ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތްކޮށްފައިވާ ޓަވަރުތައް: އެތަންތަން ހަވާލުކުރެވޭނެ ތާރީހުތައް ވަނީ އާންމުކޮށްފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
02 ޑިސެމްބަރ 2025 - 12:43
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓް ލިބުނު މީހުންނަށް އެތަންތަން ހަވާލުކޮށް ނިމޭނެކަމަށް މިހާރު ބެލެވޭ އާ ތާރީހުތަކެއް އެ ކުންފުނިން އިއުލާނުކޮށްފި އެވެ.
ހުޅުމާލޭ 2 ގައި އިމާރާތްކޮށްފައިވާ ފްލެޓުގެ ތެރެއިން އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުން ފްލެޓު ލިބުނު މީހުންނަށެވެ. މިދިޔަ އޮކްޓޫބަރު މަހުގެ ކުރީކޮޅުން ފެށިގެން ޓަވަރުގައި މީހުން އަންނަނީ ދިރިއުޅެމުންނެވެ.
އެފްޑީސީން ކުރިން ބުނެފައިވާ ގޮތުގައި ޑިސެމްބަރު މަސް ނިމޭއިރު އެ ޓަވަރަކުން ފްލެޓުތައް އެންމެންނަށް ހަވާލުކޮށް ނިމޭނެ އެވެ. އެކަމަކު މިހާރު އައިސްފައިވާ ބަދަލާ އެކު ފްލެޓުތައް ދީ ނިމޭނީ ޖެނުއަރީ މަހުގެ ފަހު ހަފްތާގައި ކަމަށް މިހާރު ވަނީ ބުނެފަ އެވެ.
- އަމާން އުދަރެސްގެ 11، 12، 13، 15 އަދި 16 ވަނަ ޓަވަރުން ފްލެޓު ލިބުނު މީހުންނަށް ހަވާލުކުރެވޭނީ މި މަހުގެ ދެވަނަ ހަފުތާ ހިސާބުގައި.
- އަމާން އުދަރެސްގެ 8 ވަނަ ޓަވަރުގެ ފްލެޓުތައް ހަވާލުކުރެވޭނީ ޖެނުއަރީ 3 ވަނަ ހަފުތާގައި.
- އަމާން އުދަރެސްގެ 1، 2، 3، 4 އަދި 7 ވަނަ ޓަވަރުގެ ފްލެޓުތައް ހަވާލުކުރެވޭނީ ޖެނުއަރީ 4 ވަނަ ހަފުތާގައި.
- އަމާން އުދަރެސްގެ 5 އަދި 6 ވަނަ ޓަވަރު ހަވާލުކުރެވޭނީ ޖެނުއަރީ 3 ވަނަ ހަފުތާގައި.
- އަމާން އުދަރެސްގެ 9 އަދި 10 ވަނަ ޓަވަރުގެ ފްލެޓުތައް ހަވާލުކުރެވޭނީ ޖެނުއަރީ 5 ވަނަ ހަފުތާގައި.
- އަމާން ދޯދި 1، 2، 3، 4، 12، 13، 14 ވަނަ ޓަވަރު - ޖެނުއަރީ ފަހު ހަފުތާގައި.
- އަމާން ދޯދި 15 އަދި 16 ވަނަ ޓަވަރު، ޖެނުއަރީ 2 ވަނަ ހަފުތާގައި.
- އަމާން ދޯދި 5، 6، 7، 8، 9، 10 އަދި 11 ގެ ޓަވަރުތައް ޖެނުއަރީ ފަހު ހަފުތާގައި ހަވާލުކުރެވޭނެ.
ހުޅުމާލޭގައި އަލަށް އެޅި ފްލެޓުގައި ބަޔަކު ދިރިއުޅެން ފަށާފައި-- ފޮޓޯ: ނިޝާން އަލީ | މިހާރު
އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން އިމާރާތްކޮށްފައިވާ އެ ފްލެޓުތައް ހަވާލުކުރަން ފެށުމަށް ސެކިއުރިޓީ ޑިޕޮސިޓް ދައްކަން ހުޅުވާލީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އެވެ. މިހާތަނަށް ގިނަ ބަޔަކު ވަނީ ސެކިއުރިޓީ ޑިޕޮސިޓް ދައްކައިފަ އެވެ. ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުން ފްލެޓްގެ ތަޅުދަނޑި ހަވާލުކުރާ ދުވަސް ޕޯޓަލް މެދުވެރިކޮށް އަންގާނެ ކަމަށް ކުރިން އެފްޑީސީން ބުނެފައިވެ އެވެ.
