04 ޑިސެމްބަރ 2025 - 11:47
މިހާރު ކުރިއަށް ދާ އިންޓާ އޮފީސް/ކޮމްޕެނީ ނެޓްބޯލް މުބާރާތް 2025ގެ ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ދިރާގުން ވަނީ ބައިވެރިވެފަ އެވެ.
ރާއްޖޭގެ ގިނަ އޮފީސްތަކަކާއި ކުންފުނިތަކަކުން ބައިވެރިވާ މި މުބާރާތް ފެށީ މިދިޔަ ހޯމަ ދުވަހެވެ. ނެޓްބޯލް ސިންތެޓިކް ޓްރެކްގައި ކުރިއަށްދާ މި މުބާރާތް މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.
އަންހެން އަދި ފިރިހެން ޑިވިޝަނަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގައި މި އަހަރު އަންހެން ޑިވިޝަނުން 21 ޓީމު އަދި ފިރިހެން ޑިވިޝަނުން ހަތަރު ޓީމު ބައިވެރިވެ އެވެ.
ނެޓްބޯޅައަކީ ދިވެހީންގެ ތެރޭގައި މަގުބޫލު އެއް ކުޅިވަރެވެ. އަދި، މި މުބާރާތަކީ ރާއްޖޭގައި ނެޓްބޯޅައިގެ އެންމެ މޮޅެތި ކުޅުންތެރިން ފެނިގެންދާނެ އެއް މުބާރާތް ކަމަށް ދިރާގުން ބުންޏެވެ. ދިރާގަކީ މިފަދަ އެކި ކުޅިވަރުތައް ބޭއްވުމަށް ކުޅިވަރު އެކި ޖަމިއްޔާތަކަށް ބޭނުންވާ އެހީތެރިކަން އެކި ގޮތްގޮތުން ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy