06 އެޕްރީލް 2017 - 21:42
ފީފާ އިން މަހަކު އެއް ފަހަރު ނެރޭ ދުނިޔޭގެ ފުޓްބޯޅަ ރޭންކިންގެ 101 ވަނަ މަގާމަށް އިންޑިއާ އަރައި ބޮޑު ކުރިއެރުމެއް ހޯދިއިރު، ދިވެހިރާއްޖެ 11 ދަރަޖައިގެ ވެއްޓުމަކާ އެކު، 151 ވަނައިގައި ލައްވާލައިފި އެވެ.
މިއީ 1996 ވަނަ އަހަރު ދުނިޔޭގެ 101 ވަނަ އަށް އިންޑިއާ އެރި ފަހުން ރޭންކިންގައި އެ ގައުމު އެންމެ ކުރިއަށް ޖެހުނު ފަހަރެވެ. މީގެ ދެ އަހަރު ކުރިން 2015 ވަނަ އަހަރުގެ މާޗު މަހު ދުނިޔޭގެ 173 ވަނައިގައި އޮތް އިންޑިއާ މިހާ ބޮޑު ކުރިއެރުމެއް ހޯދިއިރު އެ ޓީމު ވަނީ އެންމެ ފަހުން ކުޅުނު ހަ މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. އެއީ އޭޝިއަން ކަޕް ކޮލިފައިންގެ ތިން މެޗާއި ބައިނަލްއަގްވާމީ އެކުވެރިކަމުގެ ތިން މެޗެވެ.
އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ބުނީ މިއީ އޭނާގެ ދައުރުގައި އިންޑިއާ ރޭންކިންގައި އެންމެ ކުރި ހޯދި ފަހަރަށް ވުމުން ހާއްސަ އުފަލެއް ލިބިފައިވާ ކަމަށާއި އެކަމަކު އަދި މިއީ ފެށުމެއް ކަމަށެވެ.
"ރޭންކިން އަކީ ވަރަށް އަވަހަށް ބަދަލުވާ އެއްޗެއް. އެހެންކަމުން އަހަރެމެން ތިބެން ޖެހޭނީ ހަމަބިމުގައި. އެއް މެޗުން ބަލިވެއްޖެއްޔާ 40 ދަރަޖަ ފަހަތަށް ވެއްޓިދާނެ. މޮޅުވެއްޖެއްޔާ 50 ދަރަޖަ ކުރިއަށް ޖެހިދާނެ،" ހިންދުސްތާން ޓައިމްސްއާ ވާހަކަދައްކަމުން ޗެތުރީ ބުންޏެވެ.
އޭނާ ބުނީ ހަގީގީ ކާމިޔާބަކަށް ވާނީ މި މަގާމް ދެމެހެއްޓުން ނުވަތަ ތިން ހަތަރު އަހަރު ތެރޭ މިއަށް ވުރެ މައްޗަށް އެރުން ކަމަށެވެ.
"އެކަމަށް ޖެހޭނެ އަހަރެމެންނަށް ވުރެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ގިނަ މެޗުތައް ކުޅެން. އަދި މެޗުތަކުގައި އެއް ފެންވަރެއްގައި ކުޅެން ޖެހޭ ހާއްސަކޮށް ރަށުން ބޭރުގައި،" ޗެތުރީ ބުންޏެވެ.
ފީފާ އިން 1992 ވަނަ އަހަރު ތައާރަފްކުރި ރޭންކިންގައި އިންޑިއާ އެންމެ މައްޗަށް އެރީ 1996 ވަނަ އަހަރު ދުނިޔޭގެ 94 ވަނަ އަށެވެ. މި ފަހަރުގެ ރޭންކިންގައި އޭޝިއާގެ 11 ވަނައިގައި އިންޑިއާ އޮތްއިރު އެ ޓީމު އޮތީ ދެކުނު އޭޝިއާގެ އެއް ވަނައިގަ އެވެ.
ސަރަހައްދުގެ ދެ ވަނައިގައި ރާއްޖެ އޮތްއިރު އިންޑިއާއާ ރާއްޖެއާ ދެމެދު 50 ދަރަޖައިގެ ފަރަގެއް އެބައޮތެވެ. ރާއްޖެ އެންމެ ފަހުން ކުޅުނު މެޗުން އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީން އަތުން 3-0 އިން ބަލިވިއިރު އޭގެ ކުރިން އޮތް ފީފާ ތާރީހުގައި ރާއްޖޭން މެޗެއް ނުކުޅެ އެވެ.
ފީފާ ރޭންކިންގައި ރާއްޖެ މިހާތަނަށް އެންމެ މައްޗަށް އެރީ 2006 ވަނަ އަހަރު، ދުނިޔޭގެ 126 ވަނަ އަށެވެ. އެންމެ ދަށަށް ދިޔައީ 1997 ވަނަ އަހަރު، ދުނިޔޭގެ 183 ވަނަ އަށެވެ.
