ޚަބަރު / އާރުސީސީ

ޝަކުވާކުރި އިރު ވެސް ފެހިއައްސޭރި ގެއިން އޮތީ 1.17 މިލިއަނުގެ ބަދަލަކަށް އެއްބަސްވެފައި: އާރުސީސީ

ފެހިއައްސޭރި ކައިރީގައި އިމާރާތް ހެދުމަށް އާރުސީސީގެ މުވައްޒަފުން މަސައްކަތް ކުރަނީ.

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރުސީސީ) އިން މ. ކަނޑުފުށި ނަމަަކަށް ކިޔާ ގެ އިމާރާތްކުރި އިރު އެ ގެެއާ ޖެހިގެން ހުރި މ. ފެހިއައްސޭރި ހަލާކުވި މައްސަލައިގައި އިންސާފު ނުލިބުނު ކަމަށް ބުނެ އެ ގޭގެ މީހަކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބައްދަލުވުމުގައި ޝަކުވާކުރި ނަމަވެސް ވެސް ފައިސާގެ ބަދަލަކަށް ދެ ފަރާތުގެ މެދުގައި އޮތީ އެއްބަސްވެފައި ކަމަށް އާރުސީސީން އިއްޔެ ބުނެފި އެވެ.

ރައީސް މުއިއްޒު މާފަންނު ރައްޔިތުންނާ އެކު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގައި ބޭއްވެވި ބައްދަލުވުމުގައި ފެހިއައްސޭރި ގޭގެ ބެހެނިވެރިންގެ ތެރެއިން ހަސަން ރަޝީދު ބުނީ ކަނޑުފުށިގެ ހެދުމުގެ ތެރޭގައި ފެހިއްސޭރިގެ އަށް ބޮޑެތި ގެއްލުންތައް ލިބި ގޭގައި ނޫޅެވޭ ވަރު ވެފަައިވާ ކަމަށެވެ. އެހެންވެ، އެ ގޭގައި ދިރިއުޅުނު އާއިލާ މިހާރު އުޅެނީ ކުއްޔަށް ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ އެ ކަމުގައި އިންސާފު ނުލިބިގެން އުޅޭތާ ދެ އަހަރު ވެއްޖެ ކަމަށެވެ.

"ކޮންސްޓްރަކްޝަން މިނިސްޓްރީން ކޮންމެވެސް ވަރެއްގެ ހައްލެއް އަޅުގަނޑުމެންނަށް ލިބުނު، އެއީ މީގެ ދެ މަސްކުރިން ބޭއްވި ބައްދަލުވުމެއްގައި މިހާރު އާރްސީސީން ވަނީ އަޅުގަނޑުމެންގެ ގެ ހަލާކު ކޮށްލި ކަމަށް އެއްބަސްވެފައި. އެެއީ އަޅުގަނޑުމެންނަށް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،" ރައީސްގެ އަރިހުގައި އާރްސީސީގެ ޗެއާމަން މުހައްމަދު ނާޒިމް ވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި ހަސަން ރަަޝީދު ބުންޏެވެ

އެ ތުހުމަތުތަކާ ގުޅިގެން އާރުސީސީގެ ޗެެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދުދާއިރާގެ މެމްބަރު ނާޒިމް "މިހާރު" އަށް ވިދާޅުވީ، ފެހިއައްސޭރި އަށް ލިބުނު ގެއްލުންތައް ބަލައި ހައްލު ހޯދަން ގޭގެ ވެރިފަރާތާ ގުޅިގެން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ގެ އަށް އާރުސީސީގެ އިސްވެރިން ވެސް ވަޑައިގެން ބެއްލެވި ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ކަނޑުފުށި އިމާރާތް ކުރަމުން ދިޔަ އިރު ފެހިއައްސޭރި އަށް ގެއްލުން ވާކަމުގެ ޝަކުވާ މާލޭ ސިޓީ ކައުންސިލަށް ލިބޭތީ މޭޔަަރު ވިދާޅުވެގެން އެ ގެ ބައްވަލަން ސީދާ އޭނާ ވަޑައިގެންނެވި ކަމަށެވެ. އެ ފަހަރު ވަޑައިގެން އެގޭގެ ހުރިހާ ތަނެއް ބެއްލި ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"[މޭޔަރު ވިދާޅުވީ] ޝަކުވާ ލިބޭތީ ތިމަންނާ ބޭނުމޭ އާރުސީސީގެ ފަރާތުން މީހަކު އަންނަން. ވިދާޅުވީމާ. އާރުސީސީގެ ފަރާތުން މިތާ އެންމެ އިސްކޮށް ހުރި މީހަކީ ޗެއާމަން. މޭޔަރު ގޮވައިގެން ދެމީހުން ދިޔައިން އެތަނަށް. ގޮސް ބައްދަލުކުރިން އެގޭ މީހުންނާ،" ނާޒިމް ވިދާޅުވި އެވެ.

