10 ޑިސެމްބަރ 2025 - 12:57
އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މައްސަލާގައި މިދިޔަ ހަފުތާގައި ހައްޔަރުކުރި ދެ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
އޮޕަރޭޝަން އަލިމަގުގެ ދަށުން މިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަންގައި ފަސް މީހަކު ހައްޔަރުކުރި އެވެ. އެއީ؛
- ސ. ހިތަދޫ، ކޮންމުލި، އަލީ ނަދީމް، 30
- ސ. ހިތަދޫ، ފަލާހު، ހާފިޒު ފައުޒީ، 31
- ސ. ހިތަދޫ، ވެޔޮފެހެބުރުގެ، އިބްރާހިމް ސިރާޖު، 43
- ސ. ހިތަދޫ، ދޮރުފޮތިމާގެ، ހަސަން އަލްފާފް، 28
- ސ. ހިތަދޫ، ކެކުރިމާގެ، އަމީން މުހައްމަދު، 23
އައްޑޫގައި އެންމެ ހަރަކާތްތެރި "މައިލޯ" ގްރޫޕަށް ނިސްބަތްވާ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ނަދީމާއި ހާފިޒު އަދި ސިރާޖުގެ ބަންދަށް ވަނީ 30 ދުވަސް ދީފަ އެވެ. އަލްފާފާއި އަމީން ބަންދުގައި ބަހައްޓަން ކޯޓުން ދިނީ އެންމެ ފަސް ދުވަހެވެ. އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަސް އިތުރުކޮށްފަ އެވެ.
ފުލުހުން ބުނީ، ފަސް މީހުން ހިމެނޭ އެ "ނެޓްވޯކް" ގެ މީހުންނަށް އަމާޒު ކޮށްގެން މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުމުގެ ތަހުގީގު މިދިޔަ މާޗު މަހު ފަށާފައިވާ ކަމަށެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން އެ "ނެޓްވޯކް" ގެ މީހުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން މީޑިއާއާ ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން ހިތަދޫގެ މި ޑްރަގް ނެޓްވޯކްގެ ހަތަރު މީހެއްގެ އެކައުންޓުގައި މިދިޔަ ފަސް އަހަރު 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރު ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޛދހދ
10 December 2025
ގެޔަށް ކިޔާނެ ނަން ހުސްވެއްޖެ، ދޮރުފޮތިމާގެ، އަލަމާރިމާގެ، ކަބަޑުމާގެ، ބާލިސްމާގެ، ބެޑްސީޓްމާގެ
ލިމް
10 December 2025
ދެން ސިއްރު ސިއްރުން ދޫކޮށްލާނީ. ނުކެރޭނެ ޝަރީއަތަށް ފޮނުވާކަށެއް. ދަށުވެފައި. މީ ބޮޑުންގެ ބޮޓުން.
ޗިކަނޭ
10 December 2025
މިހާރުވެސް ތި ގުރޫޕް ގެ ބޮޑު ތިކިޔާ ނަދަމާއެއް އެއީ ހުދުކާފޫރަށް ހަދައިން އޭނާއަށް ސަޕޯޓް ކޮއް މުޅި ސޯސަލް މީޑިއާގަ އެބަ ކެމްޕެއިން ކުރޭ…ވަރަށް ވައްތަރު ދޫކޮއްލާނެ ކަމަށް….