ސަރަހައްދުގެ ތިން ވަނައިގައި އޮތީ ތިން ދަރަޖައިގެ ކުރިއެރުމަކާ އެކު އަފްގާނިސްތާނެވެ. އެ ޓީމު އޮތީ ދުނިޔޭގެ 153 ވަނައިގަ އެވެ. މި ސަރަހައްދުގެ ހަތަރު ވަނައިގައި އޮތީ ކުރިން ދުނިޔޭގެ ފުލުގައި އޮތް ބޫޓާނެވެ. ދުނިޔޭގެ 164 ވަނައިގައި ބޫޓާން އޮތްއިރު މި ފަހަރު ވަނީ 13 ދަރަޖައިގެ ކުރިއެރުމެއް ހޯދައިފަ އެވެ.
ކުރިން ތިން ވަނައިގައި އޮތް ނޭޕާލް މިފަހަރު ސަރަހައްދުގެ ހަތަރު ވަނައިގައި އޮތްއިރު ދުނިޔޭގެ ރޭންކިންގައި އެ ގައުމުގެ މަގާމަށް ބަދަލެއް ނައިސް، އޮތީ 170 ވަނައިގަ އެވެ. ބަންގްލަދޭޝް އޮތީ ދުނިޔޭގެ 193 ވަނައިގައި، ދެކުނު އޭޝިއާގެ ފަސް ވަނައިގަ އެވެ. ސްރީ ލަންކާ ދުނިޔޭގެ 197 ވަނައިގައި އޮތްއިރު ޕާކިސްތާން އޮތީ 201 ވަނައިގަ އެވެ. އެ ގައުމު މި ފަހަރު ވަނީ ތިން ދަރަޖަ ފަހަތަށް ޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތަމެން މަމެން
08 April 2017
ސިޔާސީ ގޮތުން އަދި ކޮރަޕްޝަންގެ ގޮތުން ކިތައްވަނަ ބާ؟
GAN Island
07 April 2017
ތިމާމެންގެ ގައިގެ ނެތްވަރު ނުދައްކާ ފެންވަރުން ކަންތައް ކުަރަން ވިސްނަންވެއްޖެ.އިގޭ ރުޅި އަންނާނެކަންވެސް އަދި މިކަން ޤަބޫލު ކުރަން އުދަގޫ ވާނެ ކަންވެސް. . . . އެހެން ނަމަވެސް ޤަބޫލު ކުރިޔަސް ނުކުރިޔަސް ރާއްޖޭގައި ފުޓްބޯޅަ ކުރިއަރާނީ ޒުވާން ކުޅުންތެރިން އުފައްދައި އަދި ރާއްޖޭގެ 3 ސަރަހައްދެއްގައި މުބާރާތް ކުޅެވޭނެ ވަސީލަތް ޤާއިމްކޮށް މުޅި ރާއްޖެއަށް ފުރުސަތު ހޯދާދީގެން.
މމ
07 April 2017
ފުޓުބޯޅަ ކުރިއަރުވަން އެންމެ އެދެވޭ ގޮތެއްގައި މަސައްކަތް ކުރެވިފައިނުވުމުގެ ނަތީޖާ މިފެންނަނީ.
މަސްކާށިދޫނި
07 April 2017
ދިވެހި ފުޓުބޯޅަ ދަށަށްދާންފެށީ ވަޔަކުން ސާފް ޗެމްޕިޔަންކަން ލިބުނު ހިސާބުން. ދިވެހި ގައުމީ ޓީމް އަކީ މާމޮޅުބައެއްކަމަށް ހީކޮށް ބޮޑާވީ. އޭގެފަހުން ދުވަހެއް ދުވަހަކަށް ޓީމް ދަނީ ބަލިވަމުން މާގިނަދުވަހެއްނުވެ މިސަރަހައްދުގެ ފުލަށްވެސްދާނެ. ޔަގީން.
ނަގިއްޔާ
07 April 2017
އެފްއޭއެމް އިން ގައުމީޓީމް ކުރިއަރުވަން މަސައްކަތް ކުރަނީ އަހަރުމެން ބައެއް ދިވެހިން ބޮޑީކުރާގޮތަށް. ހަށިގަޑަށް ފައިދާހުރި ކާނާ ކެއުމުގެ ބަދަލުގައި ހުސް ގަރުދިޔަ ބަތް. ނޫނީ ބަތާ ރިހާކުރު. ދެން އެއްޗެއް ކަޅެއް.
