އެސްޓީއޯ މާކެޓަށް ނެރެފައިވާ ޑައިސަން ވެކިއުމް ކްލީނާ. -- ފޮޓޯ: އެސްޓީއޯ
23 ނޮވެމްބަރ 2025 - 16:01
އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން ރާއްޖޭގެ މާކެޓަށް އިނގިރޭސި ވިލާތުގެ މަޝްހޫރު "ޑައިސަން" ބްރޭންޑުގެ އުފެއްދުންތައް ތައާރަފު ކޮށްފި އެވެ.
ދައުލަތުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނިން ބާޒާރަށް ނެރުނު ޑައިސަންގެ އުފެއްދުންތަކުގެ ތެރޭގައި ސޯޝަލް މީޑިއާގައި ވެސް މަގުބޫލު އެ ބްރޭންޑުގެ ހެޔާ ޑްރަޔާ އާއި ހެއާ ސްޓްރެއިޓްނާ ފަދަ އިސްތަށިގަނޑު ސްޓައިލް ކުރާ ބާވަތްތައް ހިމެނެ އެވެ. މިއީ މިފަދަ ޕްރޮޑަކްޓުތަކުން އާއްމުކޮށް އިސްތަށިގަނޑަށް ލިބޭ ހީޓް ޑެމޭޖުން ރައްކާތެރިކޮށްދޭ ފަދަ ޓެކްނޮލޮޖީއެއް ހިމެނޭ އުފެއްދުންތަކެކެވެ.
އިސްތަށިގަނޑު ސްޓައިލްކުރަން ބޭނުންކުރާ ޑައިސަންގެ ޕްރޮޑަކްޓުތަކެއް
އެ އުފެއްދުންތައް ރާއްޖެ އަށް ތައާރަފު ކުރުމަށް އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން ބޭއްވި ހާއްސަ އިވެންޓުގައި އަނާ ސެލޫންއާ ގުޅިގެން މި ޕްރޮޑަކްޓުތައް ބޭނުން ކުރާނެ ގޮތް، އެ ސެލޫންގެ ސްޓައިލިސްޓުން ވަނީ ދައްކާލައިފަ އެވެ.
ޑައިސަން ހެއާސްޓްރެއިޓްނާއިން އިސްތަށިގަނޑު ސްޓައިލްކުރާނެ ގޮތް ކިޔައިދެނީ.
އިސްތަށިގަނޑު ސްޓައިލް ކުރުމަށް ހާއްސަ އުފެއްދުންތަކުގެ އިތުރުން ޑައިސަން ވެކިއުމް ކްލީނާ ވެސް އެސްޓީއޯ އިން މާކެޓަށް ނެރުނު ޕްރޮޑަކްޓުތަކުގެ ތެރޭގައި ހިމެނެ އެވެ.
އެ ކުންފުނިން ބުނީ ދުނިޔޭގެ މަގުބޫލު މިފަދަ ބްރޭންޑެއް ތައާރަފްކުރީ އެ ބްރޭންޑުގެ އޮތެންޓިކް އުފެއްދުންތައް އެންމެ ރަނގަޅު އަގުގައި ދިވެހިންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި މި ބްރޭންޑުގެ އިތުރު އުފެއްދުންތައް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ. އެގޮތުން ޑައިސަން އެއާޕިއުރިފަޔާ ފަދަ އެކި ޕްރޮޑަކްޓުތައް ގެންނާނެ ކަމަށް ބުންޏެވެ.
އެސްޓީއޯ ޖެނެރަލް ޓްރޭޑިންގައި ދުނިޔޭގެ ނަން މަޝްހޫރު އެކި ބްރޭންޑުތަކުގެ އުފެއްދުންތައް ވިއްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙިކްމީ
23 November 2025
މީ ވަރަށް ރަގަޅު ވެކިއުމް ކްލީނަރެެއް. ގެންގުޅެން ވެސް ފަސޭހަ. މަ އެބަ ދަން ގަންނަން.
ތުުއްތަ
23 November 2025
ޑައިސަން އަތުވެއްޖެ. ދެން ޓައިސަން އަންނަނީ ކޮންއިރަކުންތޯ؟