މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ކަނޑައެޅުމުގެ އިރުޝާދު ހިމެނޭ ގައިޑްލައިން، މާފުށީ ދާއިރާގެ މެމްބަރު ރިޒާ (މ) މިއަދު ނެރެދެއްވާއިރު، އެ ކޮމިޝަންގެ ރައީސް ޝާމިލް އަރިހުގައި.-- ފޮޓޯ: އޭސީސީ
09 ޑިސެމްބަރ 2025 - 22:58
މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ކަނޑައެޅުމުގެ އިރުޝާދު ހިމެނޭ ގައިޑްލައިނެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނެރެފި އެވެ.
ބައިނަލްއަގުވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި، އެ ގައިޑްލައިން ނެރެދެއްވީ ޖޭއެސްސީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން ރިޒާ އެވެ.
އޭސީސީން ބުނީ ދައުލަތުގެ އޮފީސްތަކާއި ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހާއްސަކޮށްގެން ނެރުނު ގައިޑްލައިންގެ ބޭނުމަކީ ކޮރަޕްޝަން ހުއްޓުވަން ގައުމީ ފެންވަރުގެ އުސޫލުތައް އެކުލަވާލުމާއި މަސްލަހަތު ފުށުއަރާ ހާއްސަ ހާލަތްތަކާއި ރިސްކް ބޮޑު ފަރާތްތައް ދެނެގަނެ އަމަލުކުރާނެ ގޮތުގެ އުސޫލެއް ހެދުން ކަމަށެވެ.
އޭގެ އިތުރުން ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމުގެ ސަގާފަތެއް އިދާރާތަކުގައި ގާއިމްކުރުމަކީ ވެސް އެއް ބޭނުން ކަމަށް އޭސީސީން ބުންޏެވެ.
ސިޔާސަތުތައް ބައްޓަންކުރާނެ ގޮތަކީ:
- މަސްލަހަތު ފުށުއަރާ ނުވަތަ ފުށުއަރާފާނެ ހާލަތްތައް އަދި ގުޅުންތައް ތަފްސީލީކޮށް ބަޔާންކުރުން
- ރިސްކް ބޮޑު ދާއިރާތައް ކަނޑައެޅުން
- މުވައްޒަފުންނަށް ލިބޭ ހަދިޔާ/މަންފާއާ މެދު އަމަލުކުރާނެ ގޮތް ކަނޑައެޅުން
- ވަޒީފާގެ ގޮތުން މަސްލަހަތު ފުށުއަރާ ހާލަތްތައް ދެނެގަތުމާއި އެކަންކަން ހިއްސާކުރަން ޖެހޭކަން މުވައްޒަފުންނަށް އަންގައިދިނުން
- މައުލޫމާތު ހާމަކުރުމާއި އާއްމުކުރުން
- މުވައްޒަފުންގެ ދައުރު ކަނޑައެޅިގެން ބަޔާންކުރުން
- ހޭލުންތެރި ކުރުމާއި ވިޔަނުދިނުމަށް މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުން
އެ ގައިޑްލައިންގެ އިސްބަހުގައި ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ އެ ފިޔަވަޅުތައް އެޅުމުގެ ސަބަބުން މުއައްސަސާތަކަށް ކުރިމަތިވެދާނެ ރިސްކްތައް ނައްތާލެވ،ި ޒިންމާދާރުކަމާއެކު ނިންމުންތައް ނިންމޭކަން ކަށަވަރުކުރެވޭނެ ކަމަށެވެ. އޭގެ އިތުރުން ދައުލަތުންދޭ ހިދުމަތްތަކާއި އިދާރީ ނިޒާމުތަކުގެ މައްޗަށް އާއްމުންގެ އިތުބާރު ބޮޑުވެގެން ދާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބްރައިބް
10 December 2025
ތިޔަ ކޮމިޝަނަކީ އެއިރެއްގަ އޮންނަ ސަރުކާރަކުން ހިންގާ ކޮރަޕްޝަން ފޮރުވުމުގެ ބޭނުމުގަ އޮންނަތަނެއް.
ހާސަރު
10 December 2025
އިތުބާރު ގެއްލިފަތިބި ބަޔަކު ކުރާއެއްވެސް ކަމަކުން ވާނެ ފައިދާއެއްނެތް
ތެފައާސާ.
10 December 2025
ހަހަހަހަހަ. ހެވޭ ވަރުން ކޮމެންޓެއްވެސް ކޮށްލެވޭ ވަރެއް ނުވި. ހަހަހަހަހަ
މައްކުބޭ
10 December 2025
މަސްލަހަތު ފުށު އަރާތޯ ބިޔަ ވިޔަފާރިވެރިޔާ އާމިރު މަންސޫރު އެސްޓީއޯގެ ޗެއަރމަންކަންކުރުމުން؟
ރަށުމީހާ
10 December 2025
ތިޔަ ތަންތަނުގެ ގައިޑްލައިންތަކަކީ އޭރަކު އޮށްބަ ސަރުކާރަކުން ޖައްސަވަން ގެންގުޅޭ ރަނގަބީލެއްފަދަ އެއްޗެއް