ސިޔާސީ ވެކްސިން
07 April 2017
އަހަރުމެން މިއުޅެނީ އޮޅިގެން. އަސްލު ދިވެހިރާއްޖޭގެ ގައުމީ ކުޅިވަރަކީ ފުޓްބޯޅައެއްނުން. އެހެންނަމަ އެފްއޭއެމް އެހާމަޑަކުން ނޯންނާނެ. މުބާރާތެއް ބޯމަތިވީމައެއްނުން ދުއްވައިގަންނާނީ ކޯޗަކާ ޕްރެކްޓިސް މެޗް ހޯދަން އެއާ ޚިލާފަށް މޮޅު ރަގަޅު ކޯޗަކުގެނެސް ދިގުމުއްދަތަކަށް ޓީމު ހަވާލު ކުރާނެ. ބަލިވިޔަސް މޮޅެތި ޓީމުތަކާ ކުޅެން ފުރުސަތު ހޯދަދޭނެ. ރާއްޖޭގެ އެތަންމިތަނުގަތިބި ހުނަރުވެރި ކުދިން އެފަދަ ފުރުސަތަށް މަގުފަހިކޮށްދޭނެ. ދުނިޔޭގެ އެހެންގައުމުތަކުން އެގައުމެއްގެ ގައުމީކުޅިވަރަށް ދޭ ސަމާލުކަންދޭނެ.
ފޭން
07 April 2017
ހިތަށް އަރާ ފުޓްބޯޅަ ސަޕޯޓަރުން ގައުމީޓީމާ މެދު ވިސްނާވަރުގެ %10 އަށް އެފްއޭއެމް ޓީމާ މެދު ވިސްނާނަމައޭ...ހަމަގައިމުވެސް މިހާރަށްވުރެ ޓީމުގެ ފެންވަރު ރަަގަޅުވީސް.
ކުދުރޭޑިއޯ
06 April 2017
މީ އިންޑިއާޓީމުގެ ކެޕްޓަން ޓީމަށް އިތުރު ކުރިއެރުމެއް ހޯދަން ދައްކާވާހަކަ. "އެކަމަށް ޖެހޭނެ އަހަރެމެންނަށް ވުރެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ގިނަ މެޗުތައް ކުޅެން. އަދި މެޗުތަކުގައި އެއް ފެންވަރެއްގައި ކުޅެން ޖެހޭ ހާއްސަކޮށް ރަށުން ބޭރުގައި،" ޗެތުރީ ބުންޏެވެ. އަހަރުމެންގެ ލޮބްވެތި އެފްއޭއެމް އަށް މިވިސްނުން ލިބޭނީ ކޮންދުވަހަކުންބާ؟
ފަހަތަށް ދޭ
06 April 2017
ފީފާރޭންކިންގް ގައި 11 ދަރަޖަ ފަހަތަށް މިވެއްޓުނީ މަމެންގެ ބިއުޓިފުލް އޯސަމް ސަރުކާރުގަ ކަމަށް ވުމީ މަމެން ނަށް ލިބޭ އުފަލެއް. ރީދޫ ޓްވިޓަރޭމެން ތެޅިތެޅި ތިބެންޖެހޭނީ އޭ މަމެން ބުނާކަށް ނެތީމޭ! ފަހަތަށް ދޭ! ދޭ! ދޭ!
ހަސަންބެ.
06 April 2017
ދެން ތިދިޔައީ އޭ . ފުޓުބޯޅައިގައި ލަންކާ އަށް ވީ ގޮތް ދިވެހި ފުޓުބޯޅައަށް ވެފައި މިއޮތީ. ދަޑަށް ފުޓުބޯޅަ ބަލަން ނުވަންނަންޔާމުން ފުޓުބޯޅައެއް ކުރިއަކަށް ނުދާނެ. އަދި ކުޅިބަލަން މީހުން ދަޑަށް ވައްދަން އެފް އޭ އިން ކުރާއެއްވެސް ކަމެއް ނުފެނޭ. ރައިޔަތު މީހާ އައްޑިހައިގެ އަހަރުތަކުގައި ދަޑަށް އިރުވެސް ހުރި ސިޑިބަރި ހަމަ އެގޮޑިބަރި ފަންކާގަޑެއް ނެތް. ސޭމް އޯލްޑް.
މުގާބޭ
07 April 2017
ކޮންމެފަހަރަކު ބަލިވެގެން ދަނޑުންފައިބަންޏާ ކިހިނެއް ދަނޑަށްދާނީ.
މަންސޫރު
07 April 2017
ހަސަންބެ ބުރޯ، ލަންކާ އަކީ ކުރިކެޓަށް ފައިސާ ހަރަދުކުރާ ގައުމެއް. މަގުމަތީގައި ކުދިން ކުޅެނީވެސް ކުރިކެޓު. އެންމެން ބަލަނީވެސް ކުރިކެޓު. އެވެރިން ދުނިޔޭގެ ޗެމްޕިޔަންކަންވެސް ހޯދި.