"އެކުވެރިކަމުގެ މެޗުތަކެއް އުމުރުފުރާތަކުގެ ޓީމުތަކަށް ވެސް މުހިންމު"
ރާއްޖެ އާއި ފަލަސްތީނުން ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު --- ފޮޓޯ: އެފްއޭއެމް
16 ނޮވެމްބަރ 2025 - 21:26
ފަލަސްތީނާ ދެކޮޅަށް ރާއްޖޭން ކުޅުނު ދެ މެޗަކީ އުމުރުފުރާތަކުގެ ގައުމީ ޓީމުތަކަށް ކުރިން ނުލިބި އޮތް ފުރުސަތެއް ފަހިވި ދެ މެޗުކަމަށް ރާއްޖޭގެ 17 އަހަރުންދަށުގެ ގައުމީ ޓީމުގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް ބުނެފި އެވެ.
އޭއެފްސީ 17 އަހަރުންދަށުގެ އޭޝިއަން ކަޕް ކޮލިފައިން އަށް ތައްޔާރުވުމަށް ފަލަސްތީނުގެ ޓީމުން ރާއްޖޭގައި ކުރިއަށްގެންދާ ޓްރޭނިން ކޭމްޕްގައި އެ ޓީމުން ވަނީ ރާއްޖޭގެ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗު ކުޅެފަ އެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ފަލަސްތީނުގެ ޓީމުން ކާމިޔާބު ކުރީ 3-0 ންނެވެ. ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅެ ފަލަސްތީނު މޮޅުވީ 6-0 ންނެވެ.
ސޮބާ ބުނީ ފަލަސްތީނުގެ މެޗަކީ އުމުރުފުރާތަކުގެ ގައުމީ ޓީމުތަކަށް މީގެ ކުރިން ނުލިބިތޮތް ފުރުސަތެއް ފަހިވި ދެ މެޗު ކަމަށެވެ.
އުމުރުފުރާތަކުގެ ގައުމީ ޓީމުތަކަށް މީގެ ކުރިން އެކުވެރިކަމުގެ މެޗުތަކެއް ކުޅޭކަށް ފުރުސަތެއް ނުލިބެ އެވެ.
"އުމުރުފުރާތަކުގެ ޓީމުތަކަށް ވެސް ބޭނުންވާ ފުރުސަތެއް އެއީ. މިއީ ފެށުމެއް ކަމަށް އުއްމީދު ކުރެވޭ،" ފަލަސްތީނުގެ މެޗާ ބެހޭގޮތުން ސޮބާ ބުންޏެވެ.
އޭނާ ބުނީ އެ މެޗުތައް ރާއްޖެއަށް މުހިންމު ވަނީ ކުޅުންތެރިންގެ ވާދަވެރި މެޗުތަކަށް ހޭނުވުމުގެ ގޮތުން ކަމަށެވެ.
"މިކަހަލަ މެޗުތަކަކުން އެ ބިރު ކެނޑޭނީ ވެސް،" ސޮބާ ބުންޏެވެ.
"މުހިންމު އަނެއް ކަމަކީ ކޮންމެ ޓީމަކާ ދެކޮޅަށް ކުޅުނަސް ރާއްޖޭގެ އޯޕަން އެޓޭކިން ގޭމް ކުޅެވޭތޯ ބެލުން. އެކަން އަޅުގަނޑުމެން މި ދަމަހައްޓަނީ ސާފުން [ސާފްގެ 17 އަހަރުންދަށުގެ ޗެމްޕިއަންޝިޕުން] ފެށިގެން."
ފަލަސްތީނާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭން ކުޅުނީ ޓީމުގެ އެންމެ މުހިންމު ފޯވާޑް މުހައްމަދު އިލާން އިމްރާން ނުހިމަނަ އެވެ. އުމުރުން 16 އަހަރުގެ އިލާން، ސީނިއާ ޓީމަށް ނަގާފައިވުމުން އޭނާ ހުސްވެ ހުރީ އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސާ ދެކޮޅަށް އަންގާރަ ދުވަހު ކުޅޭ މެޗަށެވެ.
ސޮބާ ބުނީ އިލާންގެ ސްކޫލް އިމްތިހާނެއް ކުރިމަތީގައި އޮތުމުން 17 އަހަރުންދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވެސް އޭނާ ނުކުޅޭނެ ކަމަށެވެ.
އެ ޓީމުގައި ހިމެނޭ ވެލެންސިއާގެ ފޯވާޑް އައިދު ވެސް އަނިޔާގެ ސަބަބުން ކޮލިފައިން މުބާރާތުގައި ނުކުޅެވޭނެ އެވެ.
އޭއެފްސީ 17 އަހަރުންދަށުގެ ކޮލިފައިންގައި ރާއްޖެ ހިމެނޭ ގުރޫޕްގެ މެޗުތައް ކުޅޭނީ ތައިލެންޑްގަ އެވެ.
