ފްލައި ދުބާއީގެ ބޯޓެއްގެ ފިޔަގަނޑަކަށް ގެއްލުންވެފައި.-- ފޮޓޯ: އެމްވީ ކްރައިސިސް
04 ޑިސެމްބަރ 2025 - 13:43
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތެޔޮ ބައުޒަރަކުން ޖެހި ފްލައިދުބާއީގެ ބޯޓެއް ގްރަންޑުވެއްޖެ އެވެ.
އޭވިއޭޝަން ދާއިރާގެ ޚަބަރުތައް ގެނެސްދޭ "އޭވިއޭޓާސް މޯލްޑިވްސް" އިން ބުނީ އެ އެކްސިޑެންޓު ހިނގާފައި ވަނީ ތެޔޮ އަޅަން މަތިންދާބޯޓު އޭޕްރަންގައި ޕާކުކޮށްފައި އޮއްވާ ކަމަށެވެ. އެ ހާދިސާގެ ސަބަބުން ބޯޓުގެ ފިޔަތަކުގެ ސްޓްރަކްޗާއަށް ގެއްލުންވި ކަމަށް ބުންޏެވެ.
އެ ހާދިސާގައި ތެޔޮ ލީކުވުން ފަދަ ކަމެއް ނުހިނގަ އެވެ. އަދި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ.
އެ އެކްސިޑެންޓާ ގުޅިގެން މަރާމާތުތައް ނިންމައި ރެގިއުލޭޓަރީ ސްޓޭންޑަޑްތަކުގެ ދަށުން ސެޓްފިކެޓް ލިބެންދެން ބޯޓު އޮންނާނީ ގްރައުންޑްކޮށްފަ އެވެ.
"ބޯޓު އޮންނާނީ ގްރައުންޑްކޮށްފައި، މަރާމާތުގެ މަސައްކަތް ފުރިހަމަކޮށް، ރެގިއުލޭޓަރީ ސްޓޭންޑަޑްތަކަށް ފެތެންދެން،" އޭވިއޭޓާސް މޯލްޑިވްސް އިން ރިޕޯޓުކުރެ އެވެ.
ވީއޭއައިއޭ އަކީ އެންމެ ބާރު ބޮޑު، އަދި އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކު ވެސް ބޭނުންކުރާ ތަނަކަށްވާއިރު އޭވިއޭޓާސް އިން ބުނި ގޮތުގައި މިފަދަ ހާދިސާތަކުން އެނގެނީ އޭޕްރަން ސޭފްޓީ ޕްރޮސީޖާތައް ހަރުކަށި ކުރުންޖެހިފައިވާ ކަމެވެ. ޑްރައިވަރުންގެ ތަމްރީނު އިތުރުކުރުމާއި ގްރައުންޑް ސްޓާފުންގެ މެދުގައި ސާފުކޮށް މުއާމަލާތް ހިންގުމާއި މަތިންދާބޯޓު ކައިރީގައި އުޅަނދުތަކަށް މަގު ދައްކައިދިނުމަށް ހަރަކާތްރެރިވާ މީހުން ބޭނުންކުރުމަކީ މިފަދަ ކަންކަން މަދުކުރަން އެޅޭ ފިޔަވަޅުތަކެއް ކަމަށް ބުންޏެވެ.
އެކަމަކު އެ ހަދިސާއާ ގުޅިގެން އެމްއޭސީއެލުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެވިއޭޓާ
04 December 2025
މިފްލައިޓް ދުއްވި ކެޕްޓަން އަތުގަ ލައިސަންސް އޮތްތޯ ބަލަން ޖެހޭ.
ޒިމް.
05 December 2025
ދޮންކަލޯ ފްލައިޓްގެ ކެޕްޓަންގެ މައްސަލައެއްނޫން.. ތެޔޮ ބައުޒަރު ދުއްވަންއިން ސޮރަށް ނިދިޖެހެލީ އޯ.
ޖެރާ
04 December 2025
ކިހާވަރެއް ސަރުކާރުން އެމީހުންނަށް ދައްކަންޖެހޭ.. ގެއްލުމުގެ ބަދަލަށް
ލުބްލާ2025
05 December 2025
ސަރުކާރުން ނުޖެހޭނެ ދޭކަށް. އެމްއޭސީއެލުން ދޭންޖެހޭނީ. ސުވާލަކީ އިންޝުއަރެންސުން ކިހާވަރެއް ކަވަރުކުރާނެބާއޭ. ތީގެ ވިންގްލެޓްސްގެ އަގު އުޅެނީ 4 ލައްކަ ޑޮލަރުން މަތީގަ.
