ހައްޔަރުކުރި ފަސީހް.
20 ނޮވެމްބަރ 2025 - 13:42
ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް ފަރުވާ ހޯދަންދާ ކްލައިންޓުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ހިންގާ މައްސަލައެއްގައި އެތަނުގެ މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ މުހައްމަދު ފަސީހު، 51، ސ. ފޭދޫ، އެވެ.
އެ މީހާ ހައްޔަރުކުރީ އެންޑީއޭ އިން އެ މައްސަލަ ހުށަހެޅުމުންނެވެ.
ފުލުހުން ބުނީ އެންޑީއޭ އިން ފަރުވާ ހޯދާ ކްލަޔަންޓުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ހުށަހެޅީ މި މަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކުރި މީހާއަކީ އެންޑީއޭގައި ޕިއާ މެންޓާއެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި މީހެކެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ މިއަދު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މީހާ ހައްޔަރުކޮށް މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މީގެ ދުވަސްކޮޅެއް ކުރިން ސޯޝަލް މީޑިއާގައި މި މައްސަލަ ފެންމަތިކޮށްފައިވެ އެވެ. އެ މީހާއަށް ތުހުމަތުކޮށްފައިވާ ގޮތުގައި، ޖިންސީ ގޯނާކޮށް އެ މީހުންގެ ބަރަހަނާ މަންޒަރު ވީޑިއޯކުރާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަހުދު.
22 November 2025
މިކަމާބެހޭގޮތުން އޮނަރޭގެ 5 ސަފުހާގެ ބަޔާނެއް ނެތްބާ
ކޮރަޕްޓު ޓު ކޯ
20 November 2025
ޑުރަގު ކައުންސިލަރުން އެޑިކުޓުންނާ ހިތާވުމާ ބެހުމާ މީ ރާއްޖޭގައި ކުރިއްސުރެވެސް ހިނގާ ކަމެއް. ދެން ޕޮލިސް ބައެއް އައިއޯ އިންނާ ލޯޔަރުންގެ ވެސް އެބައި އޮވޭ. މިގައުމުގައި އެތިކުސް އޭ ކިޔާ އެއްޗެއްގެ ކަންފުޅެއް ވެސް ނެތް
ސަމްސުންނިސާ
20 November 2025
މިގައުމަކީ އޭގެ ޒާތުގާވެސް ފައްކާ ޖޯކެއް.
މަ ބުނީ
20 November 2025
ގޭންގު ހިންގުން ހުއްޓާލީމަ ލިބުނު ވަޒީފާއިން ކުރަށްފެށި ވިޔަފާރި ޖީ އެސް ޓީ އަށް ރަޖިސްޓްރީ ކުރިބާ !
މިލޭނިއަލްސ
20 November 2025
ފްލޮރިޑާ ފަސީހަކީ 1990 އަހަރު ތަކުގައި ރާއްޖޭގައި އުޅުނު ކުއްވެރިންގެ ތެޜޭގައި ޓޮޕް 10ގެ ކުއްވެރިއެއް! ތީނަގެ ކުށުގެ ރެކޯޑުން 600 ޕޭޖްގެ ފޮތެއްލިޔެވޭނެ ކަމާމެދު ޝައްކެއްނެތް. މީހަކު ރަނގަޅުވެސް ވެދާނެ، އެކަމަކު، މަށައް ގޯހީ ތި ވަޒީފާ ދިންމީހުން.
ބަސްތާ
20 November 2025
އެހުރީ އެކޫދު ހުރިގޮތް.
ރަދީފު ބިން ރަފައިދާ
20 November 2025
ތިސޮރަށް 51؟ އަނެއްކާ ބޮލުގާ އެއިނީ ވިގަކަށް ތުހުމަތުކުރެވޭ އެއްޗެއްނޫންބާ؟
ޕިސް
21 November 2025
mihaaru ހުންނަނީ މިހެނެއް ނޫން ! މީ ކުރީގެ ފޮޓޯއެއް. ވިގެއްވެސް ނޫން އޭނަގެ އަސްލު އިސްތަށި!! މީނަ ޖަލުގަވެސް މި ގަނޑެއް ގަންނަ ކަމަށް އަޑުއަރާފަ އޮތީ!!
ގުލްޗަމްޕާ އިދުރީސް
20 November 2025
ފްލޮރިޑާގޭ ފްލޮރިޑިއަން މޭން (ޕލޒ ގެޓު)
ބޭޗޭނާ
20 November 2025
ދިވެހި ރާއްޖޭގެ ގުޅުން، ބައިނަލް އަގުވާމީ ގުޅުން، މީ ހައްތަހާވެސް ގުޅުން. މީނަ ހިންގާ ގުޅުމެއް ގޯސްކަމަށް ވާނަމަ ބުނެދީބަލަ. އަހަރެން ބޭނުމެއްނުން އެސިއުމް ކުރާކަށް.
ބައްޕީލެހެރީ
20 November 2025
ބޭބޭ ކޮއްކު އަންކަލް ގެ ރިކުއަސްޓަކަށް ވަޒީޕާ ދޭ ގައުމެއްގައި މިހެންވެސްވާނެ. ސީވީގެ ބަދަލުގައި ބަލަނީ މޫނަށް، ރީތިވެއްޖެއްޔާ ޔޫސެޓެއް ލިބިފައި އޮތަސް ސީވީގައި ބުރަދަނެއްނެތަސް ވަޒީފާހަމަޖެހޭ. އޭރު އަންކަލް ނޫނީ ތިމާގެ މީހެއް އޮންނާނީ އެތެރޭން އެތެރޭން ބޮޑުމީހާއަށް ގުޅާ ހަމަޖައްސާފައި. މީމިގައުމުގެ ވަޒީފާދޭގޮތް.