ރައީސް މުއިއްޒު މާފަންނުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
04 ޑިސެމްބަރ 2025 - 23:54
މާލޭގެ މާފަންނު އަވަށުގެ ރައްޔިތުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ބައްދަލުވުމުގައި ތިން ގަޑިއެއްހާއިރު ވަންދެން ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުންތަކާއި މައްސަލަތައް ހުށަހަޅާފައިވާއިރު އެ އިން ކޮންމެ ކަމަކަށް ވަކިވަކިން އެޓެންޑު ކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.
ތާޖުއްދީން ސްކޫލްގައި ބޭއްވި ބައްދަލުވުމުގައި އާންމުން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެ އިން ކޮންމެ ޝަކުވާއެއް ލިޔުމަކަށް ބަދަލުކޮށް، ރައީސް އޮފީހުން ބަލާނެ ކަމަށެވެ.
"އަޅުގަނޑު ސީދާ އެ ކަންކަމަށް އެޓެންޑު ކުރާނީ. ކަމާ ބެހޭ ވުޒާރާތަކާއި ކުންފުނިތަކާއި މުއައްސަސާތަކަށް އެ އޮންނަ ހަމަތަކާއި އުސޫލުތަކުގެ މަތިން އެ ކަންކަން ފޮނުވައިގެން ބަލަންޖެހޭ ކަމެއް ވެއްޖިއްޔާ ބަލާނެ ކަންކަން އެއީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު މާފަންނުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވަން ބޭއްވި ބައްދަލުވުމަށް ހާޒިރުވި ބައެއް މީހުން.---ފޮޓޯ: ނިޝާން އަލީ| މިހާރު
ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންނާ އެކު ބާއްވަވާ ބައްދަލުވުންތަކުގައި ފުރުސަތު ދެއްވަނީ އެ ބަޔަކު ބޭނުންވާ ހުރިހާ ވާހަކައެއް ނުވަތަ ސުވާލުތައް އެ މަނިކުފާނަށް ދެންނެވުމަށެވެ. އަދި އެ މަނިކުފާނާ ހިޔާލު ތަފާތު ވާހަކަތަކެއް ބަޔަކު ދެއްކިޔަސް އެކަމާ ދުވަހަކު ވެސް ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށާއި އެ ވާހަކަތަކަށް މަރުހަބާ ވެސް ދަންނަވާ ކަމަށް ވިދާޅުވި އެވެ.
"ހަމަ ބޭނުންވާ ކޮންމެ ވާހަކައެއް ވެސް ވިދާޅުވާންވީ،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު މާފަންނުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ރައީސް ވިދާޅުވީ، ކުރިމަގުގައި ވެސް ކޮންމެ ވާހަކައެއް އަދި ކޮންމެ ހިޔާލެއް ވެސް އެ މަނިކުފާނަށް ހުށަހެޅުމުގެ އާންމު ފުރުސަތު އެންމެންނަށް ދެއްވާނެ ކަމަށެވެ.
"އަދި އެ ކަމަކަށް ދޭންޖެހޭ ޑިއު ރެސްޕެކްޓް، ޑިއު ވެއިޓް އެ ބޭފުޅެއްގެ ސިޔާސީ ފިކުރަކަށް ނުބަލާނެ. އެ ބޭފުޅެއްގެ ޖިންސަކަށް އެ ބޭފުޅެއްގެ އާއިލާއަކަށް ހަސަބަކަށް ނަސަބަކަށް އަދި އެހެން ކަމަކަށް ނުބަލާނަން. ކޮންމެ ބޭފުޅަކީ އަޅުގަނޑު އަބަދުވެސް ދަންނަވަން އަޅުގަނޑަށް ހަމަހަމަ ރައްޔިތެކޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.
"އެއިން ކޮންމެ ބޭފުޅަކަށް ވެސް އެ ބޭފުޅެއްގެ ހައްގުތައް ފޯރުކޮށްދިނުމުގައި ހޯދައި ދިނުމުގައި ސަރުކާރުން ކަންކަން ކުރަމުންދާނީ އަދުލުވެރިކަމާ އެކީގައި ހަމަހަމަކަމާ އެކީގައި."
މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަން މި ސަރުކާރަށް ދެ އަހަރު ފުރުނު ދުވަހުގެ ރޭ (މިދިޔަ ނޮވެމްބަރު 17) އިއުލާން ކުރެއްވި ފަހުން ރައީސް މުއިއްޒު މިހާތަނަށް ވަނީ ތިން އަވަށުގެ މީހުންނާ ބައްދަލުކުރައްވައިފަ އެވެ. އެއީ ވިލިމާލެ އާއި މައްޗަންގޮޅި އަދި މާފަންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަރުދާރު. 123
05 December 2025
މަނިކުފާނަކީ ރައްޔިތުންގެ ހާދިމެއް. މިއަދު ރައްޔިތުންގެ ޓެކްސް ފައިސާއިން ކައިގެން ބޮއެގެން ނިދައިގެން އާއިލާ ބަލަހައްޓަމުން ތިދަނީ. އެހެންވީމާ ރައްޔިތުން ބޭނުންވާ ވާހަކައެއް އަޑުއަހަންޖެހޭނީ، އަދި ރައްޔިތުންނަށް ދަތިވާކަންތައް ހައްލުކުރުމާއި ރައްޔިތުންނަށް ތަނަވަސްކަން ހޯދަދިނުމަކީ ތި މަގާމުގެ ވާޖިބެއް. އަދި އެގޮތުގެމަތިން ހުވާކޮށްގެން ތިޔަހުންނެވީ. މަނިކުފާނަށްވުރެ ރައްޔިތުން މަތިވާނީ، މަނިކުފާނަކަށް ރައްޔިތުންނަށްވުރެ މަތިން ބަސްނީއްވޭނެ.
ކޮސް
05 December 2025
މުއިއްޒުގެ ވައުދުނާމާގެ 30 % ވެސް ހާޞިލު ނުވާނެކަމަށް ފެންނަނީ.
ދިއްދޫމީހާ
05 December 2025
އެހެންވިއްޔާ ތީގެ އަނެއްކޮޅު ފެންނާނީ މިހާތަނަށް ރަށްރަށަ ގޮސްފަ ދައްކާފަ ހުރި ވާހަކަތަކުން އެކަން ވަރަށް ސާފުވާނެ..
ކުމާރު.
05 December 2025
އެކި ކަންކަމާއި ބެހޭ ވުޒާރާތަށް އުވާލައި ކޮންމެ ކަމަކަށް ކޮންމެ ކަމަކަށް ވަކިވަކިން އަމިއްލަ އޮފީހުން އެޓެންޑުވީމާ ޚަރަދު ކުޑަވެފައި ކޮމިޔުނިސްޓު އުޞޫލު އިމްޕްލިމެންޓު ވެގެންދާނެ؟