ޒަހީނާ (ވ) އެވޯޑާ އެކު: މީގެ ކުރިން ވެސް އޭނާއަށް ވަނީ ނޫސްވެރިކަމުގެ ބައިނަލްއަގްވާމީ އެވޯޑެއް ލިބިފައި
20 އެޕްރީލް 2017 - 12:45
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް މަސައްކަތް ކުރާ ފަރާތްތަކަށް ދޭ ބައިނަލްއަގުވާމީ އެވޯޑެއް، ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ މޯލްޑިވްސް އިންޑެޕެންޑެންޓަށާއި އެ ނޫހުގެ ކުރީގެ އެޑިޓަރު ޒަހީނާ ރަޝީދަށް ލިބިއްޖެ އެވެ.
އިނގިރޭސި ވިލާތުގެ އިންޑެކްސް އޮން ސެންސަޝިޕް ޖަމިއްޔާ އިން ދޭ ފްރީޑަމް އޮފް އެކްސްޕްރެޝަން އެވޯޑު، ކުރިން މިނިވަން ނޫހުގެ ނަމުގައި ހިންގި މޯލްޑިވްސް އިންޑިޕެންޑެންޓަށް ލިބުނީ އިތުރު ހަތަރު ފަރާތަކާ ވާދަކޮށްގެންނެވެ.
ރޭ ލަންޑަނުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެވޯޑާ ހަވާލުވެވަޑައިގަތީ އެ ނޫހުގެ ކުރީގެ އެޑިޓަރު ޒަހީނާ ރަޝީދާއި އެކްޓިން އެޑިޓަރު އަހުމަދު ނާއިޝް އެވެ.
ނޫސްވެރިކަމުގެ ބައިނަލްއަގްވާމީ އެހެން އެވޯޑެއް ވެސް މީގެ ކުރިން ޒަހީނާއަށް ލިބިވަޑައިގެންފައިވާ އިރު ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، ރިޕޯޓާސް ވިތައުޓް ބޯޑާސްއިން ދޭ އެވޯޑަކަށް ވެސް އޭނާގެ ނަން ވަނީ ނޮމިނޭޓް ވެފަ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުގައި، ދަތި އުނދަގޫ ހާލަތްތަކުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް މަސައްކަތް ކުރާ ފަރާތްތަކަށް ދޭ މި އެވޯޑަށް ނޮމިނޭޓްވާ ފަރާތްތައް ކަނޑައަޅަނީ އެ ޖަމިއްޔާގެ ޖަޖުންގެ ޕެނަލަކުންނެވެ. މި ޕެނަލްގައި ދުނިޔޭގެ މަޝްހޫރު ނޫސްވެރިޔާ ޓީނާ ބްރައުން އާއި ޓެކްނޮލޮޖީގެ ދާއިރާ އިން އާ ކަންކަން ތައާރަފު ކުރުމުގައި ފާހަގަކޮށްލެވޭ އަނަބް ޖައިން އާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އިނގިރޭސި ވަކީލު ކީލަން ގަލަގާ އާއި މިއުޒިކް މެނޭޖަރު ސްޓީވަން ބަޑް އަދި އިނގިރޭސި ފިލްމީ ތަރި ނޯމާ ޑުމެޒިނީ ހިމެނެ އެވެ.
މިވަގުތު ސްރީ ލަންކާގައި ދިރިއުޅުއްވާ ޒަހީނާ އާއި މޯލްޑިވްސް އިންޑެޕެންޑެންޓްގެ އިތުރުން މި އެވޯޑަށް ނޮމިނޭޓް ވީ ސާބިއާގެ ތަހުގީގީ ވެބްސައިޓެއް ކަމަށްވާ ކްރައިމް އެންޑް ކޮރަޕްޝަން ރިޕޯޓިން ނެޓްވޯކާއި ރަޝިއާގެ ޑަޕްޓާ ވެބްސައިޓާއި އޮސްޓްރޭލިއާގައި ރެފިއުޖީއަކަށް ވެފައިވާ ނޫސްވެރިޔާ، ބެހްރޫޒް ބޫޗަނީ އެވެ.
އިންޑެކްސް އޮން ސެންސަޝިޕް އިން ބުނި ގޮތުގައި އަބުރު ރައްކާތެރިކުރަން ކަމަށް ބުނެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރަން ރާއްޖޭގައި މިދިޔަ އަހަރު ގާނޫނެއް ހަދާފައި ވަނިކޮށް ވެސް މޯލްޑިވްސް އިންޑިޕެންޑެންޓުން ވަނީ ނޫސްވެރިކަމުގެ މަސައްކަތުގައި ސާބިތުކަމާ އެކު މަސައްކަތްކޮށްފަ އެވެ. އަދި އަލް ޖަޒީރާ އިން މިދިޔަ ސެޕްޓެމްބަރު މަހު ދެއްކި ތަހުގީގީ ޑޮކިއުމެންޓްރީ އަށް ފަހު އެ ނޫހުގެ އޮފީހަށް ފުލުހުން ވަދެ، ފާސްކުރުމާއި އެ ނޫން ވެސް އެ ނޫހުގެ އޮފީހާއި ނޫސްވެރިންނަށް އިންޒާރާއި ބިރުވެރިކަން ކުރިމަތިވިކަން އެ ޖަމިއްޔާ އިން ވަނީ ފާހަގަކޮށްފަ އެވެ.
