އުރީދޫގެ ކަލަންޑަރުގައި ހިމެނޭ ކިއުއާރު ކޯޑު ސްކޭން ކޮށްގެން ކުއްޅަވަށްފަލު ރަނިންނާ ވާހަކަ ދެއްކޭނެ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
04 ޑިސެމްބަރ 2025 - 12:46
ރާއްޖޭގެ ފްލޯކު ވާހަކަތަކުގެ ކެރެކްޓާތައް ހިމަނައިގެން އުރީދޫން މި އަހަރަށް ހެދި ކަލަންޑަރުގައި މި މަހަށް ހާއްސަކޮށްފައިވާ އެންމެ ފަހު ކެރެކްޓާ ކުއްޅަވަށްފަލު ރަނިންނާ މިހާރު ޗެޓް ކުރެވޭނެ ކަމަށް އުރީދޫން ބުނެފި އެވެ.
އުރީދޫގެ މިއަހަރުގެ ކަލަންޑަރަކީ އޭގައި ހިމެނޭ ކިއުއާރު ކޯޑު ސްކޭން ކޮށްގެން، އޭއައިގެ އެހީގައި ކެރެކްޓާތަކާ ޗެޓު ކުރެވޭ ފީޗާއާ އެކު ތައާރަފްކުރި ކަލަންޑަރެކެވެ. އެ ކަލަންޑަރު ފަރުމާކޮށްފައި ވަނީ ކޮންމެ މަހަކު ވެސް ޗެޓް ކުރެވޭނެ އާ ކެރެކްޓާއެއް އަންލޮކް ވާ ގޮތަށެވެ. ކޮންމެ މަހަކު ވެސް ޗެޓަށް ތައާރަފްކޮށްފައިވާ ކެރެކްޓާއަކީ އެ މަހަކަށް ހާއްސަކޮށް އިލަސްޓްރޭޓުކޮށްފައިވާ ކެރެކްޓާ އެވެ.
މި ކަލަންޑަރުގައި ހިމެނޭ ކެރެކްޓާތަކާ ޗެޓްކުރުމުގެ ފީޗާ ޑިވެލޮޕް ކުރުމުގައި އެ ކެރެކްޓާއެއްގައި ހިމެނޭ ސިފަތައް ވާހަކަ ދައްކާއިރު އެނގެން ހުންނާނެ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫން ބުނީ އެ ކުންފުންޏަކީ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ ސަގާފަތާއި ރާއްޖެއާ ގުޅުންހުރި އެކި ކަންތައްތައް ދިރުވުމަށް މަސައްކަތްކުރާ ކުންފުންޏެއް ކަމަށެވެ. އަދި އެ ކުންފުނިން ނެރޭ ކަލަންޑަރުތަކަކީ އެ މަގުސަދު ހާސިލްވާ ގޮތަށް ފަރުމާ ކުރަމުން އަންނަ ކަލަންޑަރުތަކެއް ކަމަށާއި އަމާޒަކީ ތަފާތު ގޮތަކަށް ދިވެހި ސަގާފަތާއި ރާއްޖޭގެ އެކި ކަންތައްތައް ދަސްކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ވެސް ބުންޏެވެ.
ފޯކްލޯރަށް ހާއްސަކޮށް އުރީދޫން މިއަހަރަށް ތައްޔާރު ކުރި ކަލަންޑަރުގައި ފޫޅުދިގު ހަންޑި އާއި ސަފަރުކަތްދަ އާއި މާކުންބެ ފަދަ މަޝްހޫރު އެކި ފޯކްލޯރު ކެރެކްޓާތައް ހިމަނާފައިވެ އެވެ. މި މަހުގެ ކެރެކްޓާ އަންލޮކްވުމާ އެކު މިހާރު މި ކަލަންޑަރުން ގެނެސްދިން 12 ކެރެކްޓާއާ ވެސް ޗެޓު ކުރެވޭނެ އެވެ.
Ooredoo Maldives' 2025 AI-Powered Folklore Calendar
Step into the enchanting world of Maldivian folklore with AI. Converse with legendary characters, unravel timeless stories, and celebrate tradition with Ooredoo Maldives' 2025 Interactive Calendar—a perfect blend of culture and innovation.
Ooredoo Maldives' 2025 AI-Powered Folklore Calendar
މި ލިންކުން ކެރެކްޓާތަކާ ޗެޓް ކުރެވޭނެ.
އުރީދޫން ނެރުނު ކަލަންޑަރުގެ ކެރެކްޓާތަކާ ޗެޓު ކުރެވޭނީ އޭގައި ހިމެނޭ އެންއެފްސީގައި ފޯނު ޖައްސައިގެން ނުވަތަ ސްކޭންކޮށްގެން ލިބޭ ލިންކަށް ވަދެގެންނެވެ. ކޮންމެ ކެރެކްޓާއަކާ އެކު ކުރާ ޗެޓަކީ ކޮންމެ 24 ގަޑިއިރަކުން ރީސެޓު ވާނެ ޗެޓެކެވެ. އެހެންވެ, އެއް ސުވާލެއް ފަހުން ތަކުރާރު ކުރިޔަސް، ލިބޭ ޖަވާބުތައް ތަފާތުވާނެ އެވެ. އަދި އޭއައިއަށް ވުމުން ކެރެކްޓާއާ ޗެޓުކުރާ ވަރަކަށް އިތުރަށް ކެރެކްޓާތައް ޑިވެލޮޕްވެ, ޗެޓްކުރާ މީހާ ވެސް ދަސްކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރވާންޗޯ
04 December 2025
އޭރުން ކުއްޅަވައްފަލުރަނިން ކުއްޅަވައް ޖޫސް ބޯންދޭނެތަ؟.
ލޯބިރު
04 December 2025
އަޅުގަނޑު މިއަދު ކުއްޅަވަށްފަލު ރަނިންނާ ވާހަކައެއް ދައްކާލަން "ހައި" ޖަހާލީމަށް ބުނީ " ހިލޭ ފިރިހެނުންނާ ވާހަކައެއް ނުދައްކަމޭ. ދެން ކިހިނެއް ވާހަކަށް ދައްކާނީ
ޝޭކް
04 December 2025
ޗޮކުލެޓެއް ދިނީމަ އޯކޭ ވާނެ
ކުއްޅަވައް
04 December 2025
ޗެޓު ބޮޓުގެ ދިވެހި އެނގޭވަރެއް ނުވި. ކުއްޅަވަށް ކިޔަންވީތަނަށް ކުއްޅަވައް ޖަހައިގެން ތަމުރީނުކޮށްފައި އޮތީވެސް އަދި...
ޑރވާންޗޯ
04 December 2025
ކުއްޅަވަށެކޭ ނޫން ކިޔަނީ، ކުއްޅަވަކޭ ކިޔަނީ އެހެންވީމަ އިންނާނީ އަލިފުސުކުނެއް.
އަބޫ
04 December 2025
ތި ކަލަންޑަރު ލިބެން ހުރި ތަނަކާއި، ލިބެން ހރުި އަގަކާއި، ކަލަންޑަރު ހޯދަން ހަދަންވީ ގޮތެއް ލިޔުންތެރިޔާ ކިޔުންތެރިންނާއި ހަމައަށް ތިލަކޮށްލަދީން ނަމަ ކިހާ ރަނގަޅު