10 ނޮވެމްބަރ 2025 - 21:01
ދިރާގުން އެ ކުންފުނީގެ ތިން ވަނަ ޑޭޓާ ސެންޓަރު ނ. ވެލިދޫގައި މިއަދު ހުޅުވައިފި އެވެ.
ވެލިދޫގައި ބޭއްވި ހާއްސަ ހަފްލާއެއްގައި އެ ޑޭޓާ ސެންޓަރު ހުޅުވައިދެއްވީ، ދިރާގުގެ ސީއީއޯ އަދި އެމްޑީ، އިސްމާއިލް ރަޝީދު އާއި ނ. ވެލިދޫ ކައުންސިލުގެ ރައީސް އާތިފް ހުސައިން އެވެ. މިއީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާކޮށް، ޓެކްނޮލޮޖީގެ ހިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމުގައި އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުން ހާސިލުވި މުހިންމު ލަނޑުދަނޑިއެއް ކަމަށް ދިރާގުން ބުންޏެވެ.
މި ޓިއާ-3 ރެޑީ ޑޭޓާ ސެންޓަރަކީ ދުނިޔޭގެ ފެންވަރުގައި އިތުބާރު ހިފޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ދިރާގުން ކުރާ މަސައްކަތްތަކުގެ ތެރެއިން ގާއިމްކޮށްފައިވާ ސެންޓަރެކެވެ. އެ ޑޭޓާ ސެންޓަރުގެ އެހީގައި، އެ ސަރަހައްދަށް ނިސްބަތްވާ ރިސޯޓުތަކާއި ކުންފުނިތަކަށް ހިދުމަތްފޯރުކޮށްދޭ ތަންތަނާ ގާތުގައި ޑޭޓާ ރައްކާތެރިކުރެވޭނެ އެވެ. މީގެ އިތުރުން، ކްލައުޑް ބޭސްޑް ހިދުމަތްތަކާއި، އެކި އެޕްލިކޭޝަންތައް ބޭނުންކުރުމުގައި އިތުރު ލުއިފަސޭހަތައް ލިބި، ދެމެހެއްޓިނިވި ގޮތެއްގައި ވިޔަފާރި ކުރިއަށް ގެންދިއުމަށް މަގުފަހިވެ، ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ވަނީ މި އަހަރުގެ ކުރީކޮޅު ރާއްޖޭގެ އެންމެ ފުރަތަމަ ޓިއާ-4 ސެޓިފިކޭޝަން ހޯދައިފައިވާ ޑޭޓާ ސެންޓަރު ކަމުގައިވާ ދިރާގު ހުޅުމާލެ ޑޭޓާ ސެންޓަރު ހުޅުވައިފަ އެވެ. މިއީ އަޕްޓައިމް އިންސްޓިޓިއުޓް އިން ޑޭޓާ ސެންޓާ ރިލައިބިލިޓީއަށް ކަނޑައަޅައިފައިވާ އެންމެ މަތީ މިންގަޑެވެ.
ދިރާގުން ދަނީ ދަނީ ދެމެހެއްޓެނިވި ތަރައްގީއަށާއި ރަށްރަށުގެ ކުރިއެރުމަށް ޓެކްނޮލޮޖީގެ އެހީގައި އިތުރު މަގުތައް ފަހިކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޜދފ
10 November 2025
ޑޭޓާސެންޓަރުތައް އިތުކޮށް އަގުތައް ތިރިކުރެވޭތޯ ބަލާބަލަ.
އަލިމަސް2
10 November 2025
ތިކަމެއްނުވާނެ
ހުސެންދިރާގު
10 November 2025
ނެތޭ ތިކަން ވާކައް ކަރަންޓް އަގު ހެޔޮ ވީމަ ވާނީ