވާލެވިފައިވާ ކަމަށާއި ވަޒީފާގެ ބާޒާރާއި ތައުލީމާއި ތަމްރީނާ ގުޅުން ހުރި މަސައްކަތު ބައްދަލުވުންތަކާއި ޕެނަލް ޑިސްކަޝަންތައް ވެސް އެ އެކްސްޕޯގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ފަސްޓް ލޭޑީ ސާޖިދާ އިއްޔެ "ވަރަ އެކްސްޕޯ" ބައްލަވައިލައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުން ބުނީ އެ އެކްސްޕޯ އިފްތިތާހުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، މިދިޔަ ދެ އަހަރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ ކާމިޔާބު މަސައްކަތްތައް ދައްކުވައިދޭ ހާއްސަ ފޮތް، "ކުރިމަގަށް ތައްޔާރު ދިވެހިރާއްޖެ - ތަޢުލީމާއި ތަމްރީނުގެ އާ ޒަމާނެއް" ވެސް ފަސްޓް ލޭޑީ ސާޖިދާ ނެރެދެއްވި ކަމަށެވެ.
އެ ރަސްމިއްޔާތަށް ފަހު، ފަސްޓް ލޭޑީ އެ އެކްސްޕޯ ބައްލަވައިލެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޭ މިހިރަ ދިދަޔާ
07 November 2025
ދިވެހި ބަހުން ނަންބޯޑުތައް ނެތީ ގައުމިއްޔަތު ކުރިއަރުވަން ތޯ!؟
ސާހިދު އަލިފުޅު
07 November 2025
އެކުސްޕޯއޭ؟ އަޅޭ ނުވާނެތައަންތަރީސް ސަތަރި ޓެންޓްގަޱެއްޖަހާފަ އެކުސްޕޯއޭ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ އަގުބޮޱު މަންޒިލް މިވަރުގެ ކަމެއްކޮށްލަންވެސް އެކަށީގެންވާވަރުގެ އިމާރާތެއް މިޤައުމުގަނެތޭ. ޔާނުއަށް ވެރިކަންލިބުނުދުވަހަކުން އަޅާލާނަން ފިސާރި ވަރުގަދަ އިމާރާތެއް ބަލަންތިބޭތި.
ނަމަމަ
07 November 2025
ތި އެކަންޏެއް ނޫނެންނު.. އެތާ ހުރި ބޮޑު ޓެންޓެއްތެރޭގަ ހިންދީ ޑިސްކޯ ލަވަ އަޑުގަދަކޮށް ޖޙާފަ ޑިސްކޯ އަޅުވާފަ ލައިޓް އަޅުވާފަ ހުރީ. ބަންގާޅު އިންޑިއާ ޅަފުރައިގެ ފިރިހެން ކުދިން ނަށާ ނެގީ.. އެމީހުން ގައިން ދުވާ ވަހުން އެތަނަށް ބޯ ދިއްކޮށްލަން ކެރޭ ވަރެއް ނޫން.. ހީވަނީ ބަންގާޅު އިންޑިއާ ކުދިންނަށް ހޯލީ އައިސްގެން އުޅޭހެން..
ހަގީގަތް
07 November 2025
ޔާމީން ވެއްޖިއްޔާ ކުރާނެ. ފެންނާނެ.
ބޭޗާރާ
08 November 2025
އަޅާނެ. އޭރުން ސިޔާސީމީހުންގެ އެހީގެ ގޮތުގައި ލިބެންވެސް ލިބޭނެ.