"ފިޒިކަލީ އަޅުގަނޑު ބެލިން އެ ގެ ހުރި ހާލަތު. ފިޒިކަލީ ވަދެ، ހުރިހާ ތަންތަން، ފާހަނައަށް ދަންދެން ބެލިން. ބަލާފައި އެމީހުން ކައިރީ މިބުނީ ރިޕެއާ ކޮށްދީފާނަމޭ."

މަރާމާތަށް ހަރަދުވަނީ 1.17 މިލިއަން ރުފިޔާ، ސެޓްލްމަންޓު އެއްބަސްވުމެއް

ނާޒިމް ވިދާޅުވި ގޮތުގައި މަރާމާތަށް ހަރަދުވާނެ ފައިސާގެ އަދަދު ވެސް ކަނޑައެޅީ އެ ގޭގެ ވެރިންނާއި އާރުސީސީން އެއްބަސްވި ގޮތަށް ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިންޖިނޭރުންނެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީ މެދުވެރިވެގެން ކޮށްދިން ކަމަކީ ގެ މަރާމާތު ކުރުމަށް ހިނގާނެ ހަރަދުގެ އިވެލުއޭޝަނެއް ނުވަތަ އަގުމަގު ކޮށްދިނުން ކަމަށް ނާޒިމް ވިދާޅުވި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިންޖިނޭރުން ކުރި ސާވޭ އަށް ފަހު ދެ ފަރާތުން އެއްބަސްވީ 1.17 މިލިޔަން ރުފިޔާގެ ބަދަލަކަށް ކަމަށް ނާޒިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ރައީސަށް ޝަކުވާ ހުށަހެޅި ހަސަން ރަޝީދު ވަނީ އެ ފައިސާ ތިން މަހަށް ބަހާލައިގެން ދައްކަން އެއްބަސްވެ، އާރުސީސީ އަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.

މ. ކަނޑުފުށި ނަމަަކަށް ކިޔާ ގެ އާރުސީސީން އިމާރާތްކުރި އިރު އެ ގެެއާ ޖެހިގެން ހުރި މ. ފެހިއައްސޭރި އަށް ގެއްލުން ވެފައި: އާރުސީސީން ބުނީ ބަދަލު ދޭންޖެހޭ އަގަށް ވެސް ދެ ފަރާތުން އެއްބަސްވި ކަމަށް.

"ކޮންސްޓްރަކްޝަން މިނިސްޓްރީން ސީދާ މީހުން ގޮސް ބަލާފައި، ސާވޭ ހަދާފައި މި ބުނަނީ މިއޮތީއޭ [މަރާމާތަށް] ހަރަދުވާނެ ވަރު. ބުނީމާ އަޅުގަނޑުމެން ބުނިން، މީތި ބަހާލައިގެން ދޭން އަޅުގަނޑުމެން އާރުސީސީން އެއްބަސްވަމޭ. އެއީ 1.17 މިލިއަން ރުފިޔާ. އެއީ މަރާމާތަށް ދާ ވަރު. މަރާމާތަށް ދާ ވަރަށް ފައިސާ ދޭން އަޅުގަނޑުމެން އެއްބަސްވަމޭ، ބަހާލައިގެން އަޅުގަނޑުމެން ފައިސާ ދޭނަމޭ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އެ ހިސާބަށް އައީ ކޮންޓްސްޓްރަކްޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިމްރާން ހަސަނާއި އެ މިނިސްޓްރީގެ އެހެން ބައެއް އޮފިޝަލުންނާއި ގޭގެ ވެރިންގެ ތެރެއިން ތިން ބޭފުޅަކު ވެސް ބައިވެރިވެގެން ކުރެއްވި މަޝްވަރާއިންނެވެ. އެ ބައްދަލުވުންތައް ބޭއްވި ކޮންސްޓްރަކްޝަން މިނިސްޓްރީން އިސްނަގައިގެންނެވެ.

