ޑޮމެސްޓިކް ދަތުރުތައް ކުރާ މަތިންދާބޯޓުތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި: މިއީ އެއާޕޯޓްގެ ޑޮމެސްޓިކް ދަތުރުތައް ގިނަ ދުވަހެއް ކަމަށް ފްލައިޓް އިންފޮމޭޝަން ސިސްޓަމުން ދައްކާ. -- ފޮޓޯ: މިހާރު
14 ނޮވެމްބަރ 2025 - 15:58
މިއަދު 50 އަށް ވުރެ ގިނަ ޑޮމެސްޓިކް ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލްކޮށްފައިވާ ކަމަށް އެއާޕޯޓްގެ ފްލައިޓް އިންފޮމޭޝަން ސިސްޓަމުން ދައްކައިފި އެވެ.
މިހާ ގިނަ އަދަދަކަށް ފްލައިޓްތައް ޝެޑިއުކޮށްފައި ވާއިރު އެއާޕޯޓްގެ ޑޮމެސްޓިކް ފްލައިޓްގެ އޮޕަރޭޝަން ވަނީ ވަރަށް ބޮޑަށް ބިޒީވެފަ އެވެ.
އާންމު ފްލައިޓް ޝެޑިއުލްގެ އިތުރުން އިއްޔެ އާއި މިއަދު ޗާޓަރު ފްލައިޓްތައް ވެސް ގެންދަނީ ބާއްވަމުންނެވެ. މީގެ ގިނަ ދަތުރުތަކަކީ ސަރުކާރު ހިންގާ ޕީއެންސީން މިރޭ ބާއްވާ ބޮޑު ޖަލްސާއަށް މީހުން އުފުލުމަށް ބާއްވާ ދަތުރުތަކެކެވެ.
ޝެޑިއުލުން ދައްކާ ގޮތުގައި ރޭ މެންދަމު 1:00 އިން ފެށިގެން މިރޭ 11:30 އާ ހަމަޔަށް 50 ފްލައިޓް ޝެޑިއުލްކޮށްފައިވެ އެވެ. މިއީ މޯލްޑިވިއަން އާއި މަންޓާ އާއި ވިލާ އެއާގެ ދަތުރުތަކެވެ.
މީގެ ކުރިން އެތެރޭގެ ދަތުރުތަކަށް މިހާ ބާރު ބޮޑުވަނީ ޗުއްޓީ ދުވަސްވަރާ ދިމާކޮށެވެ. ބައެއް ޗުއްޓީތަކާ ދިމާކޮށް މީގެ ކުރިން ދުވާލަކު 50 އަށްވުރެ ގިނަ ޑޮމެސްޓިކް ދަތުރުތައް ކޮށްފައިވެ އެވެ. ކުރިން އާންމުކޮށްފައިވާ ބައެއް މައުލޫމާތުން ދައްކާ ގޮތުގައި އާންމުކޮށް އޮންނަނީ ދުވާލަކު 20-30 ދަތުރެވެ.
އިއްޔެ ވެސް ޖަލްސާއަށް މީހުން ގެނައުމަށް ގިނަ އަދަދެއްގެ ފްލައިޓްތައް އޮޕަރޭޓްކޮށްފައި ވާއިރު ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު އޭ330-200 އިން އައްޑޫ ގަމަށް ފުރަތަމަ ފަހަރަށް ފްލައިޓެއް ބާއްވާފައިވެ އެވެ. އެއީ ވެސް ޖަލްސާއަށް މީހުން އުފުލަން ބޭއްވި ފްލައިޓެކެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ބޮޑު ޖަލްސާއަށް އެ ޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން މާލެ އައިސްފައި ވާއިރު އަދިވެސް މީހުން އަންނަމުންދެ އެވެ.
ރާއްޖެ އޮތީ ކޮން ފިކުރެއްގައި ކަމާއި ދިވެހިން ތިބީ ކޮން ލީޑަރެއްގެ ފަހަތުގައިކަން ވަރަށް ބޮޑަށް އެ ޖަލްސާއިން ސާފުވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވުކްސްއެ
16 November 2025
މިކަހަލަ ކަންކަމާހެދި ގައުމީ އެއާލައިނަށް ފައިދާ ނުވަނީ
ޢާދަނުބެ
15 November 2025
ގިނަ މީހުން އައީ ރުފިޔާ ލިބިފަފުރީކޮށް ސޮޕިން ކޮށްލަން މާލެ އާދެވޭތީ މަވެސް އައީ އެހެންވެ
ސިދުގީ
15 November 2025
ދިވެހިންގެ އެއާޕޯޓާއި ދިވެހިންގެ އެއަރ ލައިން ތަކުގެ ގާބިލްކަން ހާމަ ކޮށްދިން ދުވަހެއް.. ދިވެހިންނަށް ނުވާނޭ ކިޔައިގެން އެމްޑީޕީން ވިއްކާލި އެއަރ ޕޯޓް ދިވެހިން ހިންގާލަނީ އެހެން ލެވެލް އެއްގަ.. މަރުހަބާ އެމްއޭސީއެލް އަދި ދިވެހި އެއަރ ލައިން ތަކަށް
ބޯގޯސްޗަކޮއެ
15 November 2025
ކޮމެންޓު ތަކުން ހީވަނީ ފުލައިޓު ޗާޓަރ ކުރުމަކީ މައްސަލަ އެއްކަމަށް. ބަލަ ފައިސާ ދީފަ ޗާޓަރ ކޮށްގެން ފުލައިޓު ދަތުރުކުރީ ސިޔާސީ ޕާޓިމިއަކުން، ކުންފުތަކަށް ދޭންޖެހޭ ލާރި ދީގެން.. އިކޮނޮމިކަލީ ސްޓޭބަލް އޮޕަރޭޝަނެއް، ޕީއެންސީ އަކީ ގައުމީ ރެކޯޑު މުގުރާ ޕާޓީ.
