ރައީސް މުއިއްޒު މާފަންނު ރައްޔިތުންނާ އެކު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވެވި ބައްދަލުވުމަށް ފަހު، އެ މީހުންނާ ވަކިވަކިން ސަލާން ކުރައްވައި މައްސަލަތައް އަޑުއައްސަވަނީ.---ފޮޓޯ: ރައީސް އޮފީސް
06 ޑިސެމްބަރ 2025 - 14:25
މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ފައްޓަވާފައިވާ ސިލްސިލް ޕްރޮގްރާމްގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒު މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމަވައިފި އެވެ.
ރައީސް ގެންދަވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ. މިހާތަނަށް ވަނީ ވިލިމާލެ އާއި މައްޗަންގޮޅި އަދި މާފަންނުގެ ރައްޔިތުންނާ އެކު ބައްދަލުވުން ބާއްވައިފަ އެވެ. އެންމެ ފަހުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަޑައިގަތީ މާފަންނުގެ ރައްޔިތުން ގާތަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހެންވޭރުގެ ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރެއްވުން އޮންނާނީ މާދަމާ ރޭގެ 8:30 ގައި ކަލާފާނު ސްކޫލްގައި ކަމަށެވެ.
ބައްދަލުވުންތަކުގެ ބޭނުމަކީ ހީނާ ވިދާޅުވި ގޮތުގައި، އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމެވެ.
ހެންވޭރުގެ ރައްޔިތުންގެ ބައްދަލުވުމަށް އެ އަވަށުގައި ދިރިއުޅޭ އެންމެންނަށް ވަނީ ދައުވަތު ދެއްވައިފަ އެވެ.
ހުޅުމާލެ ހިމެނޭ ގޮތަށް މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެކަން ރައީސް އިއުލާން ކުރެއްވީ މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރަން މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ޖަލްސާގަ އެވެ.
ރައީސް މުއިއްޒު ވަނީ އެ މަނިކުފާނުގެ ވެރިކަމުގެ ދެ އަހަރުގެ ތެރޭގައި ހުރިހާ ރަށަކަށް ވަޑައިގެން އެ ރަށްރަަށުގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ.
މާފަންނުގެ ރައްޔިތުންނާ އެކު ރައީސް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ބައްދަލުވުމުގައި ވަރަށް ގިނަ ކަންކަން އާންމުންގެ ފަރާތުން ހުށަހަޅާފައިވާއިރު އެ މަނިކުފާނު ވިދާޅުވެފައި ވަނީ އެ އިން ކޮންމެ ކަމަކަށް ވަކިވަކިން އެޓެންޑު ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު ސީދާ އެ ކަންކަމަށް އެޓެންޑު ކުރާނީ. ކަމާ ބެހޭ ވުޒާރާތަކާއި ކުންފުނިތަކާއި މުއައްސަސާތަކަށް އެ އޮންނަ ހަމަތަކާއި އުސޫލުތަކުގެ މަތިން އެ ކަންކަން ފޮނުވައިގެން ބަލަންޖެހޭ ކަމެއް ވެއްޖިއްޔާ ބަލާނެ ކަންކަން އެއީ،" މާފަންނުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަފްލާޒް
06 December 2025
އެހެން ވެރިންނާ ޑރ.މުޢިއްޒް އާ ހުރި ތަފާތަކީ އެހެން ވެރިން އިންތިހާބަކާ ދިމާވުމުން ނޫނީ ރައްޔިތުން ނުފެނޭ. އެކަމަކު ޑރ.މުޢިއްޒް ހޮވުނު ފަހުން އަބަދުވެސް ރައްޔިތުންގެ އަރިހަށް ޒިޔާރަތްކުރާތަން ފެނިގެން މިދަނީ
އާދަމް ހަލީން
06 December 2025
ރައީސް މުއިއްޒް ނޫނީ ނުދެކެން ހޮވުމުންވެސް ރައްޔިތުންގެ މަތިން ހަދާން ނައްތާ ނުލި ވެރިޔެއް. އަބަދުވެސް ރައްޔިތުންނާ ބައްދަލްކޮށް ނުލާހިކު ގާތުން މަސައްކަތް ކުރާތަން ފެނިގެން މިދަނީ
އަޝަމްލް
06 December 2025
ހަގީިގީ ރައްޔިތުންގެ ރައީސުންނަކީ މިއީ. އަބަދުވެސް ރައްޔިތުންނާ ގާތުން މި މަސައްކަތް ކުރަނީ
ބަބުރުއްސާދާ
06 December 2025
މިގޮތައް ބައްދަލުވުން ބާއްވާއިރު ބައެއް މިނިސްޓާރުން ވަރަށް ޖެހިލުންވެފައި ތިބޭކަހަލަ. ރައްޔަތުން ކުރިންމައްޗަށް އަންނަން ބިރުގަންނަނީތަ؟. އެމީހުންވެސް ޖަވާބުދާރީ ކުރުވަބަލަ. ޚާއްސަކޮށް އެދާއިރާއެއްގެ މެބްބަރު، ވަރަށް ފޮނިކަނޑާފައި ވަރަށް ވައުދުވެފައި މެންބަރުކަމަށް އައިސް ރަގަޅު އޮއްޓާރުހުރި ކަމެއް ކުރާތަނެއް ނުފެނޭ، ގެއްލިގެން އުޅެނީ. މިނިސްޓާރުންވެސް ކާރުގެ ބިއްލޫކޮޅު ކަޅުކުރައްވައިގެން ރައްޔަތުންގެ ޚަދިމުންކަމުން ބަރީއްޔަވެގެން އުޅެނީ.