ނާޒިމް އެ އިޝާރާތް ކުރައްވާ ސިޓީ އާއި އާރުސީސީން ހަސަން ރަޝީދާ އެކު އީމެއިލް މެދުވެރިކޮށް ކޮށްފައިވާ މުއާމަލާތްތަކުގެ ކޮޕީތައް އަދި ސެޓްލްމަންޓު އެގްރީމަންޓުގެ ކޮޕީ ވެސް "މިހާރު" އަށް ވަނީ ލިބިފަ އެވެ.

ފެހިއައްސޭރި އަށް ލިބިފައިވާ ބައެއް ގެއްލުންތައް.--- ފޮޓޯ:އާރުސީސީ

އެގޮތަށް އެއްބަސްވުމުން އެ ފައިސާދޫކުރަން ހައުސިން މިނިސްޓްރީ ބައިވެރިވެގެން ޓްރައިޕާޓައިޓް އެގްރިމެންޓެއް ހަދަން އާރުސީސީން ހުށަހަޅައި، ސެޓްލްމަންޓު އެއްބަސްވުމުގެ ޑްރާފްޓެއް ވެސް ފެހިއައްސޭރިގޭގެ ވެރިންނަށް އާރުސީސީން ފޮނުވި ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އެހެން ނޫނީ އެ މީހުން ބުނާނެ އަނެއްކާ ވެސް ތިއީ އެހެން ކުރި ކަމެއް ނޫނޭ. އެހެންވީމާ އެގޮތަށް އެއްބަސްވެވޭ ހިސާބަށް ގޮސްފައި އޮއްވައި މި މީހުން މިދަނީ ޕަބްލިކް ފޯރަމްގައި މި ވާހަަކަ ދައްކަން،" މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާފަންނު ރައްޔިތުންނާ އެކު ރައީސް މުއިއްޒު ބޭއްވެވި ބައްދަލުވުމަށް އިޝާރާތް ކުރައްވައި ނާޒިމް ވިދާޅުވި އެވެ.

އާރްސީސީން ގެއެއް އިމާރާތްކުރުމުގެ ތެރޭގައި ގެއްލުން ލިބުނު މ. ފެހިއައްސޭރިގެ: އާރުސީސީން ބުނީ ބަދަލު ދޭންޖެހޭ އަގަށް ވެސް ދެ ފަރާތުން އެއްބަސްވި ކަމަށް.--- ފޮޓޯ:އާރުސީސީ

ނާޒިމް ވިދާޅުވީ ހަސަން ރަޝީދު ޕަބްލިކް ފޯރަމްގައި އެ ވާހަކަ އެ ދެއްކީ ކޮންސްޓަކްޝަން މިނިސްޓްރީއާ އެކު ދެފަރާތުން ބޭއްވި ބައްދަލުވުމުގައި އަނގަބަހުން އެއްބަސްވި ގޮތަށް ޓްރައިޕާޓައިޓް އެއްބަސްވުމުގައި ސޮއިކުރަން އެ އެއްބަސްވުުގެ ޑްރާފްޓެއް ފޮނުވާފައި ވަނިކޮށް ކަމަށެވެ.

"މިހާރު ވެސް މިކޮޅުން [އާރްސީސީން] މި ބުނަނީ އެ މީހުންނާއި މިކޮޅާ އެއްބަސްވެވުނު ގޮތަށް މިކޮޅުން މިތިބީ އެކަން ކުރަން [ބަދަލުދޭން] ތައްޔާރަށޭ. އެގޮތަށް އެ މީހުން އެއްބަސް ނުވަންޏާ ޝަރުއީ ކޯޓްތަކަށް ގޮސްގެން އެކަން ނިމޭ ގޮތަކަށް މިކޮޅުން އެއްބަސްވާނަމޭ،" ނާޒިމް ވިދާޅުވި އެވެ

ނާޒިމް ވިދާޅުވި ގޮތުގައި 1.17 މިލިއަން ރުފިޔާގެ ބަދަލަކަށް ފުރަތަމަ އެއްބަސްވުމަށް ފަހު، ފެހިއައްސޭރި ގޭގެ ވެރިން މިހާރު ބޭނުންވަނީ އެ ގޭގައި ދިރިއުޅުނު އާއިލާ ކުއްޔަށް ދިރިއުޅެން ހަރަދުވީ ފައިސާ ވެސް އާރްސީސީން ހޯދަންކަން ނުރަސްމީކޮށް އަންގާފައިވާ ކަމަށެވެ.