ރިއަލް
05 December 2025
ކޮންމެ ބަޔަކު ދައްކަން ޖެހުނަސްތީ ހަމަ އެކައްޗެއް.. ބޮޑުއެއްޗެއް ދައްކަންޖެހޭނެ
ބުރުގާ
04 December 2025
އަވަހައް މަޖިލިސް މެންބަރުންކޮޅެއް ހާޑުހެޓު ބޮލުގައަޅުވާފަ ތިތަނައްވެފަހުރި ގެއްލުންބަލަން ގެންނޭ. އެބޭފުޅުންނައް ބޮޑައް އިނގޭނީ... ކުރީ ދުވަހަކުއުޅޭ ރެޑުވޭވު ސަލީމުމެން އެމްޕީއެލްއައް ވެފަހުރި ގެއްލުންބަލަން އެތަނައް ގޮސް.. މީހަކު އަޅެ މޮޔައެއް ނުވާނެތަ....
ޢަލްޓިކޯ
04 December 2025
ދެރަކަމެއް ފުލައިޓް ދަށަށް ވަންނައިރު ޑުރައިވަރަށް ގައިޑް ކޮށްދޭ މީހަކުނުހުންނައިރު ޑުރައިވަރ އެއްކޮށް އަންނަމީހާވެސް އިންނަނީ އެތޭރޭގަ އުސޫލާ ގާނޫނު ތަންދޭ ކަމަށް ވަންޏާ ތެޔޮބައުޒަރު ތިރިކޮށް ބަނުމުން ރިސްކު ކުޑަވާނެ ކަމަށް ދެކެން މާ އުސް ކަމަށް ފެންނަނީ
ނަނަނަ
04 December 2025
އަނެއް އެމްޕީއެލް އަށް ވަނީ ތިތަންވެސް… ބައުޒަރު ދުއްވާ ކުދިންގެ ބޯ ބަލާލާ.. އެސްއޯޕީ ތަކަށް ވަރަށް ރަނގަޅަށް އަމަލު ކުރާނެކަން އެނގޭނެ.. ހަމަ އެމްޕީއެލް ކުދިންނާ އެއްވެސް ތަފާތެއް ނުހުންނާނެ..
The
04 December 2025
ތިހެން ވާނީ މާލިކު ކަހަލަ އެކުސްފާޓް ތަނުން ފައްސާލީމަަ
ބާލިދީ
04 December 2025
ދެން ވަކި ކޯންޗެއް ބުނާނީ.
ރާވެރިބެ
04 December 2025
މިހުންނަނީ އޭޕްރަން މަރީ ވެހިކަލް ދުއްވާ މީހުންގެ ފަރުވާ ކުޑަކަމުން ދިމާވާ ކަންކަން. ތެޔޮ އަޅަން މިކައިރި ކުރަނީ ދޯންޏަކާ ނޫންކަން ނުވިސްނޭ މީހުންގެ ދަރާތުން އެއަރލައިންތަކަށް މިލިބޭ ބޮޑެތި ގެއްލުމަށް އެމްއޭސީއެލް އިން ޒިންމާ ނަގަން ޖެހޭނެ. މިކަހަލަ ޙަބަރު ފޮރުވައިގެން ތިބުން ބަލައިނުގަނެވޭނެ. ޙަބަރަކީ ހަމަ އެކަނި ހަވާ އެރުވުމާ އާ ޓަރމިނަލް ބޭނުން ކުރަން އެކި އެއަރލައިން ތަކުން ފެށުމެއް ނޫން.
ޑެބީ
04 December 2025
ތިބޯޓުގެ ހަލާކުވި ފިޔަގަނޑު ހަދާފަ ރިލީސްކުރުމުގެ ކުރިން ހަފްލާއެއް ބާއްވާފަ ރިބަން ކެނޑުން އޮންނާނެއުތަ؟
ލައިންސަންސް އޮތްތޯ
04 December 2025
ވަޒީފާގަ އުޅޭ ޑްރައިވަރުންގެ އިހުމާލުން ހިނގާ މުދަދަ ކަންތައްތަ އްތަހުގީގުކޮށް ފިޔަވަޅުއަޅަންޖެހޭ. އެމެޕީއެލްގެ ލައިސަންސްނެތް ކެޕްޓަނަކު އަތުން ލޭންޑިން ކްރާފްޓު ބަންޑުންވެ މިޙަކު މަރުވިތާ ގިނަދުވަސްތަކެއްނުވޭ. ސިޔާސީ ނުފޫޒުގަ ކުންފުނިތަކުގެ އެޗްއާރު މުޑުދާރުވިމާ މިކަހަލަ ހުރިހާ ކަމެއްހިގާނެ. އެތައްސަތޭކަ މުއައްޒަފުންތިބޭއިރު ރަނގަޅަށް ޓާމިނަލް ސާފްތާހިރުކޮށް ނުބެލެހެއްޓޭ. މިރާއްޖެއަކީ ފައިވްސްޓަރ ޓޫރިސްޓް މަންޒިލެކޯ