ތަޅުދަނޑި ހަވާލުކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަސް ވަންދެން ފްލެޓްތަކަށް ކުލި ދައްކާކަށް ނުޖެހެ އެވެ. އެކަމަކު ފްލެޓުގެ މެއިންޓެނަންސް ފީ ދައްކަން ޖެހެ އެވެ.
"އަމާން ދޯދި" ފްލެޓްގެ ސިޓިން ރޫމް އޭރިއާ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އެ ތަނުގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓުތަކެވެ. ދެ ކޮޓަރީގެ ފްލެޓުތަކަށް މެއިންޓެނަންސް ފީއާ އެކު 8،000ރ. މަހަކު ދައްކަން ޖެހޭއިރު ތިން ކޮޓަރީގެ ފްލެޓަށް މެއިންޓެނަންސް ފީއާ އެކު ނަގަނީ 11،500ރ. އެވެ.
އެ މަޝްރޫއުގައި ހިމެނޭ 17-18 ބުރީގެ 32 ޓަވަރުގެ މަސައްކަތް އެއްކޮށް ނިމި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސައުދުބެ
02 December 2025
ރޯދަމަހު ދިނީމަ ހުންނާނީ ރާކަނި މަސް ކެވިފަ, މަސްދަޅުކޭސް ފަހުންލިބޭނީ, ސްކޫލް ހުޅުވަންވާްިރަ ބަދިގެ ހަދާ ނުނިމޭނެ, މެޑަމް އަށް އިގޭނެ, ސްކޫލް ކުދިން ގޮވާގެން ތި ފުލެޓްބލިބުން މީހުން އުޅެންޖެހޭ ހާލު, ހުޅުމާލެ މެންބަރު އަންހެނުންނަށް ޖޮބު ލިބުނީ މިކަމާއި ކަންބޮޑު ނުވާނެތާ.
ސިރޭ
02 December 2025
ޙާހާ، ރޯދަމަސް ފެށޭނީ ފެބްރުއަރީ 18، އެހެންވީމަ އެންމެން އުޅޭނީ ރޯދަމަހު ބަދިގެ ހަދަން ބެންޗު ގަނޑެއްވެސް ނެތް އަތާގަ، އެހެންވީމާ ރޯދަ މަހު ފޯރި އަރުވަންތާ ތިހާލަހުންދެނީ، ހާލުގަ ތޭޅޭނެ ލިބުނު މީހުން. ނުނިމި ހުރީ ފެން ކަރަންޓް މެއިން ކަނެކްޝަން އެކަނި، އެކަން ކުރަން ޖެހޭނީ ސަރުކާރުންވީމަ ލަސްވަނީ.
ކަރުކެހޭ
02 December 2025
މިއަށް ކިޔަނީ ކޮން ސްޕީޑެއް؟
އަފްރާސިޔާބު
02 December 2025
ޝަރުތު ހަމަވޭތޯ ނުވޭތޯ ބަލާނެ ކަމެއްނެތް. ހަމަނުވިޔަސް ޕީއެންސީން ޓިކެޓް ލިބުނިއްޔާ ތި 4000 ފްލެޓަށް ހުންނާނީ ޝަރުތު ހަމަވެފައި. އަދި ރަސްމާލެއިންވެސް ހަމަ އެޓިކެޓްގައި ގޯތި ލިބޭނެ. މާރިޗް މަހާހިސާބުގައި ޓިކެޓް ލިބުނު ކުދިންނަށް ފްލެޓް ކަށަވަރުވާނެ.