މ. ކަނޑުފުށި ހެދުމަށް އާރުސީސީން މަސައްކަތް ކުރަނީ.---ފޮޓޯ: އާރުސީސީ

"މިހާރު މީގައި އިންސާފުވެރި ގޮތަކަށް [މިކަން ވާންޖެހޭނީ]. މި ތަނަކީ [އާރްސީސީ އަކީ] މިއީ ރާއްޖޭގައި އެންމެ ގިނަ ބިލްޑިން ހެދި ތަން. މިހާރުވެސް އެއްވެސް މީހަަކަށް ނުބުނެވޭނެ ޖެހިގެން ހުރި ގެ ހަލާކުވީމާ މިތަނުން ހަދައި ނުދެއެކޭ،" ނާޒިމް ވިދާޅުވި އެވެ.

އޭގެ މިސާލެއްގެ ގޮތުގައި އޭނާ ގެންނެވީ އާރްސީސީން އިމާރާތްކުރި ގެއަކާ އިންވެގެން ހުރި ގެއަކަށް ގެއްލުން ވުމުން އެގޭގެ ވެރިންނަށް އެޕާޓްމަންޓެއް ނަގައިދީ އެ ތަަނަށް ފަރުނީޗަރު ހޯދައިދީ ގެ މަރާމާތު ކޮށްދިން ވާހަކަ އެވެ.

"އެ ފެންވަރުގައި އޮޕަރޭޓްކުރާ ބައެއް މިއީ [އާރްސީސީ] އަކީ. ރަނގަޅު ވާހަކައެއް، އިމާރާތްކުރާ އިރު ގެއްލުން ލިބޭ،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މައްސަލަ ހައްލު ކުރުމަށް މާލޭ ސިޓީ ކައުންސިލް ވެސް މެދުވެރިވި ކަމަށާއި ކައުންސިލާއި އާރުސީސީ އާއި ގޭގެ ވެރިފަރާތުން އެއް ބައްދަލުވުމެއްގައި ވެސް މަޝްވަރާ ކުރި އެވެ.

ގެ ހަލާކުވި މައްސަލައިގައި ނާޒިމާއި އާރްސީސީ އަށް ރައީސްގެ ބައްދަލުވުމުގައި ނުރުހުމާ އެކު ތުހުމަތުތައް ރައްދުކުރި ނަމަވެސް އެ ބައްދަލުވުމުގައި ނާޒިމް އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

26 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 7%
icon angry icon angry 68%
icon wow icon wow 11%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލާފްމް

10 December 2025

އެއް ފަހަރާ ދޭން ޖެހޭނެ. ކުލީހަރަދު ވެސް ދިނުން ރަނގަޅު

The name is already taken The name is available. Register?

ހަލޯ

10 December 2025

ބަދަލު ނުދީ 2 އަހަރު ދަންމާލީ، ތިގެ މަރާމާތު ކުރެވޭ މުއަދަތައް ވާ ކުލި އަދި، ފާއިތުވިތާ އެމީހުން ދިރިއުޅޭ ތަނައް އަރާފައިވާ ކުލިވެސް ދައްކަން ޖެހޭނެ.

The name is already taken The name is available. Register?

ކަޑަބޮއް ސައީދު

09 December 2025

އެއްބަސް ވެފަ ނުދިނީމަ ހައްލުވެފަ އެއޮތީ؟؟؟ ނާޒިމު އަދި އާޒިމަކީ ޖަރީމާ ހިންގާ މީހުން. އާޒިމަކީ ކޮންމެ ކުންފުންޔަކުން ވެސް ބޮޑެތި ވައްކަން ކުރަމުން އައި މީހެއް.

The name is already taken The name is available. Register?

މުރީދުބެ

09 December 2025

މިކަމުގައި ރަނގަޅު ގޮތަކީ އިމާރާތައް ލިބިފައިވާ ގެއްލުމުގެ އެކަށޭނެ ބަދަލު ދިނުމުގެ އިތުރަށް ލިބުނު ގެއްލުމުގެ ސަބަބުން އިތުރު ތަކުލީފެއް ވެރިފަރާތުން އުފުލަން ޖެހިފައިވާނަމަ އެބައިވެސް ދިނުން. މިސާލަކަށް އިމާރާތައް ލިބުނު ގެއްލުމާއި ހެދި އެތަނުގައި ދިރިނުއުޅެވި ތަނެއް ކުއްޔަން ހިފައިގެން އުޅެން ޖެހިފައިވާނަމަ "އެކަށޭނެ" ބަދަލެއް ދިނުން. ޝަރުއީގޮތުންވެސް ނިމޭނީ މިހިންކަމަށް ލަފާކުރެވޭ! 2 އަހަރު ތަނެއް ކުއްޔަށް ހިފައިގެން އުޅުމަކީ ކުޑަކަމެއް ނޫން.

