ސްރީ ލަންކާއަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކްރިކެޓް ކެޕްޓަން އަރްޖުނާ ރަނަތުންގާ
15 ޑިސެމްބަރ 2025 - 19:35
ސްރީ ލަންކާއަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކްރިކެޓް ކެޕްޓަން އަރްޖުނާ ރަނަތުންގާ ޕެޓްރޯލިއަމް މިނިސްޓަރުގެ މަގާމުގައި ހުރި އިރު ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ކޮރަޕްޝަނުގެ މައްސަލައެއްގައި އޭނާ ހައްޔަރުކުރަން ނިންމައިފި އެވެ.
ރަނަތުންގާ އާއި އޭނާގެ ބޭބެގެ މައްޗަށް ތުހުމަތުކުރަނީ ދިގު މުއްދަތަކަށް ތެޔޮ ސަޕްލައި ކުރުމުގެ އެއްބަސްވުންތައް ހަވާލުކުރުމުގެ އުސޫލަށް ބަދަލު ގެނެސް، "ސްޕޮޓް ޕާޗޭސް" ނުވަތަ ކުއްލި މުއާމަލާތްތަކުގެ ގޮތުގައި ބޮޑު އަގުގައި ތެޔޮ ގަނެފައިވާ ކަމަށެވެ.
މިފަދަ 27 މުއާމަލާތެއްގެ ސަބަބުން ދައުލަތަށް 800 މިލިއަން ރުޕީސްގެ ގެއްލުން ވެފައިވާ ކަމަށާއި މިއީ އެ މުއާމަލާތްތައް ހިންގި 2017 ވަނަ އަހަރުގެ އަގުތަކަށް ބަލާއިރު ފަސް މިލިއަން ޑޮލަރުގެ ގެއްލުން ކަމަށް "ކޮމިޝަން ޓު އިންވެސްޓިގޭޓް އެލިގޭޝަންސް އޮފް ބްރައިބަރީ އޯ ކޮރަޕްޝަން" އިން ބުނެފައިވެ އެވެ.
އެ ކޮމިޝަނުން ކޮލަމްބޯ މެޖިސްޓްރޭޓް ކޯޓުގައި މިއަދު ބުނި ގޮތުގައި އަރްޖުނާ ރަނަތުންގާ މި ވަގުތު ހުރީ ގައުމުން ބޭރުގަ އެވެ. އެހެންވެ އޭނާ ގައުމަށް އައުމާ އެކު ހައްޔަރުކުރާނެ ކަމަށް ބުންޏެވެ.
ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމުގައި ހުރި، އަރްޖުނާ ރަނަތުންގާގެ ބޭބެ ދަމީކާ ރަނަތުންގާ މީގެ ކުރިން މި މައްސަލައިގައި މިއަދު ހައްޔަރުކުރުމަށް ފަހު ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ. ލަންކާ އާއި އެމެރިކާގެ ރަށްވެހިކަން އޮންނަ ދަމީކާ ދޫކޮށްލީ ގައުމުން ބޭރަށް ދިއުން މަނާކޮށްފަ އެވެ.
ވައަތުން މޮޅަށް ބެޓް ކުރުމުގައި މަޝްހޫރު، އުމުރުން 62 އަހަރުގެ އަރްޖުނާ ވަނީ 1996 ވަނަ އަހަރު އޮސްޓްރޭލިއާ ބަލިކޮށް ލަންކާއަށް ކްރިކެޓް ވޯލްޑް ކަޕް ހޯދައިދީފަ އެވެ. މިއީ ކްރިކެޓްގެ ތާރީހުގައި ލަންކާއަށް އެންމެ ބޮޑު ކާމިޔާބީ އެވެ.
ރަނަތުންގާގެ އެހެން ބޭބެއެއް ކަމަށްވާ ޕްރަސަންނާ ވެސް ވަނީ އިންޝުއަރެންސް ފްރޯޑް މައްސަލައެއްގައި މިދިޔަ މަހު ހައްޔަރުކޮށްފަ އެވެ. އޭނާ އަކީ ވިޔަފާރިވެރިއަކަށް ބިރު ދައްކައިގެން ފައިސާ އަތުލި މައްސަލައެއްގައި ކުށް ސާބިތުވެ ދެ އަހަރަށް ޖަލަށް ލުމަށް 2022 ވަނަ އަހަރުގެ ޖޫން މަހު ހުކުމް އައިސްފައިވާ މީހެކެވެ. އެކަމަކު އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒުކުރުން ވަނީ ފަސްކޮށްފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޔާމީނޫ
16 December 2025
ދުނިޔޭގެ ކޮންމެ ގައުމެއްގައިވެސް ތެލުގެ ވައްކަން ވެއްޖެއްޔާ މި އޮންނަނީ 800 މިލިއަން ޑޮލަރ.
އޮނަރަބްލް އަފީފު ދީދީ
15 December 2025
މިއީ ތެލުގެ ވަގުވިޔަފާރި ކުރިކަމަށް ބުނާ ރާއްޖޭގެ ވަޒީރަކު (މައުމޫނުގެ ވަޒީރެއް) ވެސް 800 މިލިޔަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރި މަޔަންމާ އާއި އެކުގައި ހިންގާފައިވާތީ އެމައްސަލަ ތަޙްޤީގުކުރުމަށް ނަޝީދު ސަރުކާރުން އިޤިރޭސިވިލާތުގެ ފޮރަންސިކް އޮޑިޓްފާމެއް ކަމަށްވާ Grant Thornton އާއި ޙަވާލުކޮށްފައި ވަނިކޮށް Grant Thornton އަށް މަސައްކަތަކާއިނުލާ އެތައްމިލިޔަން ޑޮލަރެއްދީފައި ވަޙީދު ހަސަން މަނިކް އެ އެއްބަސްވުން އުވާލި ހަދާން އާވެގެން ދިޔަ ޙަބަރެއް.
ޢަލީ ބަލީ
15 December 2025
ހެއްކެއް ގަރީނާ އެއްނެތް ކަންތަށްކުގަ މީހުންގެ ބޮލުގަ ވަގުބަދުނާމު އެޅުވުން ހުއްޓަން ޖެހޭ
ފުރޭތަ1
15 December 2025
ބަޔަކަށް ލާރިގަނޑެއްދީގެން ތިޔަ ތަހުގީގު ކޮށްގެން އެއްޗެއް ނުފެނުނީމަ ދެން ކީއްކުރާނީ. އަބަދުވެސް ބޭރު މީހުންގެ ފައިބުޑުން ދުވުން ކަމަކީ
އޮނަރަބަލްކާަލު
16 December 2025
އެއްބަސްވުން އުވާލަން ލާރި އެއް ނުދޭނެ. އުވަަލާފަ ބަދަލަށް ލާރި ދީފާނެ. ގެއްލުމުގެ ބަދަލަކަށް. ވާންޗޯ ހެދެން ނޫޅެބަލަ