ހަފުތާ
02 December 2025
ޖެނުއަރީމަހު 5 ވަނަ ހަފުތާ އަދި ޖެނުއަރީ ފަހު ހަފުތާގައި.. ދުވަހެއް ޖަހާލަންވެގެން ޖަހާފަ ހުރިހެން ހީވަނީ
ޢެޑްމުންޑޯ
02 December 2025
ތާރީޚަކަށް ފަހު ތާރީޚެއް ، ހިންދީ ޑްރާމާއެއް ދައްކާނެ މިގޮތަށް ޝަރީއަތެއްގެ ތާރީޚް ބަދަލުވަމުން މައްސަލަ ދިގުލާގެންގޮސް މައްސަލަ ހުށަހެޅި މީހާ މުސްކުޅިވެ ގާޒީ މުސްކުޅިވެ ރޓެޔަރ ވެ އެތެއް ގާޒީން ބަދަލުވިފަހުން މައްސަލަ ނިމުނީ . މުސްކުޅިކަމުން ހުށަހެޅިފަރާތް ގެންދިޔައީ ގޮނޑީގައި ، ރައްދުވާ ފަރާތް މުސްކުޅި ބަލީގައި މަރުވީ
ރަބަރު ކަލޯ
02 December 2025
ކުރިން ބުނިއެތި ކެންސަލް!!!!!!!!!!!
އެކޮއި
02 December 2025
''އެ މަޝްރޫއުގައި ހިމެނޭ 17-18 ބުރީގެ 32 ޓަވަރުގެ މަސައްކަތް އެއްކޮށް ނިމި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތެވެ.'' މިބުނަނީ މާލޭ ރަސްމީފާލަމާ ދިމާލުގައި އެމަސައްކަތްކުރަމުންދާ ވާހަކަތޯ؟ އެތައްބަޔަކު އެތައްއިންތިޒާރެއްކުރަމުންދާ ފުލެޓްތައް އެހެން ބަހައްޓާފައި މާލޭގެ ބޮޑުފާލަންކައިރިއަށް މިލިޔަނުން ފައިސާ ޚަރަދުކުރަމުންއެދަނީ އަރެމެންނަށް ކޮށްލާ މަލާމާތެއްގެގޮތުގައޭ ހިތަށް އަރާ
ޛދދދ
02 December 2025
ނިންމާ ބޭނުންވާ ކަންކަމާ ކުރަން ބޭނުންވާ ކަންކަން ބޭރުން މަހާ ޖައްރާފާ ގެނެސްގެންވެސް ނިންމޭ…މިކަން ހިއެއް ނުވެ ނިންމަން ބޭނުންވާ ހެނެއް. 14 ވަނަ ޓަވަރު ދިންފަހުން 2 މަސް ވީ އަދި އިތުރުތަނެއް ނުދެވެ. ދެން ކިހިނެއް ބާކީ ހުރި ހުރިހާ ތަނެއް ޖެނުވަރީ މަހުގެ ނިޔަލަށް ހަވާލުކުރަނީ
އާދަމް އިޝާން
02 December 2025
މިދިޔަ ވެރިކަމުގައި މުޅިންވެސް މިހެން ކަންކަން ހުރީ.އެއްވެސް ކަމެއް ނެތް ނިންމާފައި. މުޅިންވެސް ނުނިންމާ ކަންކަން ހުރީ. ފެށިކަން އެކަނި. ބްރިޖަށް ބެލިޔަސް ފްލެޓްތަކާ ގޯއްޗަށް ބެއްޔަސް ހުރީ މިހެން މުޅިން ކަންކަން
އަލީމްގ
02 December 2025
2 އަހަރު ދެން ކޮން ކެމއްބާ މިކުރެވުނީ
ޖިހާދު މުހައްމަދު
02 December 2025
ސޯލިހް މެން ނުނިންމާ ދިން ފްލެޓްތައް މިއީ. 30% ނުނިމޭ. މި ސަރުކާރު އައިސް މި ނިންމާ ހަވާލު މިކުރަނީ
ބަުސް
02 December 2025
މިސަރުކާރުން އަޅަން ފާށާފައި ހުރި ފުލެޓެއް ދައްކަބަލަ، ދެން 3 އަހަރުން އެޅޭނެ ފުލެޓެއް ނޯންނާނެ، ކަނޑު އަޑިން ޓަނަލް އަޅަން އުޅޭ ބައެއްގެ ވާހަކަ ތިދައްކަނީ
ޒަމީރު
02 December 2025
ނުނިމޭތީވެ އެއްވެސް މީހަކަށް ފްލެޓް ނުދޭ, ދެން މި ސަރުކާރުން ހުރިހާ ފްލެޓް ނިންމާފަ ރައްޔިތުންނަށް ހަވާލުކޮށް ނިންމާފި!