މި އެވޯޑް ލިބޭ ފަރާތްތަކުން ހިޔާލުފާޅުކުރުމުގެ ދާއިރާގައި ކުރަމުން އަންނަ މަސައްކަތް އިތުރަށް ފުޅާކޮށް، ވަރުގަދަ ކުރަން އެ ޖަމިއްޔާ އިން އެހީތެރިވެދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިހާރު
20 April 2017
ކީއްވެ މިހާރަށް ނުލިބުނީ. މިހާރުން ވަނީ ހަވީރު ނެތުކޮށްލުމުން ވެސް އާ ހިތްވަރަކާއިއެކު މަސައްކަތް ފަށާ ރައްޔިތުންނާއި ހަމައަށް ހަބަރުތައް ގެނެސްދިނުމުގައި ކެނޑިނޭޅި މަސައްކަތްކުރަމުން. އަދި ވަރަށް ގިނަ ފަހަރަށް ކަމުގެ ދެކޮޅު ގެނެސްދިނުމަށްފަހު އިންސާފުކުރުމަށް ދޫކޮށްލަނީ ކިޔާ މީހުންނަށް
ޖައިސަމް
21 April 2017
މިހާރަށްވެސް މިފަދަ އެވޯރޑެއް ހައްގު. މިހާރަށް މިފަދަ އެވޯޑެއް ހައްގުވުމަކީ މޯލްޑިވްސް އިންޑެޕެންޑެންޓަށް މިފަދަ އެވޯރޑެއް ހައްގު ނުވާންވީ ސަބަބެއްނޫން. މަރުހަބާ ޒަހީނާއަށާ މޯލްޑިވްސް އިންޑެޕެންޑެންޓް.
ޒޫޒޫ
20 April 2017
ގެއްލުނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަންތަ؟ ކާން ބޯން އަނގަ ހުޅުވުމުގެ މިނިވަންކަން ހިނގާބިނގާ އުޅުމުގެ މިނިވަންކަން އިސްއުފުލުމުގެ މިނވަންކަން ވެސް އޮތްހެން މަށަށް ހީނުވެއެވެ. ޙަމްދާ ސަނާ ކިޔުން ނޫން ކަމެއް މިހާރު މިގައުމުގައި ނެތެވެ.
ސަރުކާނު
20 April 2017
ދިވެހި ދައުލަތުގެ ނިޝާނަށް ބެނުންހާ ގޮތެއް ހަދާފަ އިންނަ ސެޓްފިކެޓެއް ދައްކައިދެނީ މިޤައުމަސް ޢައިރު މުސްލިމުން ވަންނަން ބޭނުންވެފައިވާ މިންވަރު. ޒަހީނާ އެފަދަ އެއްޗެއް ޤަބޫލްކުރިކމާމެދު ދިވެއްސެއްގެ ހައިސިއޔަތުން ވަރަށް ނުރުހުން ފާޅުކުރަން.
ކުރެ ކާސިމާ
20 April 2017
މި ރާއްޖޭގެ ސިއްކަ އަކީ ކަނބުލޮމެން ބޭނުން ގޮތަކަށް ޑިޒައިން ކުރެވޭނެ އެއްޗެއް ނޫން ތި އެވޯޑު ރަނގަޅީ ދިން މީހުނައި ހަވާލު ކުރުން ތި ކުރެވުނީ ކުށެއް.
ދޯ
20 April 2017
ތިކަހަލަ އެވޯޑެއް ރިޔާޒު ރަޝީދަށް ދޭންޖެހޭ. އެމަނިކުފާނު ވިދާޅުވާގޮތުން ރާއްޖޭގަ އޮތީ ވަރަށް ފުރިހަމަ ޑިމޮކްރަސީއެއް.
ނިޝާން
20 April 2017
ދައުލަތުގެ ނިޝާން
ޖަމަލޭ
20 April 2017
ދެން ތިއެވޯޑް ކިބެންޖެހޭނީ ޕީއެސްއެމްގެ ޚަލީލުއަށް ވަރަށް ފުރިހަމަ ކޮށް ޓީވީއެމް ހިންގަވަނީ ހުރިހާ ޕާޓީތަކަށް ހަމަހަމަ ކޮށް ފުރުސަތުދީގެން.
ސަކީނާއްތަ.
20 April 2017
މިރާއްޖޭގައި ހިޔާލްފާޅުކުރުމުގެ މިނިވަންކަން ވަނީ މިހާރު ގެއްލިފައި. ޒަހީނާ އަށް މަރްހަބާ.
ރަށުމީހާ
20 April 2017
މަރުހަބާ ޒަހީނާ