ނޫސްވެރިކަމާއި ނޫސްވެރިންނާ ދެކޮޅަށް ދޭ ހަމަލާތަކާ ގުޅިގެން މިދިޔަ އަހަރު ބައެއް ނޫސްވެރިން އިހްތިޖާޖް ކުރާއިރު ފުލުހުން އެ މީހުން ކޮންޓްރޯލް ކުރަނީ-- މިހާރު ފޮޓޯ
26 އެޕްރީލް 2017 - 12:09
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ފަސް ދަރަޖަ ދަށަށް ވެއްޓިއްޖެ އެވެ.
ރިޕޯޓާސް ވިތްއައުޓް ބޯޑާސް އިން ދުނިޔޭގެ ދުނިޔޭގެ 180 ގައުމުގެ ނޫސްވެރިކަމުގެ މިނިވަންކަން ބަލައި، ނެރޭ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ވާގޮތުން މިދިޔަ އަހަރު ރާއްޖޭ އޮތީ 117 ވަނައިގަ އެވެ. މިއީ 2015 އަހަރާ އަޅާ ބަލާއިރު ފަސް ދަރަޖަ ދަށެވެ. އެ އަހަރު ރާއްޖެ އޮތީ 112 ވަނައިގަ އެވެ.
މި ލިސްޓުގައި ރާއްޖެ އެންމެ ކުރިއަށް ޖެހިލާފައިވަނީ 2011 ވަނަ އަހަރު އެވެ. އެ ފަހަރު ރާއްޖެ އޮތީ 73 ވަނައިގަ އެވެ. އެކަމަކު އޭގެ ފަހުން ރާއްޖެ ދިޔައީ މި މިނިވަންކަމުގައި އަހަރުން އަހަރަށް ދަށަށެވެ.
ރިޕޯޓާސް ވިތްއައުޓް ބޯޑާސް އިން ބުނިގޮތުގައި 2012 ވަނަ އަހަރު ސަރުކާރު ބަދަލުވެ ހިނގައި ދިޔަ ހަމަނުޖެހުންތަކަށް ރާއްޖޭގައި ފަސް އަހަރު ވެފައި ވީ ނަމަވެސް، ސަރުކާރުގެ ހަމަލާތައް މިނިވަން މީޑިއާއަށް އަމާޒުވެފައިވާ ކަމަށެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސްކުރި އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލުން، ނޫސްވެރިކަމުގެ މިނިވަންކަން ވަރަށް ކުޑަވެފައިވާކަން ވެސް ފާހަގަކޮށްފައި ވެ އެވެ.
އޭގެއިތުރުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ން އާއްމު ކުރި ރިޕޯޓަކާ ހަވާލާދީ އެ ޖަމިއްޔާއިން ބުނެފައިވައިވާ ގޮތުގައި ނޫސްވެރިންނަށް ދޭ އިންޒާރުގެ ފަހަތުގައި އެންމެ ބޮޑަށް ވަނީ ސިޔާސީ ޕާޓީތަކެވެ. އޭގެ އިތުރުން ގޭންގުތަކާއި ދީނީ ހަރުކަށި ފިކުރުގެ ވިސްނުމުގެ މީހުން ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް ބުނެފައި ވެ އެވެ.
"މި ބިރުވެރި މާހައުލުގެ ސަބަބުން (ނޫސްވެރިން) މައުލޫމާތު ހާމަ ކުރަން ޖެހިލުންވެ އެވެ." ޕްރެސް ފްރީޑަމް އިންޑެކްސްގައި އެ ޖަމިއްޔާއިން ބުނެފައި ވެ އެވެ.
އެތަނުން ބުނިގޮތުގައި ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން ހޯދުމުގައި ސަރުކާރުން ނުކުޅެދި، އެ މައްސަލައިގައި އެކަށީގެންވާ ތަހުގީގެއް ހިންގިފައި ނުވާތީ ރާއްޖޭގެ ނޫސްވެރިން މަސައްކަތް ކުރަން ޖެހޭ މާހައުލު ބަޔާން ކޮށްދެ އެވެ.
ޕްރެސް ފްރީޑަމް އިންޑެކްސްގައި ވާގޮތުން ނޫސްވެރިކަމުގެ މިނިވަންކަމުގެ އެންމެ ކުރީގައި އުޅެނީ ނޯވޭ އާއި ސްވިޑްން އާއި ފިންލޭންޑުގެ އިތުރުން ޑެންމާކާއި ނެދަލޭންޑްސް އެވެ. ރާއްޖެއާ އެއްވަރެއްގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް ގައުމުތަކުގެ ތެރޭގައި ގިނައީ އެފްރިކާ ބައްރުގެ ގައުމުތަކެވެ.
ސްރީލަންކާ އާއި އިންޑިއާ އާއި ޕާކިސްތާނު ފަދަ މި ސަރަހައްދުގެ ގައުމުތައް އުޅެނީ ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެއަށް ވުރެ މާ ފަހަތުގަ އެވެ.
މި ލިސްޓުގެ އެންމެ ފަހަތުގައި އުޅެނީ އެންޓްރިއާ އާއި އުތުރު ކޮރެއާ އާއި ޗައިނާ އާއި ސީރިއާ ފަދަ ގައުމުތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިމްބޯ
26 April 2017
މިއީ މިސަރުކާރުގެ ޑިމޮކްރަސީގެ ވަރަށް ސަޅި މިސާލެއް! އަޅުގަނޑު ހަމަ ގައިމުވެސް ލަދުގަނެއްޖެ!
ކަރަންކާ
26 April 2017
އިންޑިއާ އާއި ލަންކާ އަށް ވުރެ ރާއްޖެ ކުރީގައި އުޅޭނަމަ އެ ނިމުނީ އެވެ. ރާއްޖެ އަދިވެސް އުލޭނީ ސިނަގަޕޯރ، މެލޭސިޔާއަށް ވުރެ މާކުރީގައެވެ.
މުންނާރު
26 April 2017
ވިލާޓީވީގަ ރޯކޮއްލީ ކާަކުބާ
ވާޓް
26 April 2017
ސޯ ވަޓް. ދެން ކޮބާތޭ މައްސަލަ އަކީ. މައްސަލަ އެއް ނެތެެއް ނޫން ދޯ. ސިންގަޕޯރ ގައި ވެސް ނޯވޭ ނޫސްވެރިކަމުގެ މިނިވަން ކަން ތިޔާ ބުނާ ގޮތަށް. އެއީ މައްސަލަ އެއް ނޫން ދޯ. މައްސަލައެކޭ އެއީ. ވާޓް..
ދޮންމޫސަ
26 April 2017
ތިޔާކަންވާނީ ތިޔާހެންކަން އެގޭ މަގޭއަށް.. 2011،12 ގައި ނޫސްވެރިން ތަހައްމަލު ކުރަންޖެހުނު ގިލަންވެރިކަން ރާއްޖޭގެ ތާރީހުފޮތްތަށް ހެކިވާނެ