25 ނޮވެމްބަރ 2025 - 15:35
ދިރާގު ފިންޓެކް އިން ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ކޮފީއެއް ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފި އެވެ.
މި ޕްރޮމޯޝަންގައި، ހުޅުމާލޭގައި ހުންނަ ދަ ކޮފީ ބީން އެންޑް ޓީ ލީފް މޯލްޑިވްސްއިން ތައްޔާރުކޮށް ވިއްކާ ހާއްސަ ބުއިންތައް 1ރ. އަށް މާދަމާ ލިބޭނެ އެވެ. މި ޕްރޮމޯޝަނުގައި ހިމެނެނީ އެތަނުގައި ވިއްކާ 12 އައުންސުގެ ބުއިންތަކެވެ. މި ޕްރޮމޯޝަނުގައި އަލަށް ދިރާގުޕޭ ބޭނުންކުރަން ފަށާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ.
ހުޅުމާލެ ފޭސް 1ގެ ގޮނޑުދޮށް ސަރަހައްދުގައި ހުންނަ ދަ ކޮފީ ބީން އެންޑް ޓީ ލީފް މޯލްޑިވްސްގައި ޕްރީމިއަމް އިންގްރީޑިއެންޓްސް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ތަފާތު ވައްތަރުތަކުގެ ކޮފީ އާއި ސައިގެ ބުއިންތައް ހުރެ އެވެ.
އެއްފަހަރާ 33 ކަސްޓަމަރުންނަށް ހިދުމަތް ދެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެ ތަނުން ދަ ކޮފީ ބީން އެންޑް ޓީ ލީފްގެ ހާއްސަ އުފެއްދުމެއް ކަމަށްވާ އައިސް ބްލެންޑެޑް ބުއިންތަކާއި އެކި ބާވަތްތަކުގެ ކާތަކެތި ވެސް ލިބެންހުރެ އެވެ. މީގެ ތެރޭގައި ޕޭސްޓްރީސް، ސޭންޑްވިޗް އަދި ފޮނިކާ ތަކެތި ހިމެނެ އެވެ.
ދިރާގުގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ދިރާގު ފިންޓެކްގެ މި ހާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުން ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢާޅި ޢަޑާޟޤ
26 November 2025
ސޭންޑްވިޗަކާއި ކޮފީއެއް ކިހާވަރަކަށް؟