ރައީސް ޑރ. މުހައްމަދު މުއިއްޒު ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ބައްދަލުވުމަށް ދިޔަ މީހަކާ ބައްދަލުކުރައްވައި މައުލޫމާތު އޮޅުން ފިލުއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
08 ޑިސެމްބަރ 2025 - 11:27
އަބަދުވެސް ރައްޔިތުންގެ ފަޅީގައި އޮންނާނެ މި ސަރުކާރުން ކޮންމެ ނިންމުމެއް ނިންމަނީ އާންމުންގެ ވިންދާއި އިހުސާސްތައް ރަނގަޅަށް އެނގިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް، ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ކަލާފާން ސްކޫލުގެ ހޯލުގައި ބޭއްވި ޖަލްސާގައި ވިދާޅުވީ އެ މަނިކުފާނު ވެސް ހަގީގަތުގައި ވެސް މަސައްކަތްޕުޅު ކުރައްވަނީ ރައްޔިތުންނާ ގާތުން ކަމަށާއި އަދިވެސް ދެމިހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ބައްދަލުވުމުގައި ބަޔަކު ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރާއްޖޭގެ ކޮންމެ ރަށަކަށް ވަޑައިގެން ރަށްރަށުގެ ކައުންސިލްތަކާއި މުއައްސަސާތަކުގެ އިތުރުން ރައްޔިތުންނާ ބައްދަލުކުރައްވަނީ އެ ބޭނުމުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
"ރައްޔިތުން ބޭނުންވާ ކަންކަމުގެ ހިޔާލާއި މަޝްވަރާ އަޑުއެހިން. އަޑު އަހާފައި އެއިން ކޮންމެ ކަމަކަށް އަޅުގަނޑު އެޑެންޓުވަން. އެޑްރެސްކުރަން،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ހުރިހާ ކަމެއް ވެސް ކުރަނީ މަޝްވަރާގެ އުސޫލުން ކަމަށާއި އެއީ މީގެ ކުރިން މާލޭގެ މޭޔަރަކަށް ހުންނެވި އިރު ވެސް އެ މަނިކުފާނު އަމަލު ކުރެއްވި ގޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
"މިސާލަކަށް ވޭޕުގެ މައްސަލަ. އަޅުގަނޑަށް ހަމަ ޔަގީން މިއަދު ރާއްޖޭގައި ވޯޓެއް ނެގިޔަސް، ވޭޕް ބޭންކުރުމަށް ތާއީދުކުރާނެ 90 ޕަސެންޓަށް ވުރެ ގިނަ ރައްޔިތުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ބައްދަލުވުމަށް ދިޔަ މީހަކާ ބައްދަލުކުރައްވައި މައުލޫމާތު އޮޅުން ފިލުއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ޖެނެރޭޝަނަލް ބޭން ނުވަތަ 2007 އިން ފެށިގެން އުފަންވި އަދި އުފަންވާނެ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ގޮތަށް ހެދުމާއި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ގާނޫނާއި ގަވާއިދުތަކަށް މި ސަރުކާރުން ގެނައި ހަރުކަށި އިސްލާހުތަކަށް 90 ޕަސެންޓް ރައްޔިތުން ތާއީދުކުރާނެ ކަމާ މެދުގައި އެއްވެސް ޝައްކެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއިން ކޮންމެ ކަމެއްގައި އަޅުގަނޑުމެން މި ކުރާ ކަމަކީ ރައްޔިތުންގެ ވިންދާއި އިހުސާސްތައް އެނގި ހުރެ، ރައްޔިތުންނަށް ބޭނުންވާ އެންމެ ރަނގަޅު ކަންތައްތައް ރައްޔިތުންނަށްޓަކާ ކޮށްދިނުމުގެ މަސައްކަތް ކުރަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ބައްދަލުވުމުގައި ބަޔަކު ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީގައި ވެސް ރައްޔިތުންގެ ހިޔާލައި މަޝްވަރާ ވަރަށް ފުޅާ ދާއިރާއެއްގައި ސަރުކާރުން ހޯދަމުން އަންނަ ކަމަށެވެ. ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭނެއް ނުވަތަ ކުރިއަށް އޮތް 20 އަހަރުގެ ރާއްޖޭގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގައި ވެސް ރައްޔިތުންގެ ބައިވެރިވުން ފުރިހަމައަށް އޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަބުނީ
08 December 2025
ގައިމު ފުރަތަމަ ފޮޓޯއިން ތިޔަ ފެންނަނީ ހެންވޭރަށް ނިސްބަތްވާ ބޭފުޅޭއްނޫން..އެހެންވީމާ ހެންވޭރަށް ނިސްބަތްވާނެ މީހުން ތިޔަތަނުން ނިސްބަތުން ގިނަވާނެކަމަށް ފެނޭ.. އަދި އަހަރެމެންގެ މެމްބަރު ލަވްލީ ކިކަންވެސް ނެތެއްނުން..
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
08 December 2025
ކަމެއް އިހުސާސް ކުރަން އެނގޭ ނަމަ ރަނގަޅު ތިހެން ބުނަން
ރައްޔިތުންނަށް
08 December 2025
މި ސަރުކާރުން ނިންމާފައިވާ ގިނަ ނިންމުމަށް މަރުހަބާ ރައްޔިތުންނަށް ލޯންގު ޓާމް ބެނެފިޓު ވާނެ ކަން ކަން ނިންމާފަ ހުރީ
ގުދޮ
08 December 2025
އިތުރަށް ދެން ބުނާނެ އެއްޗެއް ނެތެއްނު.
3 ކިލޯ
08 December 2025
ކޮންމެކޮންމެމީހެއްގެ ވިންދެއް ވަކިވަތްކަކުން ނުބެލޭނެ. އެންމެންގެ ވިންދާއެއްގޮތަށް ދާންވެއްޖިއްޔާ ޖެހޭނީ އަނގަވަތަށް. މިއުޅެނީ އެއްއާއިލާއެއްގެ 6 މީހުންނަށް ކަޅިދިމާކޮށްނުލެވިގެން. އެހެންވީމާ ބުނެވޭނީ ވެރިމީހާ ތިދައްކަނީ ހޮޅިވާހަކައޭ.