ވެރިބު
16 November 2025
ވެރިކަން ވެއްޓުނީމަ އެނގޭނީ ތިބުނާ ފައިސާއެއްދެއްކިކަމެއް. ކޮންމެ ސަރުކާރަކުންވެސް ތިބުނާ ޗާޓަރެއްކުރޭ. ނިމޭއިރު އޮންނަނީ ޕާޓީން ފައިސާނުދައްކާގެން ކޯޓަށްގޮސް އެއާލައިނައް ގެއްލުންވެފަ.
ޕީއެންސީ
15 November 2025
ޕީއެންސީ ގެ ތަރައްގީގެ ފިކުރުން މުޅި މާލެ ފުރާލީ ދިވެހިރާއްޖޭގައި އަލަށް ހެދި ތިން ރެކޯޑާއި އެކު، ސިޔާސީ ޕާޓީއަކުން އެންމެގިނަ މީހުން ނެރުނު ޖަލްސާ، ސިޔާސީ ޕާޓީއަކުން އެންމެ ގިނަ ފުލައިޓު ޗާޓަރ ކުރި ދުވަސް، ސިޔާސީ ޕާޓީއަކުން ޑޮމެސްޓިކް އެއާޕޯޓުގެ އޮޕަރޭޝަނަށް 50 ށް ވުރެ ގިނަ ފުލައިޓު ދަތުރު ކުރުވި ދުވަސް . ޝުކުރިއްޔާ ރައީސް ޑރ މުއިއްޒު.
ސިޔާސީން
15 November 2025
މީވަރަށް ބޮޑު ކުރިއެރުމެއް، ގައުމީ އެއާލައިން އާއި، އަމިއްލަ އެއަރ ލައިން ތަކުގެ ކެޕޭބިލިޓީ ވަޒަން ކޮއްލި އެއްވުމެއް. ގައުމު މިދަނީ ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް ކަން ސާބިތު ކޮށްދީފި، ސުކުރިއްޔާ ރައީސް.. އަނެއްކާވެސް އާ ރެކޯޑެއް.
ޖިބްރީލް އަމީން
15 November 2025
މީގެން އެނގެނީ ރައްޔިތުން ތިބީ ރައީސް މުޢިއްޒުގެ ދައުވަތު ގަބޫލު ކުރައްވަގެން އަންނަ ހިތުންކަން. ނުރުހޭ މީހަކު ނުވަތަ ހަގީގީ އިދިކޮޅު މީހަކު ކިތަންމެ ބައިވަރެއް ދިނަސް ނާންނާނެ. ރައީސް ދެއްވި ދައުވަތު ގަބޫލު ކުރައްވައިގެން ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް މަރުހަބާ
ކޮސް
14 November 2025
މީގަ އެންމެ ހެއްވާ ކަމަކީ ރަޢީސް މުއިއްޒަށްވެސް އެނގޭކަން ސަޕޯޓެއްނެތްކަން.ދެން ގަދަކަމުން މީހުން ގެނައުމަކީ އުފަލެއްނެތް ކަމެއްކަން.
ސީދިބެ
14 November 2025
ވިސްނާލަބަލަ, އަންނަ އަހަރަށް ސްކޫލް ހުޅުވަން މިހާ ކާރިވެފައި އިން އިރު ފުލެޓް ތަކަށް ކަރަންޓް އަދި ފެން ވީހާވެސް އަވަހަށްލާ އެތަންތަން އަވަހަށް ހަވާލު ކުރުމުގެ ވިސްނުމެއްވެސް ނެތް, އަދި އިއެއިން ވާހަކަވެސް ނުދައްކާ, މީ ކޮންބަޔެއް, 3 ދުވަހު ހުރުމާއި ދެކޮޅު ޓިކެޓް, އަދި 3500 ރުފިޔާ ދިނީމަ ޖަލްސާ އަށް އަންނަން ވޭނުންވާނެ, ތާއިދު ނެތަސް, އެހާވެސް ރައްޔިތުން ފަގީރު ވީމަ.
ސަޓޯ
14 November 2025
3 ދުވަހު ހުރުމާއި ދެކޮޅު ޓިކެޓް, އަދި 3000 ރުފިޔާ ދިނީމަ ޖަލްސާ އަށް އަންނަން ވޭނުންވާނެ, ތާއިދު ނެތަސް, އެހާވެސް ރައްޔިތުން ފަގީރު ވީމަ.