ރާއްޖެ އާއި ތައިލެންޑްގެ އިތުރުން އެ ގުރޫޕްގައި ދެން ހިމެނެނީ ކުވައިތާއި ތުރްކްމެނިސްތާން އަދި މޮންގޯލިއާ އެވެ. މުބާރާތް ފަށާނީ އަންނަ އާދިއްތަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހަމަދު
17 November 2025
ވިހި ތިރީސް އަހަރު ވީ އިރުވެސް ހަމަ، ތަޖުރިބާ ހޯދުމުގައި، އަބަދުވެސް ރަނގަޅު ތަޖުރިބާއެއް ލިބޭނީ، އާ ޒުވާން ކުޅުންތެރިންނަށް ރަނގަޅު ފުރުޞަތަކަށްވާނީ، އެކަމަކު އެއްވެސް ކަމެއްގައި ކުރިއެރުމެއް ނުލިބޭނެ. ސޮބާހުމެން ތަޖުރިބާ ހޯދުމުގައި ވިހި އަހަރުވެގެން ދިޔައިރު ވަށާއިގެން މި ތިބި ކުރިކެޓް ކުޅޭ އެންމެންވެސް ގޮސް ފުޓްބޯޅައިން ދިވެހިގެން އަތު ނުޖެހޭ ހިސާބަށް ގޮސް ނިމިއްޖެ.
ބެލެނިވެރިއެއް
17 November 2025
ކުރިން ފުޓުބޯޅަ ކުޅުނު މީހުންގެ ތެރެއިން ދެތިން މީހަކު އެއްވެލައިގެން އެކި ނަން ނަމުގަ ފުޓުބޯޅަ އެކަޑަމީތައް ހަދައިގެން ބެލެނިވެރިން އަތުން ލާރި ނަގައިގެން އެމީހުންގެ ޅަ ދަރިން ގެންގޮސްގެން ދިހަ ބާރަ އަހަރުވަންދެން ކުރާ ކަމެއްގެ ނަތީޖާއެއް ނުފެނޭ، ގްރޭޑް 2-1 ގައި އުޅޭ ކުދިންތަކެއް އަތައް ބޯޅައެއް ދީފަ ކުޅޭށޭ ބުނީމައި އުޅޭ ގޮތާ ދިވެހިރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީޓީމު ކުޅޭ ގޮތާ އެއްވެސް ތަފާތެއް ނެތް. ފުޓުބޯޅައޭ ކިޔަން ސޮބާ މެން ލަދެއް ނުގަނޭ
ވެންގާ
17 November 2025
އެންމެ ލަނޑެއްވެސް ނުޖެހުނޭ ތިމޮޅު އޯޕަން އެޓޭކިން ގޭމް ކުޅުވާގެންވެސް.. ދެން ކުށްވެރިކުރާނީ ސަޕޯޓަރުން.. ތިޖީލްގެ މީހުންތައް ފުޓްބޯޅަ ކޮންޓްރޯލްކުރުން ހުއްޓާލީމަ ފުޓްބޯޅަ ކުރިއަރާނީ..
ޖެރާ
17 November 2025
އަމިއްލަ ދަނޑުގައި 9 ގޯލްޓީމް ކޮޅަށް ޖެހީމަވެސް އަދި ވެސް ފޮނި އަނގަ ތަޅައޭ.. ދުވަހަކު ބަލިޤަބޫލެއް ނުކުރާނެ.. ކުޅުނު ބޯޅަކުއްވެރި ނުކުރިކަން ނަސީބު..
ފުޓުބޯޅަ ފޭން
17 November 2025
2022ވަނައަހަރުގެ ދެވަނަ ޑިވިސަންގަ މުބާރާތުގެ ފަހު މެޗުގެ ފުރަތަމަ ހާފުގަ ނިއުރޭޑިއަންޓުން 5ލަނޑު ޖަހާފައިވަނިކޮށް ފަހު ހާފުގައި ކުޅެން އަރައި މަހިބަދޫ އިން ނިއުރޭޑިއަންޓް ކޮޅަށް 5ލަނޑުޖަހައި މެޗު އެއްވަރުކޮށްގެން ނިންމާލި އިރުވެސް ކުރާނެ ކަމެއް ނޭގިފަ މި ސޮބާ ބެންޗުގަ ހުރި. މި މެޗު އެއްވަރު ވުމުގެ ނަތީޖާ އަކީ ނިއު އަށް އޮޓަމެޓިކް ޕްރޮމޯޝަން ޖާގަ ގެއްލުން. މި މެޗާ ހަމައަށް އައިއިރު މަހިބަދޫ އަކީ އެއްވެސް ޓީމެއް ކޮޅަށް ލަނޑެއް ޖެހުނު ޓީމެއް ނޫން،