07 ޑިސެމްބަރ 2025 - 11:42
ދިރާގު ފިންޓެކް އިން ބައި ލައްކަ ރުފިޔާ ހުށަހަޅައިގެން މިހާރު ކުރިއަށް ގެންދާ ޕްރޮމޯޝަން މި މަހު ނިމޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ދިރާގު ޕޭ ޑައުންލޯޑުކޮށް ރަޖިސްޓްރީކުރާ ކަސްޓަމަރުންނަށް ހާއްސަކޮށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަނުގައި މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަންގައި ދިރާގު ޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީކުރާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ. ދިރާގު ޕޭއަށް ރާއްޖޭގެ ކޮންމެ ސާވިސް ޕްރޮވައިޑާއެއްގެ ނަމްބަރު ގެންގުޅުނަސް ރަޖިސްޓްރީ ކުރެވޭނެ އެވެ.
ދިރާގުޕޭ އީ-ވޮލެޓުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި، ބިލް ސްޕްލިޓިން، ސަބް ވޮލެޓް، ޕިއާ-ޓު-ޕިއާ ޓްރާންސްފާ، ފަވަރަ ޓްރާންސްފާ އަދި ބިލަށް ފައިސާދެއްކުން ފަދަ އެކި ހިދުމަތްތައް ހިމެނެ އެވެ.
ދިރާގު ޕޭއިން މިހާރު ކުރިއަށް ގެންދާ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށް އެކުންފުނިން ބުންޏެވެ. އެކުންފުނިން ބުނީ ދިރާގުޕޭ ކަސްޓަމަރުންނަށް ތަފާތު ޕްރޮމޯޝަންތައް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ދާދި ފަހުން ކުރިއަށް ގެންދިޔަ 1ރ. އަށް ކޮފީއެއް ލިބޭ ފަދަ އެކި ޕްރޮމޯޝަންތައް ކާމިޔާބުކަމާ އެކު އެކުންފުނިން ކުރިއަށް ގެންގޮސްފައިވާ ކަމަށްބުންޏެވެ.
ދިރާގު ފިންޓެކުން ބުނީ އެ ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޕްރޮމޯސަން
07 December 2025
ކޮބާތޯ އަސްލުމީގެ ބޭނުމަކީ، ދިރާުޕޭ އެއް، ފަހިޕޭ ، އެމްފައިސާ، މިހުރިހާ އެޕްލިކޭޝަނެއްގެ ބޭނުމަކީ ކޮބައިބާ؟ މީގެން އޮތް ބެނެފިޓަކީ ކޮބައިބާ؟
އަހުމަދު މުނީޒު
07 December 2025
އޯކޭ