އައްޑޫ12345
06 December 2025
ތަންކޮޅެ ބިނާކުރުމުގެ ވާހަކަ ރައްޔިތުން ދައްކަބަލަ. އަބަދު ގޯތި ގޯތި ގޯތި މީތި ކަޑައޭ. އެއްވެސް ރައިސްސެ ރައްޔިތުންނަ ބައްްދަލުކުރާކައް ނާދެ. މި ރައިސް ރައްޔިތުންނާ ބައްދަލުކުރޭ.
ރާއްޖެ
06 December 2025
މިހާ ފާޅުކަން ބޮޑުކޮށް އެމީހަކު ބޭނުން އެއްޗެއް ކުރިމަތީގަ ހުރެގެން ބުނުމުގެ ފުރުސަތު އެއްވެސް ރައީސަކު މީގެ ކުރިން ރައްޔިތަކަށް ނުދޭ. މުއިޒު ދެކެ ކިތައްމެ ރުޅިއަޔަސް މިއީ ރައީސް ކުރި ރަގަޅު ކަމެއް. ކަންކަން ރަގަޅު ކުރެވޭނީ ނެގެޓިވް ފީޑްބެކްސް ވެސް އަޑުއަހާ ގަބޫލު ކޮއްގެން.
ލާފްމް
06 December 2025
ގަލޮޅުގެ ރައްޔިތަކަށް ވީތީ ހިތާމަ ކުރަން. ފާޑެއްގެ ސޮރެއް ހުރޭ. ވޯޓުލާ ދުވަސްކޮޅު ވަރަށް ފެންނާނެ
މަބުނީ
06 December 2025
ދަފްތަރު މީހުން ނިސްބަތްވަނީ ކޮންއަވަށަކަށްތޯ؟
އޮނަރަބްލް އަފީފު ދީދީ
06 December 2025
ކ.މާލޭމީހުނާއި ބައްދަލުކުރާއިރު ތިރަށުގައި ވަޒަންވެރިވެ "ޤާނޫނީގޮތުން ކ.މާލޭގެ ޤާނޫނީ ރަށްވެހިންގެ ގޮތުގައިތިބި" ތިރަށަށް ވޯޓްލެވޭ އެކަމަކު "ކަށިމަތި ގުނައިގެން" ޤަބީލާ ވަންތަ ރޭސިސްޓް ސިޔާސަތެއްގެދަށުން އެތައްމިލިޔަން ރުފިޔާގެ އަގުބޮޑު ބިމާއި ފުލެޓް ލިބުމަށް ޝަރުތުހަމަނުވާ "ދަފުތަރުމީހުނާއި، މާލޭސަރުކާރުން ކުރިމަތިކޮށްފައިވާ މަޖުބޫރީޙާލަތް ތަކުގެސަބަބުން" ރާއްޖޭގެ އެހެން ރަށްރަށުން ތިރަށަށް ޙިޖުރަކޮށްގެން އުޅޭމީހުނާއި ބައްދަލުކުރުމެއް ނެތް ތޯ؟
ޙަސަންރަހާ
06 December 2025
ޢަފީފޫ އާދޭސްކޮށްފައި ބުނަމޭ ކަލޭ ބޮލަށް ބޭސް ކުރާށޭ! ތިޔާ ހުރީ ފިސާރި ބޮޑަށް ގޯސްވެފަ ކަމަށް ބެލެވެޔޭ!
ލާފްމް
06 December 2025
ދަފުތަރުގެ މީހުން ވޯޓުލާން ޖެހޭ ދާއިރާ އޮންނާނެ.
އެމްސް
06 December 2025
ރައީސް އަށް އެހާ ބުރަކަށް އުޅުއްވަން . . . މަސައްކަތެއްގަ އުޅުއްވޭނެ ވަޤުތު . . . !