ދިރާގުން ބާބާ ގާޑިޔާގެ ޝަވަރުމާ 1ރ. އަށް ލިބޭނީ ހުކުރު ދުވަހު
10 ޑިސެމްބަރ 2025 - 15:16
ދިރާގު ފިންޓެކް އިން ދިރާގުޕޭ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ޝަވަރުމާއެއް ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފި އެވެ.
މި ހާއްސަ ޕްރޮމޯޝަންގެ ދަށުން މި ފަހަރު އޮފާ ހުށަހަޅާފައި ވަނީ ރާއްޖޭގެ މަޝްހޫރު ބާބާ ގާޑިޔާއިން ވިއްކާ ޝަވަރުމާއަށެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ ހުކުރު ދުވަހު ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 10 އަށް ސޯޝަލް ސެންޓަރުގެ ބޭރު ސަރަހައްދުގަ އެވެ. އެ ވަގުތުތަކުގައި ދިރާގުޕޭ މެދުވެރިކޮށް އެންމެ ރުފިޔާއަކަށް ޝަވަރުމާ ލިބޭނެ އެވެ.
ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނަށް ވެސް، އަދި ދިރާގުޕޭ މުޅިން އަލަށް ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް ދިރާގުޕޭ އެޕް ޑައުންލޯޑްކޮށް ރަޖިސްޓަރީކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.
ދިރާގުން މިދިޔަ މަހު ވަނީ ދިރާގުޕޭގެ ކަސްޓަމަރުންނަށް ވަނީ 1 ރުފިޔާއަށް ކޮފީ ލިބޭ އޮފާއެއް ވެސް ދީފަ އެވެ.
ދިރާގު ފިންޓެކުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިރާގު ޕޭގެ މާޗަންޓުންނާ ގުޅިގެން ކަސްޓަމަރުންނާ ހަމައަށް ތަފާތު އޮފާތައް ގެނެސްދިނުމަށް މަސައްކަތް ކުރަމުންނެވެ. ދިރާގު ފިންޓެކުން ދޭ އޮފާތައް ދިރާގު ޕޭއަށް ރަޖިސްޓްރީކޮށްގެން ލިބޭނެ އެވެ. ދިރާގު ޕޭއަށް ރާއްޖޭގެ ކޮންމެ ސާވިސް ޕްރޮވައިޑާއެއްގެ ނަމްބަރެއް ގެންގުޅޭ ފަރާތަކަށް ވެސް ރަޖިސްޓްރީ ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބާލިދީ
10 December 2025
މިއީ ސަލާންޖަހާ މީހުން އުޅޭވަރު ބަލަން ކުރާ ކަމެއްތަ. އެންމެ 4 ގަޑިއިރުތެރޭ އެންމެ ގާޑިޔަލަކުން ކިތަށް މީހުންނަށް ހިދުމަތް ދެވޭނީ.
ހރސް
10 December 2025
ބޭނުމަކީ ދިރާގު އެޕް މީހުންގެ ފޯނަށް އެޅުވުން ކަމުގައިވެދާނެ. އުރީދޫވެސް މިހަރު އެމްފައިސާ ކުރިޔަށް ނުކުންނާތީ ދެބައިމީހުްނގެ ވާދަވެރިކަމެއް ކަމުގައި ފެންނަނީ އާއްމުނަށް މީގެ މަންފާކުރާނެ ކަމަށް ބެލެވޭ