The name is already taken The name is available. Register?

ޛެހިޖެި

08 December 2025

ކޮބާ ތާރޑްޕާޓީ އިންޝުއަރެންސް؟؟

The name is already taken The name is available. Register?

ދޮން

08 December 2025

އުރައްޕަތެއް ހުރި ބަޔަކުނަމަ މާލޭ ގެޔެއް ތިގޮތައް ހުންނާނެބާ ،، ތިގޭމީހުން އުޅެނީ ކާޑް ކުޅެގެން ހިހޫތަނުން ކާން ގެހަދާ ، ލާރި ހޯދާ އަތުން ފައިން ކަމެއްނުކޮށް އުޅެން ، އަތުގައި އޮތީ އެޕްލް 17 ތޯއްޗެ ،، ނާޒިމް ގައި ގައި މުއިޒް އެވަގުތު ޖަހާލީމަ އެގިއްޖެ މީ ކުރިން ހައްލުހޯދާފައޮތް ކަމެކޭ ، ޒާތީ ކަން ފާހަގަވި ،،

The name is already taken The name is available. Register?

ކޮސް

08 December 2025

ދެން ނާޒިމުވެސް އާޒިމާއެކު އެމީހުންނާ ބައްދަލުކުރައްވާ ތިކަން ނިންމަވާލަދެއްވާ. އާޒިމްއަށްވެސް އެންމެ ރަނގަޅުވާނީ އެގޮތް.އެމީހުން 2 އަހަރު ދުވަހު އުޅުނު ދަތި ހާލަކީ ވިސްނާލާއިރު ވަރަށް ބޮޑު ކަމެއް.

The name is already taken The name is available. Register?

ދެރަސޮރު

08 December 2025

ދެން އޮންނާނީ ކޯޓު މަރުހަލާ ދޯ.. ކޯޓަށް ވެސް ދާން ނުކެރި އާންމު ކޮށް އެ ކުންފުނި އަގު ވައްޓަން މަސައްކަތް ކުރާނަމަ، ދެން އެ ރުފިޔާ ކޮޅުވެސް ދޭން ދެކޮޅު ހަދަންވީ،

The name is already taken The name is available. Register?

ދެރަސޮރު

08 December 2025

ނޫހުގަ ހުރި މައުލޫމާތު ރަނގަޅަށް ކިޔާފަ ކޮމެންޓް ކޮށްބަލަ، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ގޭ ވެރިފަރާތުން ޑިމާންޑު ކުރަމުން ދިޔަޢީ މަރާތު ނުކޮށް 10 ބުރި ގެ ފައުންޑޭސަނެއް އަޅައިދީ 1 ފްލޯރ ނިންމައި ދިނުމަށް، އެ ގޮތުގަ ހިފަހަށްޓައިގެން ހައުސިން އަށް ދިޔައިމަ، މިނިވަން ބަޔަކު ލައްވާ އަގުމަގު ކުރި ވާހަކަ ، އެ އަގަށް ވެސް އެއްބަސް ނުވެވި ގެން އުޅޭ ވާހަކަ ދެން އޮންނާނީ ކޯޓު މަރުހަލާ ދޯ.. ކޯޓަށް ވެސް ދާން ނުކެރި އާންމުކޮށް އެކުންފުނި އަގު ވައްޓަން

The name is already taken The name is available. Register?

އަލިބެ…

08 December 2025

ދެއަހަރުވީއިރު އެއްބަސްވެފައޭ ކިޔާފަ، އެއްވެސް އެއްޗެއް ނުދީ އެވާހަކަ ދެއްކިމީހުން ކުއްވެރިކުރުމަކީ ހާދަ ދަށުދަރަޖައިގެ ކަމެކެވެ. މުއްސަދިންނަށް ހަމަ އެމީހުންގެ އިހުސާސް ނޭގޭނީބާވައެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454